އިދިކޮޅު ލޯޑަޝިޕްގެ ބޭފުޅުން/ ފޮޓޯ: ވޮއިސް
ހަބަރު
11 Jul 2023 | 12:26
ރައީސް ޔާމިނުގެ އިސްތިއުނާފު މި ހަފްތާއަށް ތާވަލުކޮށްފައި ނުވާތީ އިދިކޮޅުން ހައިކޯޓަށް!

ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އާރަށު މުއާމަލާތާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ މައްސަލައިގެ އަޑުއެހުމެއް މި ހަފްތާއަށް ވެސް ތާވަލުކޮށްފައި ނުވާތީ އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގެންފި އެވެ. 

އެ މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މި މަހުގެ 5 ގައެވެ. 

އެ މައްސަލައިގައި ރައީސް ޔާމިނުގެ ފަރާތްޕުޅުންނާއި، އާރަށު މުއާމަލާތާއި ގުޅިގެން ހުކުމްކޮށްފައިވާ ޔޫސުފު ނައީމުގެ ފަރާތްޕުޅުން ވަނީ ހައިކޯޓަށް އިސްތިއުނާފީ ނުކުތާތައް ހުށައަޅާފަ އެވެ. އަދި ދައުލަތުން ވަނީ އެ ނުކުތާތަކަށް ޖަވާބުވެސް ދީފައެވެ. 

އެހެން ނަމަވެސް އަދި އެ މައްސަލައިގައި ދެފަރާތުން ދައްކަން ހުރި ވާހަކަތައް މުޅިން ނިމިފައެއް ނުވެއެވެ. 

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހައިކޯޓުގެ ފަނޑިޔާރު ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ދެން އޮންނަ އަޑުއެހުމެއްގައި ދެ ފަރާތުގެ ވާހަކަތައް ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށް ފަހު އަޑުއެހުންތައް ނިންމާލާނެ ކަމަށެވެ. އަދި އެއަށްފަހު ދެން އޮންނާނީ މައްސަލައިގައި ހުކުމް ކުރުމެވެ. 

އެހެން ނަމަވެސް 5 ވަނަ ދުވަހުގެ އަޑުއެހުމައްފަހު މިހާތަނަށް އިތުރު އަޑުއެހުމެއް ބާއްވާފައި ނުވާއިރު، މި ހަފްތާއަށް ވެސް އަޑުއެހުމެއް ތާވަލުކޮށްފައެއް ނުވެއެވެ. 

ރައީސް ޔާމިނުގެ އިސްތިއުނާފު މައްސަލަ ލަސްވަމުންދާތީއާއި، އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި ނުވާތީ، އިދިކޮޅު ލީޑަރުން ހައިކޯޓަށް ވަޑައިގަތުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހައިކޯޓަށް އިތުބާރު ކުރި ނަމަވެސް، ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ ރައީސް ޔާމިނުގެ މައްސަލަ ގަސްދުގައި ލަސްކުރުވަނީކަމަށް ލަފާކުރެވޭކަމަށެވެ. 

އިތުރު ތަފްސީލު ދެއްވަމުން އިދިކޮޅު ޕީއެންސީގެ ލީޑަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބަށް ނަން ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމަށް ބާކީ 12 ދުވަސް އޮތްއިރު ހައިކޯޓުން މައްސަލަ ތާވަލުނުކޮށް ލަސްކުރުމަކީ ރައީސް ޔާމިނުގެ އިންތިޚާބީ ހައްޤަށް ހުރަސްއެޅިގެންދާނެ ކަމެއް ކަމަށެވެ. 

"ރާއްޖޭގައި މިހާރު މިއޮތް ސަރުކާރަކީ ވަރަށް ޚުދުމުހުތާރުކޮށް ކޮންމެ ކަމެއް ކުރާ، އަދި އިންތިޚާބަށް ނުފޫޒު ފޯރުވުމަށްޓަކައި ދައުލަތުެގ މުދާ އިންތިހާއަށް ބޭނުންކުރަމުންދާ ސަރުކާރެއް، ކުރަމުންދާއިރު އެކި ގޮތްގޮތުން ޖޭއެސްސީ މެދުވެރިކޮށް ވެސް އެކިކަހަލަ ނުފޫޒު ފޯރުވަމުންދާކަން ވެސް އަޅުގަނޑުމެންނަށް އެނގޭ"

އާދަމް ޝަރީފު އުމަރު

އިދިކޮޅުން ހައިކޯޓުގައި އޮތް ރައީސް ޔާމިނުގެ މައްސަލަ ލަސްކުރަމުންދަނީ ކަނޑައެޅިގެން ސަރުކާރުން ނުފޫޒު ފޯރުވައިގެންކަމަށް މީގެ ކުރިންވެސް ތުހުމަތުތައް ކޮށްފަ އެވެ. 

ރައީސް ޔާމިނުގެ ފަރާތްޕުޅުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމަށްފަހު ވެސް އަޑުއެހުންތައް ނުފަށާ ދިގުލައިގެންދާތީ އިދިކޮޅުން މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ހައިކޯޓަށް އައިސް އެ މައްސަލަ ފަށައިދިނުމަށް ދަންނަވާފައި ވެއެވެ. 

ރައީސް ޔާމިނު ވެސް ވަނީ އެމަނިކުފާނުގެ އިސްތިއުނާފު އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އިސްތިއުނާފު މައްސަލަތަކީ އާންމު އުސޫލެއްގެ ގޮތުން ވަރަށް އަވަހަށް ނިންމަން ވެސް ޖެހޭ މައްސަލަތަކެއްގެ ގޮތުގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ ފާހަގަކުރައްވާފަ އެވެ. 

ކޮމެންޓް
މޫސަބެ
މައްސަލައަށް ތިޔަ ފޯރުވަވާ ނުފޫޒު މާބޮޑެވެ. ހައި ކޯރޓުން މިހާރުވެސް އެކޯރޓުގައި ހިނގާ އެހެން މައްސަލަތަކަށް ވުރެން ތިޔަ މައްސަލައަށް އިސްކަން ދޭއިރުވެސް އެކޯރޓަށް ޕްރެސަރ ކޮއްގެން މައްސަލަ އެބަ އަވަސް ކުރުވައެވެ.
11 Jul 2023
ސަމަރު
ބަލަގަ މިތިބަ ބުރާންތިތަކާ ކަލޭމެން އެދޭގޮތަކަށްތަ ކޯޓުތައް ހިންގަންޖެހެނީ.
11 Jul 2023
FAHUDH IBRAHIM
މިހާރުވެސް ހައިކޯޓުގަ ހަތަރު އަހަރު ވެފަހުރި މައްސަލަ އެބަހުރި އެކަމަކުވެސް ތިކިޔަނީ ރައީސް ޔާމީން ގެ މައްސަލަ ކުރިޔަކައް ނުދޭ ކިހާވަރަކައް ކުރިޔައްދިޔާމަތަ ކުރިޔައް ދިޔަކަމައް ވަނީ ،
13 Jul 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް