އަލީ ފާސިރު (ސެންޓޭ) ޓީސީ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ؛.. ފޮޓޯ/ ދިވެހި ޕްރެމިއާ ލީގު ފޭސްބުކް ޕޭޖުން
ކުޅިވަރު
15 Jul 2023 | 06:04
ސާފްޗެމްޕިއަންޝިޕަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާއަށް ފަސޭހަ މޮޅެއް!

ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތައްފަހު ދިވެހި ޕްރެމިއާ ލީގުގެ ކުޅުން އަލުން ފަށާފައިވާއިރު، ލީގުގައި ރޭކުޅެވުނު މެޗު ޓީސީ ސްޕޯޓްސް ކްލަބާއި ވާދަކޮށް 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މާޒިޔާ އިން ކާމިޔާބުކޮށްފިއެވެ.

ރޭގެ ނެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕު) ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދިއިރު، އެޓީމުގެ ފުރަތަަމަ ލަނޑު  ހަމްޒާ ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.

މާޒިއާގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ހަމްޒާ ކާމިޔާބުކުރިއިރު މި މެޗުގައި އޭގެ ހެޓްރިކް ފުރިހަމަކުރި ލަނޑު އޭނާ ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓްގައެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި މާޒިޔާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް އައިސަމް އެވެ. މިއީ އެޓީމުގެ ކުޅުންތެރިއަކު މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ޓީސީ ލީގުގެ ގޯލު އޭރިޔާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގައި މާޒިޔާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ފާސިރު ސެންޓޭ އެވެ. މިއީ އެޓީމުގެ ހަމްޒާ މުހައްމަދު (ހަމްޕު) ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ޓީސީގެ ގޯލްއޭރިއާ ތެރެއަށް ވަދެ ކައިރީގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މުޅި މެޗުގައިވެސް ޓީސީގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މާޒިޔާ އިން ކާމިޔާބުކުރި ހަވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ހަސަން ރާއިފް އެވެ. މި ލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-0 ގެ ނަތީޖާއަކުން މާޒިޔާ ކުރީގައި އޮވެގެންނެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ މާޒިޔާ އަށް މި މެޗުގައި ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހެދި ހަމްޒާ މުހައްމަދު އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ހަތަރު މެޗުން މާޒިޔާއަށް 12 ޕޮއިންޓް ލިބިފައިވާއިރު، މި މެޗުން ބަލިވި ޓީސީ ސްޕޯޓްސް ކްލަބަށް ހަތަރު މެޗުން ލިބިފައިވަނީ 4 ޕޮއިންޓެވެ.

އިއްޔެ ހަވީރު ލީގުގެ ކުޅުން އަލުން ފެށި މެޗުގައި ބުރު ސްޕޯޓްސް ކުލަބާއި ގުރީން ސްޓްރީޓް ވާދަކުރި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބުރު ސްޕޯޓްސް ކްލަބެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.