ނަޝީދު ދަ ޑިމޮކްރެޓްސް ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ދަ ޑިމޮކްރެޓްސް
ހަބަރު
12 Jul 2023 | 09:49
ބޭނުން ނުކޮށް ނުކޮށް ގޮސް މަގު ހަލާކުވެފަ އޮތް ރަށްތަކަށް ދެވިއްޖެ: ރައީސް ނަޝީދު

ތާރުއަޅައިގެން ރީތިކޮށް ހަދާފައިވާ މަގުތައް ބޭނުން ނުކުރުމުގެ ސަބަބުން ހަލާކުވެފައިވާ ރަށްތަށް ވެސް ރާއްޖޭގައި އެބަހުރިކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ޤާނޫނު އަސާސީއަށް ގެންނަން ފެންނަ ނިޒާމީ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ދަ ޑިމޮކްރެޓްސްގެ ޖަގަހައިގައި ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

ނަޝީދު ވިދާޅުވީ ޓެކްސް ނިޒާމުގެ ތެރެއިން ދައުލަތަށް ވަންނަ އާމްދަނީ މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި އާމްދަނީގެ އިތުރުންވެސް ބޮޑެތި ލޯނުތައް ވެސް ސަރުކާރުން ނަގަމުންދާ ކަމަށާއި، މިހާލަތުގައި ފައިސާ ބޭނުން ކުރެވެނީ ނުވަތަ ޚަރަދު ކުރެވެނީ އެންމެ ރަނގަޅަށް ތޯ ބަލާލުން މުހިންމު ކަމަށެވެ. 

އެގޮތުން ތަރައްގީ ކުރުމުގެ ނަމުގައި މަޝްރޫއުތަކެއް ހިންގާއިރު، އެ ހިންގާ މަޝްރޫއަކީ ދެމެހެއްޓެނިވި ގޮތެއްގައި ފައިދާކުރަނިވި މަޝްރޫއުތެއް ތޯ ވެސް މިހާރު ބަލާ ނުލެވޭކަމަށް ނަޝީދު ވިދާޅުވި އެވެ. 

މި ސަރުކާރުން ގެންގުޅޭ ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ތަރައްގީ ކުރާ ސިޔާސަތުގެ ތެރެއިން ކުރަމުންދާ ބައެއް ކަންކަމުން އެކަށީގެންވާ ނަތީޖާތަކެއް ނުނިކުންނަ ކަމަށާއި، އަދި ބޮޑު ޚަރަދުކޮށްގެން ހިންގާ ބައެއް މަޝްރޫއުތަކުގެ ބޭނުން ރައްޔިތުންނަށް ނުހިފޭކަމަށް ނަޝީދު ވިދާޅުވި އެވެ. 

މިސާލެއް ދައްކަވަމުން ނަޝީދު ވިދާޅުވީ ބޮޑު ޚަރަދުކޮށްގެން ހަދާފައިވާ މަގުތައް ބޭނުން ނުކުރުމުގެ ސަބަބުން ހަލާކުވެފައިވާ ރަށްތައް ވެސް ރާއްޖޭގައި ހުރި ކަމަށެވެ. 

"އަޅުގަނޑު ރަށްރަށަށް އެބަދަން. މުޅިން އެކީ އެކައްޗަށް ތާރު އަޅާފަ. ނުހިނގާ ނުހިނގާ މަގު ހަލާކުވެފަ. ބޭނުން ނުކޮށް ނުކޮށް ނުކޮށް ގޮސް މަގު ހަލާކުވެފަ"

މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު 

ނަޝީދު ވިދާޅުވީ ފައިސާ އަތުގައި ޖެހުނީމަ ކޮންކްރިޓް އަޅާ އުސޫލު މަޑުޖައްސާލަން ޖެހޭކަމަށެވެ. އަދި ރާއްޖެ ގެންދަން މަސައްކަތް ކުރާ މިސްރާބާއި، އެ މިސްރާބުން ގެންދާއިރު ދެވޭނެ މަންޒިލަކީ ކޮބައިތޯ އާއި ހާސިލުވާނެ ނަތީޖާއަކީ ކޮބައިތޯ ބަލާ ދިރާސާކުރުން ވެސް މުހިންމު ކަމަށެވެ. 

ރައީސް ނަޝީދަކީ ތަރައްގީގެ ނަމުގައި ހަމައެކަނި އުސް އިމާރާތްތައް ހެދުމާއި ދެކޮޅު ބޭފުޅެކެވެ. ތަރައްގީއަކީ މީހުންގެ ވިސްނުމަށް އަންނަ ބަދަލުތައް ކަމަށާއި، އެންމެ ފުރަތަމަ ތަރައްގީ ކުރަންވީ މީހާ ކަމަށް ނަޝީދު ގެންދަވަނީ މީގެ ކުރިންވެސް ވަކާލާތު ކުރައްވާފަ އެވެ. 

ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖެ ގެންދަން މި އުޅޭ މިސްރާބު ސާފުނުވެ ލިބޭ ފައިސާ ކޮންކުރިޓަށް ޚަރަދުކޮށްގެން ނެރެވޭނެ މާ ބޮޑު ނަތީޖާއަކެއް ނޯންނާނެ ކަމަށެވެ. އަދި ދިވެހިރާއްޖެ ތަރައްގީ ކުރަންވީ ގޮތާއި ގުޅޭގޮތުން ވަރަށް ފުން ވިސްނުމަކަށް ދާން ޖެހޭކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ޢަލީ ޢަލީ
ތީ ތިމަޝްވަރާއަށް ވަރަށް މުހިންމު ޕޮއިންޓެއް
12 Jul 2023
ރަޝާދު
އަތޮޅުތެރޭ ރައްޔިތުންނަށް ބަޔަކު ކަމެއް ކޮށްދޭތީ ހިތައް ކެތް ނުވީ ދޯ؟ އަސާސީ ކަންކަން ކުރަމުންވެސް ރައްޔިތު މީހާ ތަރައްގީ ކުރުމަށް ހިލޭ ޑިގްރީ އާއި އެއް ދަންފަޅިޔަށް ކިޔަވާ ދިނުމަށް ކްލާސްރޫމް ތަކާއި ވަސީލަތް އަޅާނެ.
12 Jul 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.