އިސްލާމިކު މިނިސްޓަރު ރައީސް ޞާލިހުގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ އެމްޑީޕީ
ހަބަރު
14 Jul 2023 | 10:31
ރައީސް ޞާލިހަކީ މީހުން ހަޅޭ ލަވައިގަތީމަ، ގޮޑިން ފުންމާލާފަ ދާ ބޭފުޅެއް ނޫން: ޑރ. ޒާހިރު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަކީ، މީހުން ހަޅޭލަވައި، އެއްޗެހި ގޮވައި ގަތުމުން، "ގޮނޑިން ފުންމާލާފަ ވަޑައިގަންނަވާ ބޭފުޅެއް ނޫން" ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރޭ މާފުށީގައި ބޭއްވި ރައީސް ޞާލިހުގެ ކެންޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން، ޑރ. އަހްމަދު ޒާހިރު ވިދާޅުވީ ރައީސް ޞާލިހަކީ ރައްޔިތުން ކަންބޮޑުވެ ހާސްވާ ވަގުތު ތަކުގައި، އެއްވެސް ކަމެއް ނުކުރައްވައި، ރަޖާ އަޅުއްވައިގެން ފިއްްލަވައިގެން އޮންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އެކަން ކޮވިޑްގެ ދަތި އުނދަގޫ ދުވަސްވަރު އެނގިގެން ދިޔަ ކަމަށްވެސް ވިދާޅުވި އެވެ. 

"ކޮވިޑްގެ ދަތި އުނދަގޫ ދުވަސްވަރު، ރައީސް ޞާލިހު ކުރިމަތިލެއްވީ، ހިތްވަރާއި އެކީގައި. ކެތްތެރިކަމާއި އެކީގައި. ފަހަރެއްގައިވެސް، އެ ކަންބޮޑުވި ވަގުތު، މީހުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލައްވާފައި، ވަޑައިގެންނެވީއެއް ނޫން. އެންމެން ގޮވައިގެން، އެންމެނާއި އެކީގައި ސާބިތުވެ ހުންނެވީ. އެއީ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ ސިފައެއް. މީހުން ހަޅޭލަވައި ގަތީމަ، ގޮޑިން ފުންމާލާފަ ދާ ބޭކަލެއް ނޫން. އެކަން ވަނީ ސާބިތުކޮށްދީފައި. ކަންބޮޑުވާ ގަޑީގައި ގޭގައި ރަޖާ އަޅައިގެން އޮންނަ ބޭކަލެއް ނޫން. އެކަން ވަނީ ކޮވިޑްގެ ހާލަތުގައި ރައީސް ސާލިހު ސާބިތުކޮށްދީފައި."

ޑރ. އަހްމަދު ޒާހިރު އަލީ

ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ކޮވިޑުގެ ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައި ވެސް ފެނިގެންދިޔައީ، ރައީސް ޞާލިހު ގެ އަމިއްލަ ނަފްސަށް ވުރެ ރައްޔިތުންނަށް އިސްކަންދެއްވި ތަން ކަމަށެވެ. އެގޮތުން ކޮވިޑްގެ ހާލަތުގައި، އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ވަޑައިގެން ވެކްސިން ޖެއްސެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް އެކަން އެގޮތަށް ނުކުރައްވައި ރައްޔިތުންނަށް ވެސް ވެކްސިން ލިބޭނެ އިންތިޒާމު އެމަނިކުފާނު ހަމަޖެއްސެވި ކަން ފާހަގަކުރެއްވިއެވެ.

އަދާލަތު ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން އެއްވާނެއްގައި ރައީސް 2ވަނަ ދައުރަކަށް ހޮވުމަށް މަސައްކަތްކުރަނީ އެ ކޮލިޓީ ހުރުމުން ކަމަށް ޑރ.ޒާހިރު ވިދާޅުވިއެވެ. 

ޑރ.ޒާހިރު އިތުރަށް ވިދާޅުވީ އުފާވެރި އަމާން ރާއްޖެ ހޯދައިދެވޭނީ ތަސައްވުރެއް އަދި ސިޔާސަތެއް އޮވެގެން ކަމަށާއި އެ ސިޔާސަތުތައް ހިއްޕަވައިގެން ވަޑައިގެންނެވީ ރައީސް ސާލިހު ކަމަށެވެ. 

ކޮމެންޓް
ސީނާ
ދިވެހި ރައްޔިތުނަށް ވަރަށް ސާފުކޮށް އިނގޭ އޭނަޔަކީ އެއަށްވުރެން މާވެރިކަންބޭނުންވާ ޖައްބާރު ޗޯރެއް ކަން.ހަމަހިލާ ވެރިކަން ދޫނުކުރާނެކަން.ރައްޔިތުން ގައުމު ދަރުވާލައިގެންވެސް ވެރިކަމުގަހުރެވޭތޯ ބަލާ މީހެއްކަން.
14 Jul 2023
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.