ސޭވް އެފްއޭއެމްގެ ބައިވެރިން. ފޮޓޯ: މިހާރު
ހަބަރު
13 Jul 2023 | 16:00
ފަށައިގެން މިއުޅެނީ ބައްސާމު ބަދަލުކުރުމުގެ މަސައްކަތެއް ނޫން: ސޭވް އެފްއޭއެމް

ފަށައިގެން މިއުޅެނީ އެފްއޭއެމްގެ ރައީސް ބައްސާމް ޢަދީލް ޖަލީލް ބަދަލުކުރުމުގެ މަސައްްކަތް ނޫން ކަމަށާއި ސޭވް އެފްއޭއެމް ހަރަކާތަކީ ފެއިލްވެފައިވާ ފުޓްބޯޅަ ހިންގުމުގެ ނިޒާމް ބަދަލުކުރުމަށް ކުރާ މަސައްކަތެއް ކަމަށް "ސޭވް އެފްއޭއެމް" އިން ބުނެފި އެވެ.

ރޭ އެހަރަކާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޭވް އެފްއޭއެމް އުފެދުނީ މުޅި ރާއްޖެ ޝާމިލުވާ ޕްރޮފެޝަނަލް ލީގެއް ހިންގާނެ ނިޒާމަކަށް ފުޓްބޯޅައިގެ ހިންގުން ބަދަލު ކުރުމަށް ކަމަށެވެ.

ފުޓްބޯޅަ ހިންގުމުގެ ނިޒާމުގައި ހިފެހެއްޓި ސިއްރު ކުރެވިފައިވާ ކަންކަން ނިމުމަކަށް ގެނެސް ފާޅުގައި "ކެމްޕޭން" ކޮށް ދެފުށް ފެންނަށް އުސޫލަކުން ހިންގުމުގެ ނިޒާމް ބަދަލު ކުރުމަކީ ވެސް އެ ހަރަކާތުން ބާރުއަޅާ ކަމެއް ކަމަށް ސޭވް އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެ ހަރަކާތުން ބުނީ އެފްއޭއެމްގެ ދަށުން އަތޮޅު އަދި ސަރަހައްދީ އެސޯސިއޭޝަންތައް އުފެއްދުމަށް ބާރުއަޅައި އަތޮޅު ކްލަބްތަކަށް އެ އެސޯސިއޭޝަންގެ ކަންކަން ނިންމުމުގައި ވޯޓް ލުމުގެ ހައްގު ހޯދައި ދިނުމަކީ ވެސް ސޭވް އެފްއޭއެމްގެ އެއް މަގުސަދު ކަމަށެވެ.

ފުޓުބޯޅަ ހިންގުމުގެ ނިޒާމަށް ގެންނަން ބަދަލާ އެކު އަތޮޅު ޓީމްތަކަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށާއި، އަދި އަތޮޅާއި، ސަރަހައްދީ އެސޯސިއޭޝަންތައް ވުޖޫދު ވާނެ ކަމަށެވެ. އަދި މީގެ ސަބަބުން އެފްއޭއެމް ގެ ހިންގާ ކޮމިޓީގެ ކޮމްޕޮސިޝަން ބަދަލުވާނެ ކަމަށްވެސް ބުނެފައިވެއެވެ. އެއީ މާލޭ ކްލަބްތަކެކޭ އެއްފަދައިން އަތޮޅު ކްލަބްތަކަށްވެސް އެފް.އޭ.އެމް ގެ ހިންގާ ކޮމިޓީއަށް ވަދެވޭނެތީ ކަމަށް އެބަޔާނުގައި ވެއެވެ.

ގައުމީ ފުޓްބޯޅަ ކޮންފަރެންސް ބާއްވަން ތައްޔާރުވާކަން ވެސް  ސޭވް އެފްއޭއެމް ކެމްޕޭނުން ނެރުނު މި ބަޔާނުގައި އިޢުލާނު ކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.