އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި ނާއިބު ރައީސް-- ފޮޓޯ/އީސީ
ހަބަރު
12 Jul 2023 | 13:00
އެއްވެސް މީހެއްގެ ނަން ދެ ވޯޓު ފޮށީގައި ނޯންނާނެ ކަމުގެ ޔަގީންކަން އީސީން ދީފި!

ވޯޓުލުމަށް ރީ-ރެޖިސްޓަރ ކުރުމުން ކުރިން އެމީހަކު ރެޖިސްޓަރ ކުރި ތަނުން ނަން އުނި ކުރެވޭނެ ކަމަށާ، އެހެންކަމުން އެކެއްގެ ނަން ދެ ވޯޓު ފޮށީގައި ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުންނަށް ވިލިމާލޭގައި ނުވަތަ ހުޅުމާލޭގައި، އަދި އެ ތަންތަނުގައި އުޅޭ މީހުންނަށް މާލޭގައި ވޯޓު ލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. 

ހަމަ މާލޭގައި އުޅޭ ބޭފުޅުންނަށްވެސް ވިލިމާލޭގައި ވޯޓުލެއްވިދާނެ، މާލޭގައި އުޅޭ ބޭފުޅުންނަށް ހުޅުމާލޭގައި ވެސް ވޯޓު ލެއްވި ދާނެ، ހަމައެގޮތަށް ހުޅުމާލޭގައި ނުވަތަ ވިލިމާލޭގައި އުޅޭ ބޭފުޅުންނަށް މާލޭގައިވެސް ވޯޓު ލެއްވި ދާނެ. އަދި ވިލިމާލޭގައި ތިއްބަވާ ބޭފުޅުންނަށް ހުޅުމާލޭގައި އަދި ހުޅުމާލޭގައި ތިއްބަވާ ބޭފުޅުންނަށް ވިލިމާލޭގައި ވޯޓުލެވޭނެ. 

ފުއާދު ތައުފީގު 

ފުއާދު ވިދާޅުވީ އެ ހުރިހާ ގޮތަކަށްވެސް ވޯޓު ލުމުގެ ފުރުސަތު ފަހި ކޮށްދީފައި ވަނީ، ވޯޓުލާ މީހުނަށް ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމަށް ކަމަށެވެ. އަދި އެމީހަކު ރެޖިސްޓަރ ވެފައިވާ ވޯޓު ފޮށްޓާއި އެނޫންވެސް ވޯޓުލުމާއި ގުޅޭ މައުލޫމާތު 1414 އިން ލިބޭނެ ކަމަށް ފުއާދު ވިދާޅުވި އެވެ. 

މީގެ އިތުރުން ފުއާދު ވިދާޅުވީ ރީ-ރެޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ 16 ޖުލައި އިން ފެށިގެން އޮގަސްޓު 5 ގެ ނިޔަލަށް ކަމަށެވެ. އަދި އެ 21 ދުވަހުގެ މުއްދަތުގެ ތެރޭގައި ރީ ރެޖިސްޓަ ނުކޮށްފި ނަމަ، ދެން އެމީހަކު ވޯޓުލާން ޖެހޭނީ ކުރިން ރެޖިސްޓާރ ކޮށްފައި އޮތް ރަށަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެއްވެސް ބޭފުޅެއްގެ ނަން ދެ ތަނުގައެއް ނޯންނާނެ. އެހެންވީމާ އެއް ތަނުން އަނެއް ތަނަށް ބަދަލު ކުރާއިރު، ކުރިން އޮތް ތަނުން އުނިވެގެން ދާނެ. 

ފުއާދު ތައުފީގު 

މީގެ އިތުރުން ފުއާދު ވަނީ ވޯޓު ލާން ކަނޑައެޅިފައިވާ ވަގުތުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ އެންމެންވެސް ކުރިއާލާ ގޮސް ވޯޓު ލުމަށް އެދިލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.