ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު/ ފޮޓޯ: ދަ މޯލްޑިވްސް ޖާނަލް
ހަބަރު
11 Jul 2023 | 16:32
ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ ޤައުމަށް އެންމެ ރަނގަޅު ގޮތެއް ނޫން: އަލީ ވަހީދު

ޕީޕީއެމްގެ ރިރާސީ ކެންޑިޑޭޓު ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ޖަލުގައި އޮންނެވުމަކީ ޤައުމަށް އެންމެ ރަނގަޅުގޮތް ކަމަށް ޤަބޫލުނުކުރާ ކަމަށް މި ސަރުކާރުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބުނެފި އެވެ.

އަލީ ވަހީދު މިފަދައިން ބުނެފައި ވަނީ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ފުރައްސާރައިގެ ދައުވާތައް އަނބުރާ ގެނައުމުން، އިނގިރޭސި ވިލާތުގައި ހުރުމަށްފަހު އެނބުރި ރާއްޖެ އައިސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނެވެ. 

އަލީ ވަހީދު ބުނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި "ސެލެކްޓިވް ޖަސްޓިސް" ގެ އުސޫލު ގެންގުޅުމަކީ އިންސާފުކަމަށް ނުދެކޭ ކަމަށެވެ. 

އެގޮތުން އެ މައްސަލައިގައި ހަމައެކަނި ރައީސް ޔާމިނަށް ދައުވާކުރުމަކީ އިންސާފުކަމަށް ގަބޫލު ނުކުރާ ކަމަށާއި، އެމަނިކުފާނު ޖަލުގައި އޮންނެވުމަކީ ވެސް ގައުމަށް އެންމެ ފައިދާ ހުރި ގޮތްކަމަށް ޤަބޫލުނުކުރާ ކަމަށް އަލީ ވަހީދު ބުންޏެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެންމެންނަށް ވެސް ލިބެން ޖެހޭނެކަމަށް އަލީ ވަހީދު ވަނީ ބުނެފައެވެ. 

"އެމްއެމްޕީއާރުސީ މައްސަލައިގައި ސެލެކްޓިވް ޖަސްޓިސްގެ އުސޫލު ގެންގުޅިގެން ނުވާނެ. އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސް ޔާމިނު ޖަލުގައި އޮންނަން ޖެހުމަކީ ޤައުމަށް އެންމެ ރަނގަޅުގޮތް ކަމަކަށް"

އަލީ ވަހީދު 

އަލީ ވަހީދު ވަނީ އޭނާގެ މައްޗަށް އުފުލި ދައުވާތަކަކީވެސް ސިޔާސީ ދައުވާތަކެއް ކަމަށާއި، އެއީ އޭނާ ނިޒާމުން ނައްތާލަން ކުރި ކަމެއްކަމަށް ބުނެފަ އެވެ. 

އޭނާ ފްރޭމްކުރީ ރައީސް ޔާމީން ނުވަތަ ޕީޕީއެމް އަޑީގައި އޮވެގެން ނޫން ކަމަށާއި، އެ ތުހުމަތުތަކާއި ގުޅިގެން ރާއްޖެއިން ބޭރުގައި ހުންނަން ޖެހުނު ދުވަސްވަރު ރައީސް ޔާމީން ބެހެއްޓެވި ގާތްކަމަށް އަލީވަހީދު ވަނީ ޝުކުރުވެސް އަދާކޮށްފަ އެވެ. 

އަލީ ވަހީދު ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިން ސިޔާސީ މަންފާ ހޯދުމަށް މަސައްކަތް ކުރާކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެ މައްސަލަ މިހާރު އޮތް ގޮތުން އިންސާފުވެރި ކަމާއެކު ބެލިދާނެ ކަމާމެދުވެސް ސުވާލު އުފެދޭކަމަށް އަލީވަހީދު ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.