މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ
ހަބަރު
11 Jul 2023 | 13:45
މި ސަރުކާރު އައި އިރު ޖެމްސް އޮތީ އައިސީޔޫގައި: ޝައުނާ

މި ވެރިކަމަށް އައި އިރު، ދައުލަތުގެ އިދާރާތަކުގެ މެދުގައި މުއާމަލާތްކުރަން ބޭނުންކުރާ ޖެމްސް ނިޒާމު އޮތީ އައިސީޔޫގައި ކަމަށް، ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ހުރިހާ އިދާރާއަކުން އާއްމުން ހިދުމަތް ހޯދޭ އޮންލައިން ޕޯޓަލް، "ވަންގަވް" ލޯންޗުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝައުނާ ވިދާޅުވީ ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާއަށް ފޮނުވާ ސިޓީތައް ފޮނުވުމުގައި މާޒީގައި ގިނަ ތަކުލީފު ތަކެއް އުފުލަން ޖެހުނު ކަމަށެވެ. 

2010 ވަނަ އަހަރު އެންމެ ފުރަތަަމަ ޖެމްސް ލޯންޗުކުރީ. އެހެން ނަމަވެސް އެ ޖެމްސް ގާތްގަނޑަކަށް އަޅުގަނޑުމެން ސަރުކާރާއި ހަވާލުވިއިރު އޮތީ އަޅުގަނޑު ދަންނަވާނީ އައިސީޔޫގައޭ. ސަރުކާރުގެ ސިޓީތައް ޑްރާފްޓް ކޮށްފައި، ސިޓީތައް ނުފޮނުވި ދެތިން ހަތަރު ދުވަސް ވާ ފަހަރުވެސް ހިނގައްޖެ. ވަޒީރުންވެސް ވެރިންވެސް އަޅުގަނޑަށް ވަރަށް ގިނަ ފޯން ކޯލްތައް ކުރޭ. 

ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ

އެހެންކަމުން، އޭނާ ޓެކްނޮލޮޖީ މިނިސްޓަރުކަމަށް ވަޑައިގެން އެންމެ އިސްކަންދެއްވި އެއް ކަމަކީ ސަރުކާރަށް ފޮނުވާ ސިޓީތަކަށް އަވަހަށް ޖަވާބު ދިނުމުގައި ލުއި ފަސޭހަތަކެއް ހަމަޖައްސައިދީ ޖެމްސް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ޝައުނާ ވިދާޅުވިއެވެ. 

މީގެ އިތުރުން ޖެމްސް އަދި އާއްމުންނަށް ހިދުމަތް ދޭ "ވަންގަވް" އާއެކު ޑިޖިޓަލް ރާއްޖެއަކަށް ދާއިރު މައުލޫމާތުގެ ރައްކާތެރިކަމަށް ވިސްނަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، ޑިޖިޓަލް ރާއްޖެއަށް ހެދުމަށް ކުރާ މަސައްކަތް ފުރިހަމަވާނީ ސައިބަ ސެކިއުރިޓީ ބިލާއި، ޑޭޓާ ޕްރައިވެސީ އަދި ޕްރޮޓެކްޝަން ބިލާއެކު ގާނޫނަށް ގެނެވޭ އިސްލާހާއި އެކު ކަމަށްވެސް ޝައުނާ ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.