ރޭގެ މަޝްވަރާ ތަކުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަނީ
ހަބަރު
11 Jul 2023 | 13:04
ކޮންކްރިޓް މަސައްކަތް ހުއްޓާލައިފައި ނިޒާމީ މަސައްކަތް ފަށަން ވެއްޖެ: ރައީސް ނަޝީދު

މިހާރު ކުރިއަށްދާ ކޮންކްރިޓް މަސައްކަތްތައް ހުއްޓާލާފައި ނިޒާމީ މަސައްކަތް ފަށަން ވެއްޖެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރޭ ޑިމޮކްރެޓްސްއިން ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑު ދެކޭގޮތުގައި ފުޓްސަލް ދަނޑު އެޅުންވެސް ހުއްޓާލަންވެއްޖެ، މަލްޓީޕާޕަސް ހޯލްވެސް، އެކިޔާ ހުރިހާ ކޮންކްރިޓެއް މަޑުޖައްސާލާފަ، ވިސްނާލަން ވެއްޖެ އަޅުގަނޑުމެން، ދެން ކޮންތާކަށް ތޯ ދާން މިއުޅެނީ، ކިހިނެއްތޯ ވާން މިއުޅެނީ، އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ، މިހާރު އާމްދަނީ އިތުރުވީމަ، ޓެކްސް އާމްދަނީ އިން އާމްދަނީ އިންތިހާއަށް އިތުރުވެއްޖެ، ދެން ހަމަ ރާސްރާސް އަޅައިގައި ބިލިއަނުން ރުފިޔާ ހަރަދު މިކުރަނީ،، ދެން ގިނަ ރުފިޔާ ނުވެއް ނެތް، ދަރަންޏަށް ނަގައިގެން ލިބުނު ގޮތަކަށް ހޯދައިގެން، މިހާބޮޑުކޮށް މިކަން ވަމުންދާއިރުގައި، އަޅުގަނޑު ދެކޭގޮތުގައި  މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ދައްކަމުންދާންވީ ވާހަކައަކީ ކިހިންއްހޭ މިވަނީ، ކޮންތާކަށްހޭ އަޅުގަނޑުމެންގެ ރާއްޖޭ ދާން މިއުޅެނީ، މިދާ މަގުން ދިޔައިމާ އަޅުގަނޑުމެންނަށް ކޮންތާކަށްތޯއޭ ދެވޭނީ" 

ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކައިގައި ވިދާޅުވީ މަގުހެދުން ފަދަ ކަންކަމުގެ ބަދަލުގައި ދައްކަންވީ ނިޒާމީ ވާހަކަތައް ކަމަށް އެމަނިކުފާނު ޤަބޫލް ކުރައްވާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެހެން ކެނޑިޑޭޓަކު ސިޔާސަތެއް ހުށައަޅުއްވާން އުޅޭ ވާހަކަ ދައްކަވާ ވާހަކަ އަޑުއިވިލައްވާފައި ނުވާ ކަމަށެވެ. އަދި އެހެން ޕާޓީތަކުން ޑިމޮކްރެޓްސްގެ ކެނޑިޑޭޓަކު ނެތް ވާހަކަ ދައްކާކަމަށާއި ނަމަވެސް އެމަނިކުފާނު ދެކިލައްވާ ގޮތުގައި މުހިންމީ ކެނޑިޑޭޓެއް ނޫން ކަމަށާއި، މުހިންމުވަނީ ސިޔާސަތު ކަމަށެވެ. ކޮންމެ މީހަކު ލީނަމަވެސް ވަނީ ގޯސް ކަމަށާއި އަދިއެއް ރަނގަޅުމީހަކު ވެރިކަމަށް ނުލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއުޅެނީ ގޯސްމީހާއަށްވެސް ރަނގަޅުކަމެއް ނޫން ކަމެއް ނުކުރެވޭނެ ނިޒާމެއް ތައްޔާރުކުރަން" 

ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ވާހަކައިގި ވިދާޅުވީ ޔޫރަޕްގެ ޤައުމުތަކުގައިވެސް ކަންކަން ރަނގަޅަށް ދަނީ މީހާ ރަނގަޅުވެގެން ނޫން ކަމަށާއި ނިޒާމު ރަނގަޅުވެގެން ކަމަށެވެ.

ރޭ ކުރިއަށްދިޔަ ޑިމޮކްރެޓްސްގެ މަޝްވަރާ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިސް އެކުލަވާލާނެ އައު ނިޒާމެއްގެ ކަރުދާސް ރައީސް ނަޝީދު ވަނީ ހުށައަޅުއްވައިފައެވެ. އަދި ބައްދަލުވުމަށް ހާޒިރުވެތިބި ޢާންމުންވެސް ވަނީ ޚިޔާލު ފާޅުކޮށްފައެވެ.  

ކޮމެންޓް
އޮންލައިން ފަރާތް
ދައްކަން ތި އުޅެނީ ބަރުލަމާނީގެ ވާހަކަ އެއަކަށް ފުރުޞަތެއް ނެތް
11 Jul 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.