ބެންޒެމާ އަދި ކަންޓޭ އަލް އިއްތިހާދުގެ ފަރިތަކުރުންތަކުގައި
ކުޅިވަރު
11 Jul 2023 | 18:29
ބެންޒީމާ އަދި ކަންޓޭ ފުރަތަމަ ފަހަރަށް އަލް އިއްތިހާދުގެ ފަރިތަކުރުންތަކުގައި ބައިވެރިވެއްޖެ!

ސައުދީ ޕްރޮފެޝަނަލް ލީގުގެ ޗެމްޕިއަން އަލް އިއްތިހާދުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ހޯމަދުވަހު އެޓީމުގެ ފަރިތަކުންތައް ފެށިއިރު، އެޓީމާއި އަލަށް ގުޅުނު ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ކަރީމް ބެންޒީމާގެ އިތުރުން ފްރާންސްގެ އެންގޯލޯ ކަންޓޭ ވަނީ ފުރަތަަމަ ފަހަރަށް އެޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

އަލް އިއްތިހާދުން ޕްރީ ސީޒަން ޓްރޭނިންގ ހޯމަދުވަހު ފެށިއިރު، އެޓީމާއި އަލަށް ގުޅުނު 2022 ވަނަ އަހަރުގެ ދުނިޔޭގެ މޮޅުކުޅުންތެރިއާގެ މަގާމު ހޯދި ބެންޒެމާ އާއި ޗެލްސީގެ ލެޖެންޑް ކަންޓޭގެ އިތުރުން ޕޯޗުގަލްގެ ފޯވާޑް ޖޯޓާ އިތުރުން ބްރެޒިލްގެ ތިން ކުޅުންތެރިއަކު އެޓީމުގެ ސްކޮޓްގައި ހިމެނެއެވެ.

އަލް އިއްތިހާދުގެ ސްކޮޑުގައި ހިމެނޭ ބްރެޒިލްގެ ތިން ކުޅުންތެރިންނަކީ ކުރިން ގްރެމިއޯއަށް ކުޅުނު ގޯލްކީޕަރު މާސެލޯ ގްރޯހޭ އާއި މިޑްފީލްޑަރު އިގޯ ކްރޮނާޑޯ ގެ އިތުރުން ކުރިން ކޮރިންތިއަންސްގެ ފޯވާޑް ރޮމާރީނިއޯ އެވެ. އަދި ކުރިން ޕަލްމެއިރާސްއަށް ކުޅުނު އެޓީމުގެ ބްރެޒިލް މިޑްފީލްޑަރު ބްރޫނޯ ހެންރިކް ވަނީ މިދިޔަ ސީޒަނަށް ފަހު އެޓީމު ދޫކޮށްލާފައެވެ.

މިއަހަރުގެ ފަހުކޮޅު ސައުދީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މުބާރާތް ބާއްވާގައުމުގެ ޗެންޕިއަންގެ ހައިސިއްޔަތުން ވާދަކުރުމުގެ ފުރުސަތު ލިބިފައިވާ އަލް އިއްތިހާދު ދުރާލާ އެޓީމުގެ ފަރިތަކުރުންތައް ފެށިއިރު މި ހަފްތާ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރު އިން ވެސް ވަނީ ޕްރީ ސީޒަން ޓްރޭނިންގ ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.