އަލް ނަސްރުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުޅިވަރު
11 Jul 2023 | 05:47
އަލް ނަސްރު އިން ޕްރީ ސީޒަން ޓްރޭނިންގ ފެށިއިރު ރޮނާލްޑޯ ހުރީ އަދި ޗުއްޓީގައި!

އަލް ނަސްރުގެ ކޯޗުކަމާއި ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު ލުއިސް ކާސްޓްރޯ ހަވާލުވިފަހުން އެޓީމު ކުޅުނު ފުރަތަަމަ މެޗުގައި މިރޭ ޕޯޗުގަލްގެ ދެވަނަ ޑިވިޝަންގެ ކުލަބެއްކަމަށްވާ އަލްވާކާ އަތުން 2-0 ގެ ނަތީޖާއަކުން އެޓީމު މޮޅުވެއްޖެއެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރު އިން ޕްރީ ސީޒަން ޓްރޭނިންގ ފެށިއިރު އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޗުއްޓީގައި ހުރިއިރު، މިދިޔަ ޖޫން މަހު އިޓަލީގެ އިންޓަ މިލާނުން 18 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައި އެޓީމާއި ގުޅުނު ކްރޮއޭޝިޔާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ވެސް އެޓީމުގެ ފަރިތަކުރުންތަކުގައި އަދި ބައިވެރިއެއް ނުވެއެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އަލް ނަސްރުން ކާމިޔާބުކުރި ފުރަތަަމަ ލަނޑު ފުރަތަމަ ހާފު ފެށިގެން 7 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އަބްދުލް ފައްތާހު އާދަމް އެވެ. މިލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި އަލް ނަސްރުން ގިނަ ބަދަލުތަކަކާއެކު ކުޅެން ނުކުތްއިރު، މިހާފުގައި އެޓީމުން ވަނީ އަލްވާކާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. މި މެޗުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު އެންޑަސަން ޓަލިސްކާ އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އަލް ނަސްރު އިން ޔޫރަޕްގެ ބޮޑެތި ކުޅަބުތަކާއި އެކު ގިނަ މެޗުތަކެއް ކުޅުމަށް ރާވާފައިވާ އިރު އޭގެތެރޭގައި މިމަހުގެ ފަހުކޮޅު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ އިތުރުން އިޓަލީގެ އިންޓަ މިލާނާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗު ވެސް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.