ޖޫނިއަރ ބެޑްމިންޓަން ޗެމްޕިއަންޝިޕް ގައި ބައިވެރިވި "ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރު" ގެ ބައިވެރިން
ކުޅިވަރު
15 Jul 2023 | 10:35
"ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރު" އެކަޑަމީގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް!

ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރު ވޫޖުދަށް އައިސް، އެ އެކަޑަމީގެ ކެރިއަރ ޑިވޮލޮޕްމަންޓް ޕްރޮގްރާމް ހިންގަން ފެށުނީ 21 އޮގަސްޓު 2021 ގައެވެ. އަދި ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެ އެކަޑަމީގެ ފަރާތުން މިދާއިރާއަށް ޒުވާން ކުޅުންތެރިން ނެރުމަށްޓަކައި އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މި އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވުނު ފުރަތަމަ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖޫނިއަރ ޗެމްޕިއަންޝިޕްގައި "ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރު" ގެ 36 ކުޅުންތެރިއަކު ވަނީ ބައިވެރިވެ، ފަޚުރުވެރި ތާރީޚީ ކާމިޔާބީތަކެއް ހޯދާފައެވެ. 

އެގޮތުން މި މުބާރާތުގައި ބައިވެރިވި އެކަޑަމީގެ ކުޅުންތެރިން ވަނީ ޖުމްލަ 20 މެޑަލް ހޯދާފައެވެ. އޭގެތެރޭގައި 4 ގޯލްޑް މެޑަލާއި 4 ސިލްވާ މެޑަލްގެ އިތުރުން 12 ބްރޯންޒް މެޑަލް ހިމެނެއެވެ. 

އެކުވެނި އިންޑޯ ބެޑްމިންޓަން ހޯލުގައި ޖުލައި 8-12 އަށް ކުރިއަށް ގެދިޔަ މި މުބާރާތުގައި ޖުމްލަ 182 ކުޅުންތެރިން ވާދަކުރިއެވެ. އެއީ ފިރިހެން 110 ކުޅުންތެރިންނާއި އަންހެން 72 ކުޅުންތެރިންނެވެ. މީގެ ތެރޭގައި ބެޑްމިންޓަން އެސޯސިއޭޝަންގެ ޖޫނިއަރ ޕޫލްގެ ކުޅުންތެރިންނާއި ރާއްޖޭގައި ހިންގާ އެކިއެކި އެކަޑަމީ ތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ގިނަ ކުޅުންތެރިންތަކެއް ވަނީ ބައިވެރިވެފަ އެވެ.

މި މުބާރާތުގައި 11 އަހަރުން ދަށް، 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާ ހިމެނޭގޮތަށް ކޮންމެ އުމުރުފުރާއެއްގައި ވެސް ކުރިއަށް ގެންގޮސްފައިވަނީ ހަތަރު އިވެންޓެވެ. އެއީ ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސްއެވެ.

މި މުބާރާތުން "ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރު" ގެ ކުޅުންތެރިން ހޯދި ކާމިޔާބީ އާއި ބެހޭގޮތުން ވޮއިސް އަށް މައުލޫމާތު ދެމުން އެކަޑަމީގެ ޖެނަރަލް ސެކެޓްރީ ހަސަން އަމާން ބުނީ އެކަޑަމީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ކުޅުންތެރިންގެ ފެންވަރު އިތުރަށް ރަގަޅުކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ވާދަކޮށް ކާމިޔާބު ހޯދޭނެ ފެންވަރުގެ ކުޅުންތެރިންތަކެއް އުފެއްދުމެވެ. އެކަމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ އަމާން ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އަމާން ބުނީ މި މުބާރާތުގެ ކުރިން އެ އެކަޑަމީގެ 14 ކުޅުންތެރިއަކު 30 ޖޫން އިން ފެށިގެން 7 ޖުލައި އާއި ހަމައަށް ލަންކާގައި ތަމްރީނު ހެދުމުގެ ފުރުސަތު ހޯދައިދިން ކަމަށާއި އަދި މި ދަތުރުގައި ރަގަޅު މެޗުތަކެއް އެކުޅުންތެރިންނަށް ކުޅެލަން ލިބިގެން ދިޔަ ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ވެސް މިފަދަ ގިނަ ފުރުސަތުތަކެއް އެކަޑަމީގެ ކުޅުންތެރިންނަށް ހޯދައިދީ ކުޅުންތެރިންގެ ޑިވޮލޮޕްމަންޓަށް ގިނަ ކަންތައްތަކެއް ރާވަމުން އަންނަކަމަށާއި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި "ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރު" ގެ ފަރާތުން ކުރަމުން އަންނަ ބުރަ މަސައްކަތާއެކު އެކަޑަމީގެ މުސްތަގުބަލް ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް އަމާން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ