ގާނޫނު އަސާސީއަށް ގެންނަން ފެންނަ ބައެއް ނިޒާމީ ބަދަލުތަކާ ގުޅޭ ގޮތުން ދަ ޑިމޮކްރެޓްސްގެ މެންބަރުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ވޮއިސް
ހަބަރު
11 Jul 2023 | 11:47
"މުޅި ހަޔާތް މި ދަނީ, ރަނގަޅު މީހަކާ ދިމައެއް ނުވޭ؛ އެހެންވީމާ ހޯދަންވީ ގޯސް ނުހެދޭނެ ނިޒާމެއް"

އެމަނިކުފާނުގެ ހަޔާތުގައިވެސް މިހާތަނަށް ރަނގަޅު އެއްވެސް މީހަކާ ދިމާ ނުވާ ކަމަށާ، އެހެން ކަމުން ރަނގަޅު މީހެއް ހޯދުމުގެ ބަދަލުގައި އޮންނަންވީ، ގޯސް މީހާއަށް ވެސް ނުބައެއް ނުހެދޭނެ ވަރުގެ ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގާނޫނު އަސާސީއަށް ގެންނަން ފެންނަ ބައެއް ނިޒާމީ ބަދަލުތަކާ ގުޅޭ ގޮތުން ދަ ޑިމޮކްރެޓްސްގެ މެންބަރުންނާ އެކު ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ބައެއް ޕާޓީ ތަކުން، އެހެން ޕާޓީ ތަކުގައި ކެންޑިޑޭޓެއް ނެތް ވާހަކަ ދައްކަވާ ކަމަށެވެ. އެހެން ނަމަވެސް، އެމަނިކުފާނަށް ފެންނަ ފެނުމުގައި ކެންޑިޑޭޓަށްވުރެ މުހިންމީ ސިޔާސަތު ކަން ފާހަގަކުރައްވައި ވިދާޅުވީ ރަނގަޅު ސިޔާސަތެއް އެކުލަވާލެވިފައިވާ ޕާޓީއެއް ނެތް ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ކެންޑިޑޭޓެއް ނޫން މުހިއްމީ. ސިޔާސަތު މުހިއްމީ. އަޅުގަނޑުމެން ކޮންމެ މީހަކު ލީމައި ވެސް ގޯސް މި ވަނީ. އަދި ރަނގަޅު މީހަކު ވަތް ކަމަކަށް ނުވޭ. އެހެންވީމާ އަޅުގަނޑުމެން މިއުޅެނީ ގޯސް މީހާއަށް ވެސް، ރަނގަޅު ކަމެއް ނޫން ކަމެއް ނުކުރެވޭނެ ނިޒާމެއް ތައްޔާރު ކުރަން. އަޅުގަނޑުގެ މުޅި ހަޔާތް މި ދަނީ މި ކަމުގައި. ރަނގަޅު މީހަކާ ދިމައެއް ނުވޭ. ވަރިހަމަ ގާތް ރަހުމަތްތެރިއަކަށް ވިޔަސް"

ރައީސް މުހައްމަދު ނަޝީދު

އެހެންވެ، މިހާރު "ރަނގަޅު މީހެއް" ހޯދަން މަސައްކަތް ނުކުރައްވާ ކަމަށާއި ބޭނުންފުޅު ވަނީ ރަނގަޅު ނިޒާމެއް ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑެއް ނޫޅެން މިހާރު ރަނގަޅު މީހެއް ހޯދާކަށް. އަޅުގަނޑެއް ލަފައެއް ނުކުރަން ތިބުނާ ރަނގަޅު މީހާއާ ދިމާވާނެ ކަމަކަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި ހުރިހާ ގައުމެއްގައިވެސް، ކޮންމެ މުޖުތަމައެއްގައި ވެސް ރަނގަޅު މި ވަނީ މީހާއެއް ނޫން. ރަނގަޅު ވަނީ ނިޒާމު،" 

ރައީސް މުހައްމަދު ނަޝީދު

އޭގެ މިސާލެއް ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވީ އޭނާގެ ރަނގަޅުކަމުން ނޫން ކަމަށެވެ. އެއީ، އެ ގައުމުގައި އެކަން އެހެން ނުކޮށް ވާން ނެތުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ކިރިޔާވެސް ގަނޑެއް ގަނެފިއްޔާ، މި ކޮވިޑް އިރުގައި ގޭގައި ސަައިތައްޓެއް، ޕާޓީއެއް ބޭއްވީމާ އެ ވަކި ކުރީ. އަޅުގަނޑުމެން ކޮވިޑު އިރުގައި ނެތް، އެއްވެސް މީހަކު ގެއަކު ނޫޅޭ، އެނޫން ގޮތަކަށް އެކަންކަން ކުރެވެން ނެތީމާ ރަނގަޅަށް އެ ކަންތައްތައް އެ ހިނގަނީ" 

ރައީސް މުހައްމަދު ނަޝީދު 

އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބަށް ނުކުންނައިރުގައި ކުރަންވީ ކަމަކީ "ކޮންކްރީޓް ތަރައްގީ" ގެނައުން ނޫން ކަމަށާއި އުޅެންވީ، ހެޔޮ ވެރިކަމުގެ ނިޒާމެއް ގާއިމް ކުރެވޭތޯ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.