ރޮނާލްޑޯ އަލް ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލި ރަސްމިއްޔާތުގެ ތެެރެއިން
ކުޅިވަރު
14 Jul 2023 | 22:04
ފީފާއިން އަލް ނަސްރަށް ކުރިއަށް އޮތް ދެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ނުގެނެވޭގޮތަށް ސަސްޕެންޑްކޮށްފި!

ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް، ކުރިން އޮތް ދެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ނުގެނެވޭގޮތަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން އެ ކްލަބަށް އަދަބުދީފި އެވެ.

ފީފާއިން އަލް ނަސްރަށް އަދަބު ދީފައި މިވަނީ 2018 ވަނަ އަހަރު އިނގިރޭސި ކްލަބް ލެސްޓާ ސިޓިއަށް ކުޅެމުންދިޔަ ނައިޖީރިއާގެ ފޯވާޑް އަހުމަދު މޫސާ އެކުލަބުން ގަތްއަގުގެ ދައްކަންޖެހޭ ފައިސާގެ ބާކީ އަދަދެއް އޮތުމުންނެވެ.

އަހުމަދު މޫސާ، ލެސްޓާ ދޫކޮށް ދާއިމީ އެއްބަސްވުމެއްގައި އަލް ނަސްރަށް ބަދަލުވީ 2018 ވަނަ އަހަރު އޮގަސްޓް މަހު އެވެ. އޭރު އޭނާ ކުޅެމުން ދިޔައީ ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯ އަށެވެ.

ލެސްޓާ އަށް އަލް ނަސްރުން ނުދައްކާ އޮތީ ފަސް ލައްކަ ޑޮލަރެވެ. ފީފާ އިން އަލް ނަސްރަށް އަދަބުދިނީ އެ ފައިސާ ހޯދުމަށް ލެސްޓާ އިން ފީފާއަށް ހުށަހެޅުމުންނެވެ.

ދެ ސީޒަނަށް ފަހު އަލް ނަސްރު ދޫކޮށްލި އުމުރުން 30، އަހަރުގެ މޫސާ ވަނީ އެޓީމަށް ކުޅެދިން 62 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިހާރު މޫސާ ކުޅެމުން އަންނަނީ ތުރުކީ ލީގުގަ އެވެ.

ސައުދީ ޕްރޮފެޝަނަލް ލީގު ދުނިޔޭގެ ސަމާލުކަން ހޯދީ މިދިޔަ އަހަރު އޮތް ފީފާ ވޯލްޑް ކަޕަށް ފަހު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި އަލް ނަސްރުން ހޯދުމާއެކުގައެވެ. އަދި ކުރިން އޮތް ސީޒަނަށް ރޮނާލްޑޯގެ ފަހަތުން ސައުދީ ޕްރޮފެޝަނަލް ލީގަށް ޔޫރަޕުގެ މަޝްހޫރު ގިނަ ތަރިންތަކެއް އަންނަނީ ބަދަލުވަމުންނެވެ.

އަލް ނަސްރުގެ ސަސްޕެންޝަނާއި ބެހޭގޮތުން ފީފާ އިން ބުނެފައި ވަނީ އަލް ނަސްރުން އެ ފައިސާ ދެއްކުމާ އެކު ކުޅުންތެރިން ގެންނަން ކުރި ސަސްޕެންޝަން އުވާލާނެ ކަމަށެވެ.

މިދިޔަ ސީޒަނުގައި ސައުދީ ޕްރޯ ލީގުގެ ދެ ވަނަ ހޯދި އަލް ނަސްރު ވަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެގޮތުން މިހާރު ކުރިއަށްދާ ޓްރާންސްފާ ބާޒާރުގައި ކްރޮއޭޝިއާގެ މާސެލޯ ބްރޮޒޮވިޗް ގެނެސްފަ އެވެ. އަދި، ޗެލްސީގެ މޮރޮކޯ ފޯވާޑް ހަކީމް ޒިޔެކް ގެންނަން ވެސް އެޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.