އިދިކޮޅުން ބޭއްވި ހޯޕް ކޮންފަރެންސް ގެ ތެރެއިން-- ފޮޓޯ/ވޮއިސް
ހަބަރު
14 Jul 2023 | 14:13
"ދިވެހިންގެ ރާއްޖެ" ކެމްޕެއިން ޖަލްސާ މިރޭ އާޓިފިޝަލް ބީޗުގައި

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕެއިން ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބުނީ މި ޖަލްސާ އޮންނާނީ މިރޭ 20:45 ގައި މާލޭ އާޓިފިޝަލް ބީޗުގަ އެވެ. އެ ޕާޓީން ވަނީ އެ ޖަލްސާގެ ދައުވަތު އެންމެހާ ފަރާތްތަކަށް އަރުވާފައެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ރަސްމީކޮށް ބޭނުންކުރާ ސްލޯގަން އެއްކަމަށް ކަނޑައަޅާފައި ވަނީ "ދިވެހިންގެ ރާއްޖެ" އެވެ. ޕީޕިއެމުން ބުނީ އެ ޝިޔާރުން ދޭހަކޮށްދެނީ ދިވެހިންގެ އެއްބައިވަންތަ ކަމާއި ގައުމުގެ އިސްތިގްލާލާއި މިނިވަންކަން ކަމަށެވެ. 

ރައީސް ޔާމީންގެ ރިޔާސީ ކެމްޕެއިންގައި، ކެންޑިޑޭޓް ބްރޭންޑިން އަށް ބޭނުން ކުރާނީ "ސްޓްރައިޕްޑް ވައި" މާކު ކަމަށްވެސް ޕީޕީއެމުން ބުނެއެވެ. ޕީޕީއެމުން ބުނީ އެ ސިމްބޮލް އިން ރަމްޒުކޮށްދެނީ އެއްބައިވަންތަ ކަމާއި، އުންމީދާއި، ވަރުގަދަކަން ކަމަށެވެ. އަދި ޖުޑިޝަރީގެ ބާރާއި، ގުޅިފައިވާ ޕީއެންސީ ކޯލިޝަން ވެސް އެ ލޯގޯ އިން ރަމްޒުކޮށްދޭކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. 

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ރިޔާސީ ކެންޕޭނު ފަށާ މާލޭގައި ދޮރުން ދޮރަށް ކުރިއަށްގެންދާ ކްމެޕޭނު ހަރަކާތްތައް އެ ޕާޓީން ފަށާފައިވާއިރު، އަތޮޅުތެރޭގައި ރަސްމީކޮށް ކެމްޕޭނު ހަރަކާތްތައްވެސް ވަނީ ފަށާފައެވެ. 

ޕީޕީއެމުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމިނުގެ ކެމްޕޭނު ރަސްމީކޮށް ފަށައިގެން ކުރިއަށް ގެންދާއިރު، އެމަނިކުފާނަށް އަމަލީގޮތުން ކެމްޕޭނުގައި ބައިވެރިވުމުގެ ފުރުސަތު ލިބިވަޑައި ނުގަތުމަކީ ވަރަށް ބޮޑު ފަޅުކަމެއްގެ ގޮތުގައި އެމަނިކުފާނުގެ ކެމްޕޭނު މެނޭޖަރު ކެޕްޓަން މުޙައްމަދު އަމީނު ވަނީ ސިފަކުރައްވާފަ އެވެ. 

މިވަގުތު އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ނަމަވެސް، ހައިކޯޓު މަރުހަލާއިން ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ކެޕްޓަން އަމީނު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި