ހަބަރު
14 Jul 2023 | 13:25
އީމާންކަން ބަލިކަށިވެ، އަޤީދާގައި ރެނދު އަޅައިފިނަމަ އެ ބަޔަކު ބަލިވާނެ: ހުކުރު ޚުތުބާ

މާއްދީ ވަސީލަތްތައް ކިތަންމެ ވަރުގަދަ ވިޔަސް އީމާންކަން ބަލިކަށިވެ، އަޤީދާގައި ރެނދު އަޅައިފިނަމަ އެ ބަޔަކު ބަލިވެގެން ހިނގައިދާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހިޖްރައިގެ ޒިކްރާއާއި ފިލާވަޅުތައް މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ ހިޖްރައަކީ އިސްލާމީ ދައުލަތުގެ ފެށުމެވެ. އަދި އެ ހިޖްރައިގެ ސަބަބުން އިސްލާމީ ދައުވަތު އައު ފަތިހަކަށް އަލިވިލުނު ކަމަށާއި މަދު މީސްކޮޅަކުން ބޮޑު އުއްމަތަކަށް ބަދަލުވި ކަމަށެވެ. ހަމަ އެހެންމެ މުސްލިމުންނަށް ނަސްރާއި ނަސީބު ލިބެން ފެށީ، މަދީނާގައި މުސްލިމުންނަށް ހަމަޖެހުން ލިބުމުން ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ޚުތުބާގައި މުސްލިމުންނަށް އިއްޒަތާއި ޤަދަރު ލިބެން އޮތީ އެމީހުންގެ އަޤީދާގައި ހިފެހެއްޓި މިންވަރަކުން ކަމަށެވެ. އަދި އަޤީދާ ބަލިކަށިވި ވަރަކަށް އެބަޔަކު ނިކަމެތިވާނެ ކަމަށްވެސް ބުނެފައިވެއެވެ. ކީރިތި ރަސޫލާ ﷺ މަދީނާގައި ޤާއިމުކުރެއްވި އިސްލާމީ ދައުލަތް، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭރު ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ބާރު ކަމަގައިވާ ފާރިސީންނާއި ރޯމަނުން ބަލިކުރީ މުސްލިމުންގެ އަދަދު ގިނަވެގެން ނޫން ކަމަށެވެ. އަދި ގެންގުޅުނު ހަތިޔާރު މޮޅުވެގެނެއް ވެސް ނޫނެވެ. އެކަމަކު އެމީހުންގެ އަޤީދާއާއި އިމާންކަން ހަރުދަނާވުމުގެ ސަބަބުން ކަމަށް ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން މާއްދީ ވަސީލަތްތައް ކިތަންމެ ވަރުގަދަ ވިޔަސް އީމާންކަން ބަލިކަށިވެ, އަޤީދާގައި ރެނދު އަޅައިފި ނަމަ, އެ ބަޔަކު ބަލިވެދާނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ހިޖުރައިގެ ވާހަކައަކީ މުނިފޫހިފިލުވުމަށް ޓަކައި ކިޔާލަން ޖެހޭ ވާހަކައެއް ނޫން ކަމަށާއި އެއީ ޖާހިލުކަމާއި ކުފުރުގެ ރާޅުތަކުން އަރަމުން ދިޔަ ސަހަރާއެއްގެ މެދުތެރޭގައި މުސްލިމުންނަށް ވަތަނެއް ގާއިމްކޮށްދިން ހާދިސާއެއް ކަމަށް ހުތުބާގައި ބުންޏެވެ.

ހިޖްރައިން ލިބިދޭ އަނެއް ފިލާވަޅު ކަމުގައި ޚުތުބާގައި ބުނީ ގައުމު ބިނާކުރުމުގައި ފިރިހެނުންނާ އެއްގޮތަށް އަންހެނުން ވެސް ބައިވެރިވާންޖެހޭ ކަން ކަމަށެވެ. 

"ގައުމު ބިނާކުރުމުގައި ފިރިހެނުންނާ އެއްގޮތަށް އަންހެނުން ވެސް ބައިވެރިވާން ޖެހޭނެ އެވެ. އެމީހުން ބާކީކޮށްގެން ނުވާނެ އެވެ. އަހުރެމެންނަށް ހިޖުރައިގެ ދަތުރުފުޅުގައި ފެންނަ ބަތަލާއަކީ، އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ އެވެ،" ޚުތުބާގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.