ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް---ފޮޓޯ: ވޮއިސް
ހަބަރު
10 Jul 2023 | 23:23
އީޕީއޭއަކީ މިނިވަން ތަނަކަށް ހެދުމަށް ރައީސް ކުރި ވައުދަށް ވީގޮތެއް ހުދު އެމަނިކުފާނަށްވެސް ނޭނގޭ: އުޝާމް

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަކީ މިނިވަން ތަނަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ރިޔާސީ ވައުދެއް ނަމަވެސް އެ ވައުދަށް ވީގޮތެއް ހުދު އެމަނިކުފާނަށްވެސް ނޭނގޭ ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައިވަނީ ފުވައްމުލަކުގެ ގިރަމުންދާ ސަރަހައްދުގައި ތޮށިލުމަށް ހިލަވެލި ހިފައިގެން ދިޔަ އެމްއެމް އެކްސްޕޯޓު ކުންފުނީގެ ބާޖެއް މިދިިޔަ ހުކުރު ދުވަހު ފަރަށް އެރުމަށްފަހު އީޕީއޭއިން އެ މައްސަލަ ތަހްގީގު ކުރުމުގެ ކުރިން އުޅަނދު ފުންކޮށްގެން ރާއްޖެއިން ފުރައިގެން ދިޔުމާއި ގުޅިގެންނެވެ.

އެގޮތުން އުޝާމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އީޕީއޭއަކީ ފުރިހަމަ އިހްތިޔާރާއި ބާރު ލިބިގެންވާ މިނިވަން ތަނަކަށް ހެދުން އެއީ ރައީސް ސޯލިހް 2018 ވަނަ އަހަރު ވެފައިވާ ރިޔާސީ ވައުދެއް ކަމަށެވެ.

އެހެންނަމަވެސް ވެރިކަމުގެ 5 އަހަރު ނިމެމުންދާއިރު އެވައުދަށް ވީގޮތެއް ހުދު އެމަނިކުފާނަށްވެސް މިއަދު އެނގޭ ކަމަކަށް ނުވި ކަމަށް އުޝާމް ވިދާޅުވިއެވެ.

އެހެންކަމުން ބޭރުގެ މިފަދަ ކުންފުނިތައް މިއަދު މިގައުމުގެ މުއައްސަސާތަކަށް ވުރެ ބާރު ގަދަވުމަކީ ދިވެހިން މިއަދު ވިސްނާލަންޖެހޭ ކަމެއްގެ ގޮތުގައި އުޝާމް ވަނީ ފާހަގަކުރައްވާފައެވެ.

މިއާއިއެކު މިއީ މިސަރުކާރަށް ކުރިއަށް އޮތް އިންތިހާބުގަ ނޫނެކޭ ބުނަންޖެހޭ އިތުރު އެއް ސަބަބު ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

ބާޖު ފުރުމުގެ ސަބަބުން އީޕީއޭއިން ވަނީ މިހާރު އެ މައްސަލަ ތަހްގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.