ލުއިސް ސުއަރޭޒް
ކުޅިވަރު
10 Jul 2023 | 15:45
ސްޕެއިންގެ ލެޖެންޑް ލުއިސް ސުއަރޭޒް މަރުވެއްޖެ!

1964 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިނުން ހޯދިއިރު އެޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރިއަކު ކަމަށްވާ ލުއިސް ސުއަރޭޒް އުމުރުން 88 އަހަރުގައި މަރުވެއްޖެއެވެ.

ސްޕެއިންގެ ޑިޕޯޓިއޯ ލަކަރޫނިއާ އާއި ބާސެލޯނާގެ އިތުރުން އިޓަލީގެ އިންޓަ މިލާނާއި ސަމްޕްޑޯރިއާ އަށް ކުޅެފައިވާ ސުއަރޭޒް އަކީ 1960 ވަނަ އަހަރުގެ ބެލެންޑޯ އެވޯޑް ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ މިހާތަނަށް މި އެވޯޑް ކާމިޔާބު ސްޕެއިންގެ ހަމައެކަނި ކުޅުންތެރިއާ ވެސް މެއެވެ.

އޭނާ ވަނީ އެފްސީ ބާސެލޯނާއާއެކު 2 ލީގު ތަށި، 2 ފެއާސް ކަޕް އަދި 2 ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އިންޓަ މިލާނާއެކު އޭނާ ވަނީ ޔޫރަޕިއަން ކަޕް 2ފަހަރު، އަދި އިންޓަކޮންޓިނެންޓަލް ކަޕް 2 ފަހަރު ހޯދުމުގެ އިތުރުން 3 އިޓާލިއަން ކަޕް ކާމިޔާބުކޮށްފައެވެ.

އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 32 މެޗު ކުޅެދީ އެޓީމާއި އެކު 1964 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ.

ލުއިސް ސުއަރޭޒް އަކީ 1988 ވަނަ އަހަރުން ފެށިގެން 1991 ވަނަ އަހަރާ ދެމެދު ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުކަމާއި 1986 ވަނަ އަހަރުގެ 21 އަހަރުން ދަށުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްޕެއިންގެ 21 އަހަރުން ދަށުގެ ކޯޗެވެ.

މީގެއިތުރުން އޭނާ ވަނީ އިންޓަ މިލާން، ޔޫސީ ސަމްޕްޑޯރިއާ، ކޮމޯ 1907، ކަގްލިއާރީ ކަލްސިއޯ އަދި ޑިޕޯޓިވޯ ލަކޮރޫނިއާ ފަދަ ކްލަބްތަކަށް ކޯޗުކޮށްދީފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.