ޕީޕީއެމް ޕީއެންސީގެ ޕްރެސް
ހަބަރު
12 Jul 2023 | 14:39
ރައްޔިތުން ބޭނުންވަނީ އެއްޤައުމަކަށް ޤައުމު ވިއްކާލާ ވިއްކާލުމާއި ދެކޮޅަށް ތެދުވަން: ޢަބްދުއްރަޙީމް

ދިވެހި ރައްޔިތުން ބޭނުންވަނީ އެއްޤައުމަކަށް ޤައުމު ވިއްކާލާ ވިއްކާލުމާއި ދެކޮޅަށް ތެދުވަން ކަމަށް ޕީއެންސީގެ ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއް ރަޙީމް މިހެން ވިދާޅުވީ ޕީޕީއެމް ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުންވެސް ރައީސް ޔާމިންގެ ސަޕޯޓަރުންވެސް އަދި ދިވެހި ރައްޔިތުންވެސް ބޭނުންވަނީ މިވެރިކަން ބަދަލު ކުރަން ކަމަށާއި އަދި ރައީސް ޞާލިޙްގެ އަނިޔާވެރިކަމުން ސަލާމަތްވާން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ވަކި އެއްޤައުމަކަށް ޤައުމު ވިއްކާލާ ވިއްކާލުމާއި ދެކޮޅަށް ތެދުވަން ކަމަށާއި މިކަހަލަ ނާޤާބިލު ވެރިއެއްގެ ކިބައިން ސަލާމަތް ވާން ކަމަށެވެ.

"ދިވެހި ރައްޔިތުން ބޭނުންވަނީ ރައީސް ޔާމިން ފަދަ ޤާބިލް ވެރިއެއް މިރާއްޖެއަށް ގެންނަން، ރައީސް ޔާމިންގެ ޒަޢާމަތުގައި ދިވެހިން ދުށް އުފާވެރިކަމާއި ތަޖުރިބާކުރި ހިތްހަމަޖެހުމާއި މިކަންކަން އަލުން އަނބުރާ އިޔާދަ ކުރަން ރައްޔިތުން ބޭނުންވަނީ" 

ޢަބްދުއްރަޙީމް ޢަބްދުﷲ

ރައީސް ނަޝީދާއި ޕީޕީއެމާއި ހުރި ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން އަލުން ރައީސް ޞާލިޙް އަލުން އަނބުރާ ވެރިކަމަށް ގެންނަން ރައްޔިތުން ބޭނުން ނުވާކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ އެއްވެސް ސަޕޯޓަރަކު ރައީސް ޔާމިންގެ ނިންމުމަކާއި ޚިލާފެއް ނުވާނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް ވިދާޅުވަމުން ޢަބްދުއްރަޙީމް ވިދާޅުވެފައިވަނީ އެބޭފުޅާޔާއި ރައީސް ނަޝީދާއި ނުވަތަ އެހެން ބޭފުޅަކާއި ވެސް ޒާތީ މައްސަލައެއް އޮވެދާނެ ކަމަށެވެ.

ނަމަވެސް މިހާރު މިއުޅެނީ އަމިއްލަ ކަމެއް ކުރަން ނޫން ކަމަށާއި މިހާރު މިއުޅެނީ މިޤައުމަށް އެންމެ ފައިދާހުރި ގޮތް ހޯދައި ދިނުމަށްކަމަށް އޭނާ ވިދާޅުވިއެވެ.

"މިޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ރައީސް ޔާމިން ވެރިކަމަށް ގެނައުން" 

ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިގޮތައް ވާހަކަފުޅު ދައްކަވައިފައިވާއިރު ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވަހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް ފެނިލައްވާ ގޮތުގައި މިރިޔާސީ އިންތިޚާބަށް ރައީސް ޔާމިންވެސް އަދި އެބޭފުޅާވެސް ކުރިމަތިނުލައްވައި ދެބޭފުޅުން އެކުގައި ބާރަށް މަސައްކަތް ކޮށްގެން ރާއްޖޭގެ ރައްޔިތުން މިއެދޭ ގޮތް  ހޯދައިދޭންވީ ކަމަށެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި ދަ ޑިމޮކްރެޓްސް އިން ދަނީ ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށްގެންދަމުންނެވެ.

އެސިލްސިލާގެ ތިން ބައްދަލުވުމެއް މިހާރު ބޭއްވިފައިވާއިރު މިރޭ އޭގެ ހަތަރުވަނަ ބައްދަލުވުން އޮންނާނެ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އިއްޔެ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ރައީސް ޔާމިންގެ އެދިލެއްވުމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމާއި ވެސް ބައްދަލުކުރައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި