ކުރީގެ ނައިބު ރައީސް ޑރ ޖަމީލު/ ފޮޓޯ: ދިޔަރެސް
ހަބަރު
10 Jul 2023 | 21:17
ޖުޑިޝަރީއަށް އަތް ބާނާކަން އިންކާރު ނުކުރެވޭ ވަރަށް ހެކި އެބަހުރި: ޑރ ޖަމީލު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމަށް އިންކާރު ނުކުރެވޭނެ ވަރުގެ ހެކިތައް ފެންނަން އެބަހުރިކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ. ޖަމީލު ފޭސްބުކް ލިޔުއްވި ޕޯސްޓެއްގައި ވަނީ މި ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒުފޯރުވަން ކޮށްފައިވާ ބައެއް ކަންކަން ހާމަ ކުރައްވާފައެވެ.

އެގޮތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އެދައުވާ ނުއުފުލާނެކަމަށް އެއްބަސްވުންހަދާ އެކުށްތައް އޮތްބާލަން މަސައްކަތް ކޮށްފައިވާ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ. އަދި އަދީބާއެކު އެފަދައިން އެއްބަސްވުން ހެދީ ރައީސް ޔާމިނާއި ދެކޮޅަށް ހެކިބަސް ދިނުމުގެ މުގާބިލުގައިކަން ޑރ ޖަމީލު ފާހަގަކުރެއްވި އެވެ.

ހަމައެއާއެކު، ޔޫތު މިނިސްޓަރު އަހްމަދު މަޙްލޫފަކީ ގާތް ވަޒީރަކަށްވާތީ އޭނާގެ މައްސަލަ ފޮރުވައިދިނުމާއި، ރައްޔިތުން މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ފަލާޙަކީ ގާތް ބޭފުޅަކަށް ވާތީ އޭނާގެ ދަރިފުޅުގެ މަސްތުވާތަކެތީގެ މައްސަލަ ހިންގިޔަ ނުދިނުމަކީ މި ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާކަން ހާމަކޮށްދޭ ބައެއް މިސާލުތަކުގެ ގޮތުގައި ޑރ ޖަމީލު ވަނީ ލިސްޓުކުރައްވާފަ އެވެ. 

އޭގެ އިތުރުން މެމްބަރުންގެ ޖިންސީ ކުށްތަކުގެ ތުހުމަތު ނުބެލުމާއި، އެފަދަ އެތަކެއް ބައެއްގެ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ މައްސަލައަށް ފަސްއަޅާ ފޮރުވައިދިނުން ވެސް އެ ލިސްޓުގައި ހިމެނޭ ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމީނުގެ ވޮޑެމުލާ މައްސަލާގައި ފަނޑިޔާރު އަހުމަދު ހައިލަމަށް ބިރުދެއްކި ކަމަށް އޭނާ ބަޔާންނެރެފައިވުމާއި، 5 ފަނޑިޔާރުންގެ ބެންޗްގައި ހިމެނޭ ފަނޑިޔާރުންތަކަށް ބިރުދެއްކިކަމަށް އެމީހުން ބުނެފައިވާ އޯޑިއޯތަކާއި ތަކުރާރުކޮށް ރައީސް ޔާމީނަށް ދައުވާކުރުމަށް ހެކިއުފައްދުމާއި، ހެއްކަށް ރިޝްވަތު ހުށަހެޅާފައިވާކަމަށް ހެކިން ބުނެފައިވުމަކީ މި ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުމަށް ކޮށްފައިވާ ކަންތައްތައް ކަމަށެވެ.

މީގެ އިތުރުން ވައްކަން އިންތިހާއަށް އިތުރުވެ، އިސްލާމްދީނަށް ފުރައްސާރަކުރި މީހާ ފުރުވާލަދީ، ދީނާއިދެކޮޅު ޙަރަކާތް ހިންގުމަށް މިނިވަންކަމާއެކު ދޫކޮށް އެކަމަށް އެހީތެރިވުން ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.

ޑރ. ޖަމީލު ވިދާޅުވީ ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުމަށް ކުރާ ކަންކަމުގެ ލިސްޓު ވަރަށް ދިގު ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ތާރީޚުގައި ވެސް މި ފަސް އަހަރަކީ އިންސާފުގެ ނިޒާމަށް އަތްބޭނުމަށް ކޮށްފައިވާ މަސަކަތް ސާފުކޮށް ފެންނަން އޮތް ފަސް އަހަރު ކަމަށާއި އެކަންކަމަށް އިންކާރު ނުކުރެވޭނެ ހެކި މި މުއްދަތުގެ ތެރޭގައި ފެނިފައިވާ ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި