ޕީޕީއެމްގެ އެޑްވައިޒަރު ޑރ ޝަހީމު/ ފޮޓޯ: ޕީޕީއެމް
ހަބަރު
11 Jul 2023 | 12:56
10 އަހަރު ޕީޕީއެމަށް ކުރި ޚިދުމަތުގެ ބަދަލުގައި ތިޔަ ދެއްވި އިނާމަށް ޝުކުރިއްޔާ: ޑރ ޝަހީމު

2013 އިން ފެށިގެން 2023 އަށް މެދުކެނޑުމެއް ނެތި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ކޮށްދެއްވި ޚިދުމަތުގެ ބަދަލުގައި ލިބިލެއްވި އިނާމަށް ޝުކުރުދަންނަވާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނުގެ ރަނިންމޭޓު ޑރ މުޙައްމަދު ޝަހީމު އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ. 

ޑރ ޝަހީމު މިފަދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނު ސަރުކާރާއި ގުޅިވަޑައިގަންނަވަނީ ތޯ ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޖޮއިންޓު ސެނެޓު ގުރޫޕުގައި މުއާޒު ކުރައްވާފައިވާ ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. 

ޑރ ޝަހީމަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެށިގެން ރައީސް ޔާމިނުގެ އަރިހުގައި އަދި ޕީޕީއެމްގެ އެކި މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ފަރާތެކެވެ. އަދި މިހާރުވެސް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އަދި ޕީޕީއެމުން މާޒީގައި ކޮށްފައިވާ މުހިންމު ސިޔާސީ މަސައްކަތްތަކުގެ ތެރެއިން ހޯދި ބޮޑެތި ކާމިޔާތަކުގެ ހިއްސާދާރެކެވެ. 

އެހެންކަމުން އަނެއްކާވެސް ރިޔާސީ އިންތިޚާބެއް ބޯމަތިވެފައިވާއިރު، ޕީޕީއެމްގެ ރައީސް ޖަލުހުކުމެއް ތަންފީޒުކުރައްވަން ޖެހިވަޑައިގެންފައިވާ މި ދަނޑިވަޅުގައި ޕާޓީ ބައިކުރުމަށް ތަފާތު ވާހަކަތައް ފަތުރާނެކަމަށާއި، އެކަމަށް ސަމާލުވުމަށް އިދިކޮޅު ލީޑަޝިޕުން ދަންނަވާފައިވަނިކޮށް ސެނެޓު ގުރޫޕުގައި ޑރ ޝަހީމުގެ އިޚްލާސްތެރިކަމާއި މެދު ސުވާލު އުފެދޭ މޭރުމުން މެމްބަރުން ސުވާލު ކުރެއްވުމާއި ގުޅިގެން އެމަނިކުފާނު ވެސް ވަނީ އެއީ ޚިދުމަތުގެ އަގުކަމަށް ސިފަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ. 

"ސިޔާސީ ހަޔާތުގައި ވޭތިވެދިޔަ 20 އަހަރުގެ ތެރެއިން 2013 އިން 2023، ދިހަ އަހަރު ޕީޕީއެމްއަށް ކުރި ޚިދުމަތަށް ތިޔަ ދެއްވި އިނާމަށް ޝުކުރު ދަންނަވަން"

ޑރ ޝަހީމު 

ޑރ ޝަހީމު ސަރުކާރާއި ގުޅިވަޑައިގަންނަވަން ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަށް ޕީޕީއެމުން ވަނީ ދޮގުކޮށްފަ އެވެ. 

އެގޮތުން ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ތަލާލު ވިދާޅުވީ ޑރ ޝަހީމު ހުންނެވީ ޕީޕީއެމާއެކު ގަދަކޮށް ކަމަށެވެ. އަދި އެމަނިކުފާނަކީ ޕީޕީއެމްގެ ގައުމީ ލަޝްކަރުގެ މުހިންމު ބައިވެރިއެއް ކަމަށެވެ. 

މި ދުވަސްވަރަކީ ޕީޕީއެމް ބައިކުރުމަށް ސަރުކާރުގެ ތެރެއިންނާއި ބޭރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދުވަސްވަރަކަށް ވާތީ އެކަމަށް ސަމާލުވުމަށް ތަލާލު ވެސް ވަނީ އެދިވަޑައިގެންފަ އެވެ. އަދި ޕާޓީ ރޫޅިގެން ދާނެފަދަ ކަންކަން ނުކުރެއްވުމަށް އޭނާ ވަނީ އިލްތިމާސް ކޮށްފަ އެވެ. 

ކޮމެންޓް
ދިވެހި ރައްްޔިތުން
ތިވަރުގެ އިނާމެއް ދިން ޕީޕީއެމްގައި ހުންނާނެ ކަމެއް ނެން އަވަހަށް ނުކުމެއް ރައީސް ސާލިހުގެ ކޮޅަށް އާދޭ
11 Jul 2023
އަލިހޮއްކޮ
ކޮންމެކަމެއް ސަރުކާރުގެ ބޮލަށް ޖެހުމުގެ ބަދަލުގައި ޑޮކްޓަރ ޝަހީމަށް ދިމާކޮށް ފުރައްސާރަކުރީ ތިޔަޕާރޓީގެ ސެނެޓުންކަން އޮތީ ފެންނާށެވެ. ތިޔަ ތިބީ ކެޔޮގަނޑު ކަނޑާލި ހަސަނަށް ވެފައެވެ.
11 Jul 2023
ކާނަލް
ކާނަލް ނާޒިމްގެ ރަނިންމޭޓް ކަމަށް ތެޔޮލަނީ
11 Jul 2023
ކައްޒާބު
އެހެންވީމަ މިހާރު ސަހީމްގެ އެއްފައި ތިއޮތީބޭރުގަތާ، ތީ ސަޙީމްނައްޓާލަންވެގެން މުއާޒްލަށްވާ ކޮއްފައިން ސުވާލެއްކަމަށް ލަފާކުރެވޭ، ތި މުއާޒުވެސް ސަހީމުއާއެއްކޮށްދާނެ، ޑްރާމާ ނުކުޅެ ދިޔާމަ ރަނގަޅުވާނީ!
11 Jul 2023
ޙުދުމުޚްތާރު ޢަލިފުޅު
ޑރ. ޝަހީމަކީ ޢަދާލަތު ޕާޓީ މިހާރުވެސް ރާއްޖެއިން ބޭރުގައި ތަމްސީލުކުރައްވާ ބޭފުޅެއް
12 Jul 2023
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި