ރޮނާލްޑޯ އާއި ބްރޮޒޮވިޗް ކޯޗު ލުއިސް ކާސްޓްރޯ އާއެކު
ކުޅިވަރު
15 Jul 2023 | 05:39
ރޮނާލްޑޯ އާއި ބްރޮޒިވިޒް ނުލައި އަލް ނަސްރުން ކުޅުނު ދެ ވަނަ މެޗުން ވެސް އެޓީމު މޮޅުވެއްޖެ

ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މިހާރު ކުރިއަށްދާ ޓްރާންސްފާ މާކެޓުގައި ޓީމާއި އަލަށް ގުޅުނު ކްރޮއޭޝިޔާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް އާއި ނުލައި އަލް ނަސްރުން ކުޅުނު ދެ ވަނަ މެޗު ވެސް އެޓީމުން ކާމިޔާބުކޮށްފިއެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިގާރު އެޓީމުން ޕޯޗުގަލްގައި ކުރިއަށް ގެންދާ ޓްރޭނިންގ ކޭމްޕުގެ ތެރެއިން އެގައުމުގެ ދެވަނަ ޑިވިޝަންގެ ކުލަބެއްކަމަށްވާ އެފްސީ ފަރެންސް އާއި ދެކޮޅަށް މިރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ އަލް ނަސްރު އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފެށިގެން ހަތަރުވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު އެންޑަސަން ޓަލިސްކާ އެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން އެފްސީ ފަރެންސް އިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކުރި އެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާރކޯ މެޓިއަސް އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަލް ނަސްރުގެ އިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދިއެވެ. ފުރަތަަމަ ހާފުގެ 23 ވަނަ މިނެޓުގައި މި ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އެންޑަސަން ޓަލިސްކާ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

ނެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، މި މެޗުގައި އަލް ނަސްރުގެ ތިންވަނަ ލަނޑު ފަހުހާފުގެ 74 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޚާލިދު އަލް ޣަންނާން އެވެ. އަދި މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފަހު ދެ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އަލް ފައްތާހު އާއި މުހައްމަދު އަހުމަދު ޔަހުޔާ ސަހްލޫލީ އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-1 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

ޗުއްޓީއަށް ފަހު އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެޓީމާއި އަލަށް ގުޅުނު ކްރޮއޭޝިޔާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި ވީ ނަމަވެސް މިރޭގެ މެޗުގައި އެދެ ކުޅުންތެރިން ކުޅެފައެއް ނުވެއެވެ.

ނަމަވެސް މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ސެލްޓަ ވީގޯ އާއި ދެކޮޅަށް އަލް ނަސްރު ކުޅޭ މެޗުގައި މި ދެކުޅުންތެރިން ފެނުމުގެ ފުރުސަތު ބޮޑު ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.