އިންޑިޔާއާއި ރާއްޖެއާއި އެއްބަސްވުންތަކުގައި ސޮއި ކުރެވުނު ރަސްމިއްޔާތު. ފޮޓޯ: ޓްވިޓަރ
ހަބަރު
11 Jul 2023 | 16:12
ރާއްޖެއާއި އިންޑިޔާ އާއި އެކު 9 އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖެއާއި އިންޑިޔާއާއި ދެމެދު 9 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރާއްޖެއާއި އިންޑިޔާއާއި ދެމެދު މިއަދު ސޮއި ކުރެވުނު އެއްބަސްވުންތަކަކީ ދެޤައުމުގެ ދެމެދުގައި ހައި އިމްޕެކްޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސްގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރެވުނު އެއްބަސްވުން ތަކެކެވެ.

މި އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރ އަބުދުالله ޝާހިދު މިހާރު އިންޑިޔާއަށް ކުރައްވާ ދަތުރުގެ ތެރެއިން ނެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ށ.ކަނޑިތީމުގައި ވޮލީކޯޓެއް ޤާއިމްކުރުމުގެ މަސައްކަތެވެ. ޚާރިޖީ ވަޒީރު އަބުދުالله ޝާހިދު ވިދާޅުވެފައިވަނީ ކަނޑިތީމުގައި ޤާއިމް ކުރުމަށް ހަމަޖެހުނު ވޮލީ ކޯޓުގެ ސަބަބުން މުޖުތަމަޢުގައި ކުޅިވަރާއި ޞިއްޙީ ދުޅަހެޔޮ ވާދަވެރިކަން ކުރިއަރައިގެންދާނެކަމަށެވެ. 

މިއަދު ސޮއި ކުރެވުނު ދެވަނަ އެއްބަސްވުމަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ރ.އުނގޫފާރު ހޮސްޕިޓަލުގައި ޤާއިމްކުރެވިގެންދާނެ އާ މެންޓަލް ހެލްތު ޔުނިޓު ޤާއިމްކުރުމުގެ އެއްބަސްވުމެވެ. ވަޒީރު ޝާހިދު ވިދާޅުވެފައިވަނީ މިތަނުގެ ސަބަބުން ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަހިވެގެންދާނެކަމަށެވެ.

ތިންވަނަ އެއްބަސްވުމެއްގެ ގޮތުގައި ސޮއިކުރެވިފައިވަނީ މ.ދިއްގަރުގައި ޤާއިމްކުރެވިގެންދާނެ ގޭދޮށު މަސް ޕްލާންޓު ޤާއިމް ކުރުމުގެ އެއްބަސްވުމެވެ. މިކަމާއި ބެހޭގޮތުން ޝާހިދު ވިދާޅުވެފައިވަނީ މިކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ބާނާ މަސް އެކި ބާވަތުގެ ތައްޔާރީ ކާނާގެ ގޮތުގައި ބާޒާރަށް ނެރުމަށް  ރައްޔިތުންނަށް ދިމާވާ ގިނަ މައްސަލަތަކެއް ހައްލުވެގެންދާނެކަމަށެވެ.

މީގެ އިތުރު ށ.ފޯކައިދޫގައި އިންޑިއާގެ ހިލޭ އެހީގެ ދަށުން ބިނާ ކުރެވިފައިވާ ކޮމިއުނިޓީ ސެންޓަރަށް ބޭނުންވާ ވަޞީލަތްތައް ފުރިހަމަ ކުރުމުގެ އެއްބަސްވުމާއި، އުތީމު ގަނޑުވަރުގެ ފުރާޅު ރައްކާތެރި ކުރުމަށާއި އެސަރަޙައްދު ތަރައްޤީ ކުރުމަށް އެއްބަސްވެވުނު އެއްބަސްވުމާއި، ގއ ކޮނޑޭ މަގު ބައްތި ޖެހުމުގެ ޕްރޮޖެކްޓް ހިންގުމަށް އިންޑިއާ އާއެކު ވެވުނު އެއްބަސްވުން ހިމެނެއެވެ.

މީގެ އިތުރުން ފ.ނިލަންދޫ ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ވެސް ހިމެނެއެވެ. މިކަމާއި ގުޅޭގޮތުން ވަޒީރު ޝާހިދު ވިދާޅުވީ ސަރުކާރުގެ މުހިންމު މަޝްރޫއެއް ކަމަށްވާ ފ.ނިލަންދޫ ހޮސްޕިޓަލް އަޕްގްރޭޑްކުރުމާ ގުޅޭގޮތުން އިއްޑިޔާއެކު ބަދަލުކުރެވުނު އެމް.އޯ.ޔޫގެ ދަށުން ހިންގޭ މަޝްރޫޢަކީ ޑަޔަލިސިސްގެ ޚިދުމަތް މާލެ ދަތުރުނުކޮށް ލިބޭނޭ މަގެއް ޤާއިމު ކުރެވިގެންދާނެ މަޝްރޫޢެއްކަމަށެވެ.

މީގެ އިތުރުން ތ. ވިލުފުށީ ސުކޫލުގައި ސުކޫލް ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓެއް ހިންގުމާއި، ސަރުކާރު ސުކޫލުތަކުގެ ކޮމްޕިއުޓާ ލެބްތައް އަޕްގްރޭޑް ކުރުމުގެ  އެއްބަސްވުމުގައި ސޮއިކުރެވިފައިވެއެވެ.

ކޮމެންޓް
ޙާލަތު
ކީކޭ ދެންބުނާނީ، ވޮލީކޯޓެއް އަޅާލަންވެސް ގައުމެއްގެ ފައިބުޑަށް. ދައުލަތުގައި އެފަދަވެސް ނެތް.
11 Jul 2023
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.