ރައީސް ނަޝީދު އާއި ރީކޯމޫސަ މަނިކު --
ހަބަރު
14 Jul 2023 | 15:50
ރީކޯ މޫސަ، ރައީސް ނަޝީދަށް: އުމުރުދުވަހަށް މުސާރަ ޔަޤީންވީ މި ޕާޓީންނެއްނު؟

ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އުމުރު ދުވަހަށް މުސާރަ ޔަގީންވެ ވަޑައިގެންނެވީވެސް އެމްޑީޕީގައި ހުރެގެން ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީން ވަކިވެވަޑައިގެން، އަލަށް އުފެދުނު ދަ ޑިމޮކްރެޓްސް ޕާޓީއާއި ގުޅިވަޑައިގެންނެވުމަށްފަހު ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

އެކަމާއި ގުޅިގެން ރީކޯމޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އަކީ ރައްޔިތުންގެ ގިނަ ބަޔަކު އުފެއްދި ޕާޓީއެއް ކަމަށާ، އެ ޕާޓީ އަދިވެސް އޮތީ ގަދަކޮށް ކަމަށެވެ. 

ރީކޯމޫސަ އިތުރަށް ވިދާޅުވީ އެމްޑީޕީން ކެނޑުނު ކޮންމެ ރައީސަކުވެސް ޕާޓީއެއް އުފެއްދި ކަމަށާ އެހެން ނަމަވެސް އެ ޕާޓީތައް ދިޔައީ "ފަނުފުލުން" ކަމަށެވެ. 

މިއާއެކު އޭނާ ވަނީ ރައީސް ނަޝީދު އެމްޑީޕީގެ ޓިކެޓުގައި ރައީސް ކަމަށް ވާދަކުރައްވައި، އިންތިހާބު ކާމިޔާބު ކުރެއްވުމުން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު އަދާކުރީތީ ލިބޭ އިނާޔަތް ވެސް ލިބެނީ އެމްޑީޕީން ކަމަށް ވިދާޅުވެފައެވެ. 

"އެމްޑީޕީގެ ޖަނާޒާވެސް ބޭއްވި ތަންކޮޅެއްކުރިން؟ އޭގެ ފަހުން އަދި ފާތިޙާ ދުވަހެއްވެސް ފާހަގައެއްނުކުރޭ. އެމްޑީޕީ ހަމަގަދަކޮށްމިއޮތީ؟ މީ ރައްޔަތުންގެ ގިނަބަޔަކު އުފެއްދި ޕާޓީއެއް. މީގެކެނޑުނު ކޮންމެ ރައީސަކު ޕާޓީއެއް އުފެއްދި. ފަނުފުލުންދިޔައީ. އުމުރުދުވަހަށް މުސާރަ ޔަޤީންވީ މިޕާޓީންނެއްނު." ރީކޯމޫސަ ވިދާޅުވި އެވެ.

ރޭ ޑިމޮކްރެޓްސް އިން ބޭއްްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ޔޫނަޝީދު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި އެ މަނިކުފާނުގެ ވަރަށް ގާތް ރަހުމަތްތެރިން ތިއްބެވި ކަމަށެވެ. ނަމަވެސް އެ ބޭފުޅުން މިހާރު އެ ތިއްބެވީ "ގޯސްތަނުގައި" ކަމަށް ކަމަށްވެސް ވިދާޅުވި އެވެ. 

"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް. ތި ޕާޓީ އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ތި ކެޔޮގަނޑުގެ ފޫ ވައް، ވެއްޓިއްޖެ، ތި ޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް
އަބޫބަކުރު
ސ ލެވޭނީ. ކޮބާ އަންނި ތިބޭފުޅާގެ އަގު. ދުނިޔޭގައުޅޭއިރު ލަދުއަގަލުވެސް ކޮންމެސް ވަރަކަށް ހުންނަންޖެހޭ. ތިހާވަރެއްހުރިމީހެއްނޫން އަންނިއަކީ. ހައެއްކަ ފުލުހުން ދެކޮޅަށް ނިކުންނައިރަށް ދެ . . ދެވިއްޖެ. އެހާފިނޑި.
14 Jul 2023
ޑަންޕަރު މޫސަ
އުނގުޅޭ މީހުން ޕާޓީއަށް ވަނީމާ ދެންޖެހޭނީ އަވަހަށް އޭގެން ސަލާމަތްވާން. ރައްޔިތުންނަށް ދައްކަންޖެހޭ ޓެކުސް ދައްކާފަ އަނގަތަޅަންވީ.
14 Jul 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.