އަލީ ހާފިޒް ސެމީ ފައިނަލުގައި އެންދަޓާ އާއި ދެކޮޅަށް ކުޅެނީ... ފޮޓޯ: ޝަޖާއަތު އަހުމަދު / ގާފު
ކުޅިވަރު
11 Jul 2023 | 05:57
ގައްދޫ ފުޓްސަލް ޗެލެންޖު 2023 ގެ ފިރިހެން ޑިވިޝަންގެ ފައިނަލުން ބޮއްކުރާ އަދި އުތުރުކޮޑާ ޖާގަހޯދައިފި!

އަލްޝާލީ މެރިން މޯލްޑިވްސް ގައްދޫ ފުޓްސަލް ޗެލެންޖު 2023 ގެ ފިރިހެން ޑިވިޝަނުގެ ފައިނަލުން ބޮއްކުރާ އަދި އުތުރުކޮޑާ ޖާގަހޯދައިފި އެވެ.

ބޮއްކުރާ ފައިނަލުގެ ޖާގައެއް ހޯދީ ރޭ ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއި އެކު 6-0 ގެ ނަތީޖާއަކުން އެންދަޓާ އެފްސީ ބަލިކުރުމަށްފަހުގައެވެ. މި މެޗުގެ ފުރަތަަމަ ހާފުގައި ބޮއްކުރާ އިން 3 ލަނޑުގެ ލީޑެއް ހޯދިއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

އަލީ ހާފިޒް (ހާއްޕެ) ގައްދޫ ފުޓްސަލް ޗެލެންޖު 2023 ގައި ބޮއްކުރާ ޓީމަށް ކުޅެނީ... ފޮޓޯ: ޝަޖާއަތު އަހުމަދު/ ގާފު

މި މެޗުގައި ބޮއްކުރާގެ އަބްދުﷲ ޖުނައިދު ދެލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ ހުސެއިން ޝަރީފް (އޮންލީ), އަލީ ހާފިޒު (ހާއްޕެ), އާލިމް އަބްދުލް އަޒީޒް (ޓޯރޭ), އަހުމަދު ރިފްޝާން ( ދޮންބެއްޔާ) މިއިން ކޮންމެ ކުޅުންތެރިއެއް ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ބޮއްކުރާގެ ހުސެއިން ޝަރީފް އެވެ.

މިރޭ ކުޅެވުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ރިއަލްސީ އާއި އުތުރުކޮޑާ ވާދަކުރި ފޯރިގަދަ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އުތުރުކޮޑާ ކުރިހޯދީ 4-5 ގެ ނަތީޖާއަކުން ނެވެ.

އިސްމާއިލް ވަޖީހު (ވައްޖެ) ގައްދޫ ފުޓްސަލް ޗެލެންޖު 2023 ގައި އުތުރުކޮޑާ ޓީމަށް ކުޅެނީ... ފޮޓޯ ޝަޖާއަތު އަހުމަދު/ ގާފު

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އުތުރުކޮޑާ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަނޫ އަހުމަދު އެވެ. ރިއަލްސީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ނަދީމް މުހައްމަދު އެވެ.

ހުސެއިން ޝަރީފް (އޮންލީ) އަދި ސައިފާން ގައްދޫ ފުޓްސަލް ޗެލެންޖު 2023 ގައި ކުޅެނީ .... ފޮޓޯ: ޝަޖާއަތު އަހުމަދު/ ގާފު

ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އުތުރުކޮޑާގެ ފަސް ޕެނަލްޓީގެ ތެރެއިިން ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު ރިއަލްސީގެ ފަސް ޕެނަލްޓީގެ ތެރެއިިން އެޓީމަށް ކާމިޔާބު ކުރެވުނީ ދެ ޕެނަލްޓީއެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އުތުރުކޮޑާގެ ގޯލްކީޕަރު ސަބާހް މުހައްމަދު އެވެ.

މުބާރާތުގެ ފައިނަލްގައި ބޮއްކުރާއާއި އުތުރުކޮޑާ ވާދަކުރަ މެޗު ކުޅުނަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 20:30 ގައެވެ.

ގައްދޫ ކައުންސިލްގެ މިއަހަރުގެ ފުޓްސަލް މުބާރާތުގައި ޖުމްލަ 15 ޓީމު ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ތިން ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން ފިރިހެން ޑިވިޝަންގައި 7 ޓީމު، އަދި އަންހެން ޑިވިޝަނާއި ޖޫނިއަރ ޑިވިޝަންގައި ކޮންމެ ޑިވިޝަނެއްގައި ހަތަރު ޓީމު ބައިވެރިވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.