ޕީޕީއެމްގެ ޖަގަހަ ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
10 Jul 2023 | 18:59
ރައީސްކަމަށް ކުރިމަތިލާން ރައީސް ޞާލިހުގެ ޝަރުތު ހަމައެއް ނޫން: އަބްދުއްރަހީމް

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލުމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުޙައްމަދު ޞާލިހު ޝަރުތު ހަމަވާކަމަށް ޤަބޫލު ނުކުރައްވާކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި ވަނީ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވޭނެތޯ ނުވަތަ ނޫން ތޯ ސުވާލު އުފައްދަވާ ފަރާތްތަކުން އެ ކުރައްވަނީ ބޭކާރު ސުވާލެއް ކަމަށެވެ. 

ޕީޕީއެމާއި އެ ސުވާލު ކުރުމުގެ ބަދަލުގައި އެ ސުވާލު ކުރައްވަން ޖެހިވަޑައިގަންނަވާނީ ރައީސް ޞާލިހާއި ކަމަށާއި، އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ޝަރުތުވެސް ހަމަނުވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"ގައުމުގެ ޤައްދާރަކަށް ގައުމުގެ ރައީސްކަމަށް ކުރިމަތިލެވިގެނެއް ނުވާނެ. ޤާނޫނު އަސާސީއާއި ޚިލާފުވީމަކާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލެވިގެނެއް ނުވާނެ، ޤައުމަށް ޚިޔާނާތްތެރިވީމަ އެ މައްސަލަ ބަލާ ތަހުގީގުކޮށް ފިޔަވަޅު ނާޅަނިސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތިލެވިގެނެއް ނުވާނެ. އެހެންވީމަ އަޅުގަނޑު މި ދަންނަވަނީ ސުވާލު އުފައްދަންވީ އިބްރާހިމް މުޙައްމަދު ޞާލިހަށް ކުރިމަތިލެއްވޭނެ ތޯ އޭ" 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިނުގެ ނަންފުޅު ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށެވެ. އެކަމާއި ސުވާލު އުފެއްދުމުގެ ޖާގައެއް ވެސް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. 

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެންމެ ފުރަތަމަ އިއުލާނުކުރައްވާ ޕާޓީއަކުން އެންމެ ފުރަތަމަ ރިޔާސީ ޓިކެޓު ހަވާލުކުރެއްވި ބޭފުޅަކީ ރައީސް ޔާމިނުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެމަނިކުފާނު މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް، އެއީ ނުހައްގުން ކޮށްފައިވާ ހުކުމެއް ކަމަށާއި، އެ ހުކުމުން އެމަނިކުފާނު މިނިވަންވެ ވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އެއާއެކު އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެއްބުރުން އިންތިޚާބު ކާމިޔާބުކުރައްވާނެކަމުގެ ޔަގީންކަން ވެސް އޮތް ކަމަށެވެ. 

ކޮމެންޓް
އަލިހޮއްކޮ
ރައީސްކަމަށް ކުރިމަތިލާން ޝަރުތު ހަމަވާ މީހުން މިތިބީ ހުކުމް ކޮއްފާ ޖަލުގައެވެ. އެންމެ ބޮޑަށް ޝަރުތު ހަމަވާނީ އެންމެ ގިނަދުވަހަށް ހުކުން އޮންނަ މީހެކެވެ.
11 Jul 2023
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި