އ.ދ ގެ ބައްދަލުވުން
ހަބަރު
13 Jul 2023 | 13:43
މުޞްޙަފް އެންދުމާއި ގުޅިގެން އ.ދ އިން ބޭއްވި ބައްދަލު ވުމުގައި ރާއްޖެ ބައިވެރިވެއްޖެ

މުޞްޙަފް އެންދުމާއި ގުޅިގެން އ.ދ ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމުގެ ތެރެއިން ބޭއްވި އަރޖެންޓް ޑިބޭޓްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މި ބައްދަލުވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އެދުމުގެ މަތިން ބޭއްވުނު ބައްދަލުވުމެކެވެ.

ސްވިޑެންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިދިވިދިގެން ހިނގަމުންދާ ކީރިތި ޤުރުއާނުގެ މުޞްޙަފް އެންދުމުގެ ހާދިޘާތަކާ ގުޅިގެން މިކަން އިތުރަށް ތަކުރާރުވިޔަނުދިނުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި އޯ.އައި.ސީ ގެ މައި މަރުކަޒުގައި 2 ޖުލައި 2023 ވަނަ ދުވަހު އެޖަމްޢިއްޔާގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން-އެންޑެޑް ކުއްލި ބައްދަލުވުމެއް ބޭއްވުނެވެ.

މި ބައްދަލުވުމުގެ ފައިނަލް ކޮމިއުނިކޭގައި އޯ.އައި.ސީ. ގެ މެމްބަރު ޤައުމުތަކުން ވަނީ މިމައްސަލަ ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން މިހާރު ހިނގަމުންދާ އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 53 ވަނަ ބައްދަލުވުމަށް ޤަރާރެއް ހުށަހަޅައި، މިކަމާ މެދު ކުއްލި މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ހުށަހެޅުމަށް އެއްބަސްވެފައެވެ.

އެގޮތުން އޯ.އައި.ސީ. ގެ އެދުމުގެ މަތިން، އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުން ވަނީ ކީރިތި ޤުރުއާނުގެ މުޞްޙަފު އެންދުމުގެ ހާދިޘާތަކާ ގުޅިގެން އިތުރަށް މަޝްވަރާކުރުމަށްޓަކައި 11 ޖުލައި 2023 ވަނަ ދުވަހު އެމަޖިލީހުގެ 53ވަނަ ބައްދަލުވުމުގެ ތެރެއިން އަރޖެންޓް ބަހުސެއް ބާއްވާފައެވެ. 

މިބަހުސުގައި ދިވެހިރާއްޖެ ތަމްސީލުކުރައްވާފައިވަނީ ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަޙްމަދެވެ.

މިބަހުސް ގައި ދިވެހިރާއްޖޭގެ ސަރުކާރުގެ ފަރާތުން ދާއިމީ މަންދޫބު ދެއްވި ޚިތާބުގައި އެމަނިކުފާނު ވަނީ ކީރިތި ޤުރުއާނުގެ މުޞްޙަފު އެންދުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެފަދަ ޢަމަލުތަކުގެ ސަބަބުން އިޖުތިމާޢީ ފޭރާމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. އަދި މިފަދަ ޢަމަލުތަކަކީ ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ ދަށުން ބަލައިގަނެވޭނެ ޢަމަލުތަކެއް ނޫންކަމަށާއި މިފަދަ ޢަމަލުތަކުގެ ސަބަބުން އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފުރަތު އުފެދޭކަން ފާހަގަކުރައްވާފައެވެ. އަދި މުޖުތަމަޢުގެ ހަމަޖެހުމާއި މަސަލަސްކަން ޤާއިމުކުރުމަށް މިފަދަ ޢަމަލުތައް ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ. ދީނާމެދު ނަފްރަތު އުފެދޭ އަދި ތަފާތުކުރުންތަކާއި ހަމަނުޖެހުމަށް ހިއްވަރުދޭ ޢަމަލުތައް ހުއްޓުވުމުގެ ނިޔަތުގައި އޯ.އައި.ސީ އިން ވަނީ އެބަހުސުގެ ތެރެއިން ޤަރާރެއްވެސް ހުށަހަޅާފައެވެ. އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 28 މެމްބަރު ޤައުމެއްގެ ތާޢީދުލިބި އެމަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން މިޤަރާރު ވަނީ ފާސްވެފައެވެ. އޯ.އައި.ސީ. ގެ މެމްބަރު ޤައުމެއްގެ ހައިޘިއްޔަތުން ދިވެހިރާއްޖެއިން ވޯޓުލާފައިވަނީ މިޤަރާރާ އެއްކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.