ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ/ ވޮއިސް
ހަބަރު
13 Jul 2023 | 07:01
"ބޭސްފަރުވާއަށް ބޭރަށް ވަޑައިގަތުމަށް އެދުމުން ރައީސް ޔާމީން ވިދާޅުވީ ވަތް ދޮރުން ނުކުންނަވާށޭ"

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު ޖަލަށް ލެވުމުން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އެދިލެއްވި ކަމަށާ، އެހެން ނަމަވެސް އެކަމަށް އެމަނިކުފާނު އިންކާރު ކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ރޭ ބޭއްވި ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީނަށް ޖަލުން ސަލާމަތް ވެވަޑައިގެން، ރާއްޖެއިން ބޭރުގަައި އެމަނިކުފާނު ބޭނުންފުޅު މަސައްކަތެއް ކުރެއް ވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް އެފަދައިން ޖަލުން ފިއްްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އެމަނިކުފާނު ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން އަށް ލިބިވަޑައިގަތޭ، ހަމަގައިމުވެސް މަދުވެގެން ތިން ގައުމަށް، އެމަނިކުފާނު ބޭނުންފުޅު މަސައްކަތެއް ކުރައްވަން، ބޭނުން ޔުނިވާސިޓީ އެއްގައި ކިޔަވައިދޭން، ބޭނުން ދިރާސާ އެއް ކުރައްވަން. ބޮޑެތި ބެނެފިޓް ތަކާއި އެކު ވަޑައިގަންނަވަން ފުރުސަތު." 

މުހައްމަދު ސަޢީދު

ސަޢީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލެވުނު ދުވަސްކޮޅަކީ އިދިކޮޅު ލީޑަރޝިޕް ވަރަށް ނިކަމެތިވި ދުވަސްވަރެއް ކަމަށެވެ. އަދި އެކަން ތަހައްމަލް ކުރުމުގެ ހިތްވަރު އޭރު އެ ޕާޓީގެ ލީޑަރޝިޕްގައި ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެހެންކަމުން، ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ޕާޓީގެ ލީޑަރޝިޕްގެ ފަރާތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ރައީސް ޔާމީން އަރިހުން އެދިލެއްވި ކަމަށާ އެހެންނަމަވެސް އެކަމަށް އެމަނިކުފާނު އިންކާރު ކުރެއްވި ކަމަށް ސަޢީދު ވިދާޅުވިއެވެ. 

އަޅުގަނޑުމެން ގެ ޕާޓީގެ ލީޑަޝިޕުން، އަބްދުއްރަހީމް ޖަލަށް ވަޑައިގެން ރައީސް ޔާމީންއަށް ދެންނެވި. އަޅުގަނޑުމެންގެ ހިތަކަށް ކެތެއް ނޫނޭ މަނިކުފާނުގެ އާއިލާ މިއަދު ކަޑައްތު ކުރަމުންދާ ކަންކަން ބަލާކަށް. އަޅުގަނޑުމެން ޕާޓީއަށް އެކަން ބެއާ ކުރެވޭނެ، ގޯ ތުރޫ ކުރެވޭނެ ފުރިހަމަ ކަމެއް ޕާޓީގައި އެވަގުތަކު ނެތޭ. އެހެންވީމާ، ރައީސް ބޭސްފަރުވާ އަށް ބޭރަށް ވަޑައިގަންނަވަންވީ ނޫންތޯއޭ. އަބްދުއްރަހީމް އެވާހަކަ ވިދާޅުވެ ނުނިމެނީސް ރައީސް ޔާމީން ވިދާޅުވި ތިޔަ ވާހަކަ ދައްކަވަން، އަބްދުއްރަހީމް ލީޑަރޝިޕް ގެ ފަރާތުން ޖަލަށް އައި ނަމަ، ވަތް ދޮރުން ނުކުމެ ވަޑައިގަންނަވާށޭ. ތިމަން މަނިކުފާނު، (ރައީސް ޔާމީން) ދިވެހި ރައްޔިތުން ދޫކޮށްފައި، މި ގައުމު ދޫކޮށްފައި، ދާން ޖެހޭނެ ދެވަނަ ތަނެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ސާބިތު ކަމާއި އެކު. 

މުހައްމަދު ސައީދު

ސަޢީދު މިފަދައި ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި، ޖަލަށް ލެވުނު ގިނަ ސިޔާސީ ލީޑަރުން ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން، ދައުރު ނިމެންދެން ނުވަތަ ޖަލު ހުކުމުން މިންޖުވަންދެން ރާއްޖެއިން ބޭރުގައި މަޑު ކުރައްވާފައެވެ. 

އެހެންނަމަވެސް، ވޮޑުމުއްލާ މައްސަލަ އާއި، އާރަށު މައްސަލަ އާއި ގުޅިގެން ރައީސް ޔާމީން ޖަލަށް ލެވިފައިވާ އިރު، ކުރިންގެ މައްސަލާގައި އަދި މިހާރުގެ މައްސަލާގައި ޖަލުގައި ހުންނަވައިގެން ވެސް އެފަދަ ކަމެއް ރައީސް ޔާމީން ކުރައްވާފައެއް ނުވެއެވެ. 

ކޮމެންޓް
އަހަރެން
ޔުނިވާސިޓީގައި ވައްކަން ކިޔަވަދޭން؟
13 Jul 2023
ޖާބެ
10 އަހަރު ޖަލުގަ ހުންނާނީ މިއީ މީނަގެ ސިޔާސީ މޮޅުވިސްނުން މައޫމޫންގެ ކުޑަވައި އިންގިލީގަ ހިފައިގެން ހިނގައިގެން ވެރިކަންލިބުނީ ބޮލުގަތެއްކަމެއްނެތް މިއީ އަސްލު ހަޤީޤތަކީ
14 Jul 2023
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި