ސޭވް އެފްއޭއެމްގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިިން---ފޮޓޯ: މިހާރު
ހަބަރު
13 Jul 2023 | 15:02
ސޭވް އެފްއޭއެމް އިން ގައުމީ ފުޓުބޯޅަ ކޮންފަރެންސެއް ބާއްވަން ނިންމައިފި

ސޭވް އެފްއޭއެމް ކެމްޕޭނުން ގައުމީ ފުޓްބޯޅަ ކޮންފަރެންސެއް ބާއްވަން ނިންމާފިއެވެ.

މިކަމާއި ގުޅިގެން ސޭވް އެފްއޭއެމް އިން ނެރުން ނޫސް ބަޔާނުގައި ބުނެފައިވަނީ މި ކޮންފަރެންސްގެ މަގްސަދަކީ ފުޓުބޯޅަ ލާމަރުކަޒުކޮށް ގައުމީ ޕްރޮފެޝަނަލް ލީގެއް ބައްޓަންކުރާނެ ގޮތެއް ކަނޑައެޅުން ކަމަށެވެ.

އަދި އެ މަގަށް ސަރުކާރާއި، އެފްއޭއެމް ގެ ސިޔާސަތު ބައްޓަން ކުރުމަށް ވަކާލާތުކޮށް ކެމްޕޭން ކުރުމަށް ކަމަށެވެ.

މިއާއިއެކު ސޭވް އެފްއޭއެމް ކެމްޕޭން އުފެދުނީ އެފްއޭއެމްގެ ރައީސް ބަދަލުކުރަން ނޫން ކަމަށާއި ސޭވް އެފްއޭއެމް ކެމްޕޭން އުފެދުނީ ޕްރޮފެޝަނަލް ފުޓްބޯޅަ ލީގެއް ހޯދައި މިފަދަ ލީގެއް ބައްޓަން ކުރެވޭނެ ނިޒާމެއް ހޯދުމަށް ކަމަށް ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މިއާއިއެކު ސޭވް އެފްއޭއެމް އިން ބޭނުންވަނީ މީހާ ބަދަލު ކުރަން ނޫން ކަމަށާއި މިހާރު މިއޮތް ފޭލް ވެފައިވާ ނިޒާމް ބަދަލުކޮށް، ހިފެހެއްޓިފައި އޮތް ހިފެހެއްޓުން ނިމުމަކަށް ގެނެސް، ސިއްރިއްޔާތުގައި ކެމްޕެއިން ނުކޮށް، ފާޅުގައި ކެމްޕޭން ކުރުން ކަމަށްވެސް ސޭވް އެފްއޭއެމް އިން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ފުޓުބޯޅަ ނިޒާމަށް ގެންނަ ބަދަލާއިއެކު އަތޮޅު ޓީމްތަކަށް ވޯޓު ލުމުގެ ހައްގު ލިބުމުގެ އިތުރުން އަތޮޅާއި ސަރަހައްދީ އެސޯސިއޭޝަންތައް ވުޖޫދު ވާނެ ކަމަށް ސޭވް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

އަދި މީގެ ސަބަބުން އެފްއޭއެމް ގެ ހިންގާ ކޮމިޓީގެ ކޮމްޕޮސިޝަން ބަދަލުވާނެ ކަމަށާއި އެއީ މާލެ ކްލަބްތަކެކޭ އެއްފަދައިން އަތޮޅު ކްލަބްތަކަށްވެސް އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ވަދެވޭނެތީ ކަމަށް ސޭވް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

އެހެންކަމުން ސޭވް އެފްއޭއެމް ކެމްޕެއިން އަމާޒުކުރަންވީ ގައުމީ ފުޓްބޯޅަ ކޮންފަރެންސް އެއް މެދުވެރިކޮށް އަތޮޅުތަކުގެ ކްލަބްތަކަށް ބައިވެރިވެވޭ ގައުމީ ފުޓޫބޯޅަ ލީގެއް ގާއިމް ކުރަން ކަމަށް ސޭވް އެފްއޭއެމް އިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.