ރައީސް ނަޝީދު ޑިމޮކްރެޓްސް އަށް ސޮއި ކުރައްވަން ބޭއްްވި ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ ވޮއިސް
ހަބަރު
14 Jul 2023 | 07:15
އަޅުގަނޑު، އެމްޑީޕީ ރޫޅާލާނަން! ރޫޅާލާނަން: ރައީސް ނަޝީދު

އެމްޑީޕީ ރޫޅާލާނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުގައި ތިއްބެވުމަށްފަހު މަގާމު ދޫކުރައްވާ ޑިމޮކްރެޓުންނާ ގުޅިވަޑައިގެންނެވި ބޭފުޅުންނަކީ އަޒުމު ވަރުގަދަ، ތަބީއަތު ހަރުދަނާ އަހްލާގު ރަނގަޅު ބައެއް ކަމަށެވެ. އަދި އެ ބޭފުޅުން އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އާއި ގުޅުމުން އެމްޑީޕީގެ "ފޫވަށް" ވެއްޓިފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އެބޭފުޅުންނާ އެކު މިވާ ގޮތަކީ ކަށިކެޔޮގަނޑަށްވާ ގޮތް. ފޫވަށް ދިޔައީމާ ގަނޑު ރޫޅޭނެ. އެމްޑީޕީ އެދަނީ ރޫޅެން. ފޫވަށް ވެއްޓިއްޖެ. ފޫވަށް ގެއްލިއްޖެ،" 

ރައީސް މުހައްމަދު ނަޝީދު 

މިއާއެކު ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެއްދެވީ ފިކުރެއް ދިރުވަން ކަމަށެވެ. އެމަނިކުފާނު ގެ އަބަދުވެސް އަމާޒަކަށް ވީ އުސޫލެއް ހޯއްދެވުން ކަން ފާހަގަކުރައްވައި އިތުރަށް ވިދާޅުވީ އެ ތައާރަފް ކުރަން ބޭނުންވި އުސޫލު ތަކަކީ ދިވެހިންނަށް މިއަދު ލިބޭ މިންވަރަށް ވުރެ ރަނގަޅު މިންވަރެއް ލިބޭނެ ހަމަތަކާއި އުސޫލުތަކެއް ކަމަށެވެ. އަދި އެމްޑީޕީ ހެދީ ރައްޔިތުން ބޭނުންވާ ފިކުރު ދިރުވާ ރައްޔިތުންނަށް އުފާވެރިކަން ތަނަވަސްކަން އިތުރުކޮށްދީ އެމީހުންގެ އާންމު ހާލަތު ރަނގަޅުކޮށްދިނުމަށް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން އެ އުފެއްދި އެމްޑީޕީ ދޫކޮށްލެއްވީ އިންތިހާއަށް ހިތާމަކުރައްވަމުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. 

"އަޅުގަނޑުގެ ދޮށީ އަންހެން ދަރިފުޅަށް 24 އަހަރު. އޭނާ ބުނީ ނޫން. ބައްޕަ އުޅުނީކީ ކުލައަކާ ރަށްޓެހިވެގެނެއް ނޫނޭ. ބައްޕަ އުޅުނީކީ ލަވައަކާ ގަޔާވެގެނެއް ނޫނޭ. ލޯގޯއަކަށް ހިތްކިޔައިގެނެއް ނޫނޭ. އަދި މަލަކަށްވެސް ފަތަކަށްވެސް މީގޭން އެހެން އެއްވެސް ކަމަކަށް ނޫނޭ. އަޅުގަނޑުމެން އުޅުނީ ފިކުރެއް ދިރުވާށޭ، އެ ފިކުރު ދޫކޮށްނުލައްވައްޗޭ" އެމްޑީޕީން ވަކިވެވަޑައިގަތުމުގެ ނިންމުން ނިންނެވި ގޮތް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރީ ގޮތުގައި ތިބޭ ދިވެހި ރައްޔިތުން އުފައްދަން ކަމަށެވެ. އެހެންކަމުން، ގަބޫލުކުރައްވާ ފިކުރު ނުވަތަ ގޮތް ދޫކޮށްނުލެއްވުމަށް އެ ޖަލްސާ އަށް ވަޑައިގެން ތިބި ހުރިހާ ބޭފުޅުންނަށްވެސް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގަންނަވާފަ އެވެ. 

"ރާއްޖޭގެ ރައްޔިތުންނަށް ދެންވެސް ދަންނަވަން އޮތީ ގޮތް ދޫނުކުރައްވައްޗޭ،" ނަޝީދު އެދިވަޑައިގެންނެވި އެވެ.

މިއާއެކު ނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އެ މަނިކުފާނުގެ ވަރަށް ގާތް ރަހުމަތްތެރިން ތިއްބެވި ކަމަށެވެ. ނަމަވެސް އެ ބޭފުޅުން މިހާރު އެ ތިއްބެވީ "ގޯސްތަނުގައި" ކަމަށް ކަމަށްވެސް ވިދާޅުވި އެވެ. 

"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް. ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫ ވައް، ވެއްޓިއްޖެ، ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،"

ރައީސް މުހައްމަދު ނަޝީދު 

ނަޝީދު ވިދާޅުވީ އެމްޑީޕީގައި މިހާރު ތިއްބެވި ބޭފުޅުންނަކީ އެސްއެމްއީ ލޯނަކަށް ނަފުސު ވިއްކާލައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި އެމްޑީޕީ އުފެއްދި ސިޔާސަތު މިހާރު ނެތް ކަމަށާއި އެ ސިޔާސަތަށް ތާއީދުކުރާ މީހުން މިހާރު ތިބީ ދަ ޑިމޮކްރެޓްސް އާއެކު ކަމަށް ވިދާޅުވި އެވެ.

ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ. 2003 ވަނަ އަހަރު އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ލަންކާގައި ފެއްޓެވިއިރު އެކަމުގައި އެމަނިކުފާނުގެ ބައިވެރިވުން ވަރަށް ބޮޑެވެ. އެމްޑީޕީގެ ހަޔާތުން ފާއިތުވެދިޔަ 18 ވަރަކަށް އަހަރު އެ ޕާޓީގެ އެންމެ މަގުބޫލު ޝަހުސިއްޔަތަކީ ނަޝީދެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް ވަޑައިގަންނަވައި، އެމަނިކުފާނަަށް ތާއީދު ކުރައްވާ ބޭފުޅުން ޕާޓީގެ އިސް މަގާމުތަކަށް އިންތިހާބު ވާން ފެށުމާއި އެކު ނަޝީދަށް އޮތް ތާއީދު އެމްޑީޕީގެ ތެރެއިން ދިޔައީ ކުޑަވަމުންނެވެ. 

ކޮމެންޓް
ހަސަން މާހިރު
ކަލޭ ތިއޮތީ ރޫޅިފަ. ދެން އޮވޭ ތިހެން ތެޅިތެޅި
14 Jul 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.