ސަވިޗް ބްރެޒިލް އާއި ދެކޮޅަށް ކުޅެނީ
ކުޅިވަރު
15 Jul 2023 | 06:32
ސާބިޔާގެ މިޑްފީލްޑަރު މިލިންކޮވިޗް ވެސް ސައުދީ ލީގަށް!

ސާބިއާގެ މިޑްފީލްޑަރު މިލިންކޮވިޗް ސަވިޗް ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ހިލާލަށް ސޮއިކޮށްފި އެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 28 އަހަރުގެ މިޑްފީލްޑަރު އަލް ހިލާލަށް ބަދަލުވަނީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން 40 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގައެވެ. އަދި މި އެއްބަސްވުމުގައި ވާ ގޮތުން ކުޅުންތެރިއާ ބޭނުންވެއްޖެނަމަ މި މުއްދަތު އިތުރު އެއް އަހަރަށް އިތުރު ކުރުމުގެ ފުރުސަތު އޮންނަ މާއްދާއެއް އެއްބަސްވުމުގައި ހިމަނާފައި ވެއެވެ.

2015 އަހަރު ބެލްޖިއަމްގެ ޖެންކް އިން ލާޒިއޯއަށް ބަދަލުވި، މިލިންކޮވިޗް 5 ޑިސެމްބަރު 2021 ވަނަ އަހަރު ސަމްޕްޑޯރިއާ ކޮޅަށް ޖެހި ގޯލާއެކު ލާޒިއޯގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި މިޑްފީލްޑަރުގެ މަގާމް މިލިންކޮވިޗް-ސަވިޗް އަށް ވަނީ ލިބިފައެވެ.  ކުރިން އެ ރެކޯޑް އޮންނަނީ 33 ލަނޑާއެކު ޕަވެލް ނެޑްވެޑް އަތުގައެވެ.

ފާއިތުވެދިޔަ 8 އަހަރު ތެރޭގައި އޭނާ ވަނީ ލާޒިއޯއަށް ކުޅެދިން 341 މެޗުގައި 69 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީފައެވެ. މީގެ އިތުރުން ސާބިއާގެ ގައުމީ ޓީމަށް 43 މެޗު ކުޅެ 9 ލަނޑު ކާމިޔާބުކޮށްދީފައިވާ ސަވިޗް ވަނީ ސާބިއާގެ 19 އަހަރުން ފެށިގެން ޓީމާއެކު 19 އަހަރުން ދަށުގެ ޔޫރޯ އަދި 20 އަހަރުން ދަށުގެ ޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.