ރައީސް ޔާމީން ގެ ކެންޕެއިން ރަސްމީކޮށް ފެށުން-- ފޮޓޯ/ ޕީޕީއެމް
ހަބަރު
10 Jul 2023 | 18:49
ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭނު ރަސްމީކޮށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފަށައިފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ރިޔާސީ ކެމްޕޭނު ރަސްމީކޮށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިއަދު ފަށާފައިވާކަން ޕީޕީއެމުން ހާމަކޮށްފި އެވެ. 

އެގޮތުން މިކަމާއި ގުޅިގެން ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ކެމްޕެއިން ހަރަކާތްތަކުގެ ތެރޭގައި ދޮރުން ދޮރަށް ހިނގުން ފަދަ ހަރަކާތްތައް ހިމެނޭ ކަމަށެވެ.

މިއާއިއެކު އިއްޔެ ކެމްޕެއިން ފެށިފައިވަނީ 16 އަތޮޅެއްގައި ނަމަވެސް މިއަދު ކެމްޕެއިން ފަށާފައިވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކަމަށް ހީނާ ވަނީ ފާހަގަކުރައްވާފައެވެ.

އަދި މާލޭގައި މިހާރު މައިގަނޑު ގޮތެއްގައި ގެންދާ ހަރަކާތަކީ ދޮރުން ދޮރަށް ކަމުގައިވީ ނަމަވެސް ކުރިއަށް އޮތް ތަނުގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސް ޔާމިނުގެ ކެމްޕޭނާއި ގުޅޭގޮތުން ޕީޕީއެމުން އިއްޔެ ބުނެފައިވަނީ އާދިއްތަ ދުވަހު މ، ފ، ދ، ތ އަދި ލ ގައި ރައީސް ޔާމީނުގެ ކެމްޕޭނު ފަށާފައިވާ ކަމަށެވެ. އަދި އެ ކެމްޕޭނުތައް ފަށާފައިވަނީ އެ ކަމަަށްޓަކައި ބޭއްވި ޚާއްސަ ޖަލްސާއެއްގަ އެވެ.

ރައީސް ޔާމިނުގެ ކެމްޕޭނު ނިމުނު ހަފްތާގައި ރަސްމީކޮށް ފަށާފައިވާއިރު މާލޭގެ އިތުރުން ހއ، ހދ، ށ އަދި ކުޅުދުއްފުށީ ސިޓީގައި ވެސް ވަނީ ކެމްޕޭނު ހަރަކާތްތައް ރަސްމީކޮށް ފަށާފައެވެ. 

ޕީޕީއެމުން ބުނެފައިވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނުގެ ކެމްޕޭނު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ވަރަށް ބޮޑަށް އަތޮޅުތަކުގައި ތިބި ފަރާތްތަކަށް ގިނަ ބާރުތަކެއް ދޫކޮށްލައިގެން ލާމަރުކަޒީކޮށް ކަމަށެވެ.

އެފަދައިން ކެމްޕޭނު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ދާއިރާގެ ކޮންމެ ދާއިރާއަކުން ރައީސުންނާއި، ޒުވާނުންގެ ރައީސް އަދި އަންހެނުންގެ ރައީސްއެއް ވަނީ އިންތިޚާބިކޮށްފަ އެވެ. 

ރައީސް ޔާމިނުގެ ކެމްޕޭނު ރަސްމީކޮށް ފަށައިގެން ކުރިއަށް ގެންދާއިރު، އެމަނިކުފާނަށް އަމަލީގޮތުން ކެމްޕޭނުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައި ނުގަތުމަކީ ވަރަށް ބޮޑު ފަޅުކަމެއްގެ ގޮތުގައި އެމަނިކުފާނުގެ ކެމްޕޭނު މެނޭޖަރު ކެޕްޓަން މުޙައްމަދު އަމީނު ވަނީ ސިފަކުރައްވާފަ އެވެ. 

މިވަގުތު އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ނަމަވެސް، ހައިކޯޓު މަރުހަލާއިން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ކެޕްޓަން އަމީނު ވަނީ ވިދާޅުވެފަ އެވެ. 

އަދި ރައީސް ޔާމީން މިނިވަންވެ ވަޑައިގެތް ކެމްޕޭނު ހަރަކާތްތަކާއި ގުޅިވަޑައިގަންނަވަން ދެން މަޑުނުކުރައްވާ އަތޮޅުތެރޭގައި ވެސް ކެމްޕޭނު ހަރަކާތްތައް ދުރާލާ ފަށައިގެން ކުރިއަށް ގެންދެވުމަށް ރައީސް ޔާމީނުގެ ކެމްޕޭނު މެނޭޖަރު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި