ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރަން އެމްޓީސީސީން ގެނައި ޑްރެޖަރު ފިލީޕޯ ބްރޫނެލޭޗީ ހއ. އުލިގަމު ބަނދަރުގައި. -- ފޮޓޯ: މިހާރު
ހަބަރު
11 Jul 2023 | 09:45
ބިން ހިއްކުން އަވަސް ކުރަން ދުވާލަކު ހެކްޓަރެއް ހިއްކޭ ޑްރެޖަރު ރާއްޖެ ގެނެސްފި!

އެމްޓީސީސީން ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫޢު ތައް އަވަސް ކުރުމަށް އެ ކުންފުނިން ކުއްޔަށް ހިފި، ދުވާލަކު އެއް ހެކްޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ ޑްރެޖަރު ރާއްޖެ އަތުވެއްޖެއެވެ.

"ފިލީޕޯ ބްރޫނެލޭޝީ" ނަމަކަށް ކިޔާ މި ޑްރެޖަރަކީ ބެލްޖިއަމްގެ ކުންފުންފުންޏެއްގެ އުޅަނދެކެވެ. މި އުޅަނދު ކަސްޓަމްސް ކްލިއަރެންސަށް ހއ. އުލިގަމުގައި ބަނދަރުކޮށްފަ މި ވަގުތު އޮތް ނަމަވެސް އެކަން ނިމުމާއި އެކު ހއ. އިހަވަންދޫ ބިން ހިއްކުމަށް އެ ރަށަަށް ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. 

މިޑްރެޖަރުގެ އެހީގައި އިހަވަންދޫގައި ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދު 10 ދުވަހުގެ ތެރޭގައި ހިއްކާ ނިމޭނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އިހަވަންދޫ ހިއްކާ ނިންމުމަށްފަހު މަތިކޮމަންޑޫ ހިއްކުމުގެ މަސައްކަތް ފަށާނެކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން، ބޮޑުފުޅަދޫއާއި ފީއަލި އާއި، އުކުޅަހާއި ދިއްގަރާއި އުގޫފާރުވެސް ހިއްކުމަށް ހަމަޖެހިފައިވަނީ މި ޑްރެޖަރު ގައި ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ މިރަށްތަކުގެ އިތުރުންވެސް ބައެއް ރަށްތައް ހިއްކުމުގެ މަސައްކަތްއްވެސް އެ ޑްރެޖަރ ބޭނުންކޮށްގެން ކުރިއަށް ގެންދާނެކަމަށެވެ.

ދިގުމިނުގައި 142.5 މީޓަރު (467 ފޫޓް) އަދި ފުޅާ މިނުގައި 27.5 މީޓަރު (90 ފޫޓް) ހުންނަ މި އުޅަނދަކީ 11،300 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ (އެއްފަހަރާ ލޯޑްކުރުމުގެ ގާބިލްކަން) ލިބިފައިވާ އެއްޗެކެވެ.

"ފިލީޕޯ ބްރޫނެލޭޝީ" އަކީ 2003 ބަނދެފައިވާ އުޅަނދެކެވެ. އެމްޓީސީސީން މި އުޅަނދު ކުއްޔަށް ހިފާފައި ވަނީ، ބިންހިއްކުމުގެ މަސައްކަތް ކުރުމުގައި އެ ކުންފުނިން ބޭނުންކުރާ އެއް ޑްރެޖަރު ހަލާކުވެގެންނެވެ. އެ ޑްރެޖަރު މިހާރުވެސް އަންނަނީ ދުބާއީގައި މަރާމާތުކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް