ކްރިސްޓިއަން ޕްލިސިޗް
ކުޅިވަރު
12 Jul 2023 | 20:09
"ކެޕްޓަން އެމެރިކާ" ޗެލްސީ ދޫކޮށް އޭސީ މިލާނަށް ބަދަލުވަނީ

ޗެލްސީއަށް އެމެރިކާ ފޯވާޑް ކްރިސްޓިއަން ޕްލިސިޗް އިޓަލީގެ އޭސީ މިލާނަށް ވިއްކާލުމަށް ދެކުލަބުން އެއްބަސްވެފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އުމުރުން 24 އަހަރުގެ ފޯވާޑް ކްރިސްޓިއަން ޕުލިސިޗް ޗެލްސީއާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި އެޓީމުން ބޭނުންވަނީ، އޭނާ ވިއްކާލުމަށެވެ.

2019 ވަނަ އަހަރު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އިން 57.6 މިލިއަން ޕައުންޑް ޗެލްސީ އަށް ބަދަލުވި ޕްލިސިޗް އަކީ މިހާތަނަށް އެންމެ އަގުބޮޑު އުތުރު އެމެރިކާ އަށް ނިސްބަތްވާ ކުޅުންތެރިއާއެވެ.

20 މިލިއަން ޕައުންޑުގެ ޓްރާންސްފާއޭއްގައި ޕްލިސިޗް އޭސީ މިލާނަށް ވިއްކާލުމަށް ދެ ކުލަބުން އެއްބަސްވެފައިވާއިރު، އޭނާގެ މެޑިކަލް ކަންކަން މިލާނުން މި ހަފްތާގައި ނިންމާނެކަމަށް ރިޕޯޓްތައް ބުނެއެެވެ.

ޕުލިސިޗް މިލާނާއި ގުޅުމާއި ގާތަށް ގޮސްފައިވާއިރު، މި ޓްރާންސްފާ މާކެޓްގައި އޭނާ ހޯދުމުގެ މަސައްކަތް ފްރާންސްގެ ލިޔޯނުން ވެސް ވަނީ ކޮށްފައެވެ.

ޕުލިސިޗް ވަނީ ޗެލްސީއަސް 145 މެޗު ކުޅެ 26 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި ޗެލްސީ އާއެކު އޭނާ ވަނީ 2021 ވަނަ އަހަރު ޔުއެފާ ޗެމްޕިއަންސްލީގާއި ޔުއެފާ ސުޕަކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

މި ޓްރާންސްފާ މާކެޓްގައި މިހާތަނަށް ޗެލްސީ އިން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލި އިރު، އެ ޓީމުން ވަނީ މިހަފްތާގެ ހޯމަ ދުވަހު ލޯން އެއްބަސްވުމެއްގެ ދަށުން ޑޭވިޑް ޑެޓްރޯ ފޮފާނާ ޖަރުމަނުގެ ޔޫނިއަން ބާލިންއަށް ދޫކޮށްލާފައެވެ.

މި ޓްރާންސްފާ މާކެޓުގައި އެޓީމުގެ ޖަރުމަނު ފޯވާޑް ކައި ހަވާޓްޒް ވާދަވެރި އާސެނަލްއަށް ބަދަލުވި އިރު، އިގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް ބަދަލުވީ މެންޗެސްޓާ ޔުނައިޓެޑަށެވެ. އަދި ކްރޮއޭޝިޔާގެ މިޑްފީލްޑަރު މެޓްރޯ ކޮވެސިޗް މެންސިޓީއަށް ބަދަލުވި އިރު، ސެނަގާލްގެ ކީޕަރ މެންޑީއާއި ކަންޓޭގެ އިތުރުން ކަލިދޫ ކުލިބާލީ ވަނީ ސައުދީ ލީގަށް ބަދަލުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.