ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު/ ފޮޓޯ: ވޮއިސް
ހަބަރު
15 Jul 2023 | 10:54
ދެވަނަ ދައުރެއް ދީފިނަމަ ކޮޅުފުށްޓަށް އޮތް ކަންކަން ރައީސް ވިދާޅުވެއްޖެ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރިޔާސީ ކެމްޕޭނަށް މ އަތޮަޅަށް ދަތުރުފުޅު ފައްޓަވައިފި އެވެ. 

މި ދަތުރުފުޅުގައި އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންފައިވަނީ މ ކޮޅުފުއްޓަށެވެ.

އެ ރަށަށް ވަޑައިގެން ރައީސް ޞާލިހުވަނީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ޖަގަހަ ޖަލްސާއެއް ވެސް ބާއްވާފަ އެވެ. އަދި އެމަނިކުފާނަށް ދެވަނަ ދައުރެއް ރައްޔިތުން ދެއްވައިފި ނަމަ ކޮޅުފުށީގެ ރައްޔިތުންނަށް ކޮށްދެއްވާނެ ބައެއް ކަންކަން ވެސް ހާމަކުރައްވާފަ އެވެ. 

ރައީސް ވިދާޅުވީ ކޮޅުފުއްޓަކީ ސުނާމީ ކާރިސާގައި ވަރަށް ބޮޑަށް ހަލާކުވި ރަށެއް ކަމަށެވެ. އެހެން ނަމަވެސް ރަށުގެ ރައްޔިތުން ރަށް ދޫކޮށް ދާން ބޭނުން ނުވާ ކަމަށާއި، ރައްޔިތުން ބޭނުންވަނީ ރަށުގައި ތިބެގެން އަސާސީ ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެން ދިއުންކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ކޮޅުފުށީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ފުރަތަމަ ފިޔަވަހި މި ސަރުކާރުން ނިންމާފައިވާނެ ކަމަށެވެ. އަދި ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާ، މިޅު ރަށް ވަށާ ތޮށި ޖަހާނެކަމަށް ރައީސް ޞާލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ. 

"ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ފުރަތަމަ ފޭސް ނިމިއްޖެ. ދެން ހުރީ އިތުރަށް ބޭނުންވާ ބައެއް މަސައްކަތްތައް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުގައި ތިޔަ ބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް އިތުރު ތޮށި އެ ސަރަހައްދުގައި ޖަހާ މުޅިރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހިމާޔަތްކޮށްދޭނަން"

ރައީސް ޞާލިހު

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ ކޮޅުފުށީގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް މި ސަރުކާރުން ވާނީ ފަށާފައި ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގެ ތެރޭގައި އޭގެ ތެރެއަށް އިތުރު 50 ހައުސިން ޔުނިޓު އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ. 

"މިރަށުގައި އަޅުގަނޑުމެން ބޯހިޔާވަހިކަމަށްޓަކައި 100 ހައުސިން ޔުނިޓުގެ މަސައްކަތް އަމަލީގޮތުން އަޅުގަނޑުމެން ފެށިން. އެކަން އިރާދަކުރެއްވިއްޔާ ކުރިއަށް އެދަނީ. ކުރިއަށް މި އޮތް ދައުރުގެ ތެރޭގައި އޭގެ ތެރެއަށް އިތުރު 50 ހައުސިން ޔުނިޓު އިތުރުކޮށް ރައްޔިތުން އެ ބޭނުންވާ ވަރަށް އަޅުގަނޑުމެން ބޯހިޔާވަހިކަން ފޯރުކޮށްދޭނަން"

ރައީސް ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނުގެ މި ދައުރުގައި ކޮޅުފުށީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްދެވިފައި ވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި މަގުހަދާ ރަށްތަކުގެ ތެރޭގައި ކޮޅުފުށި ހިމެނިގެންދާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. 

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުގެ ތެރޭގައި މަގުތައް ހަދާ ރަށްތަކުގެ ތެރޭގައި ކޮޅުފުށި ހިމެނި މިރަށުގެ މަގުތައް އަޅުގަނޑުމެން ޒަމާނީ ފެންވަރަކަށް ހަދާދޭނަން"

ރައީސް ޞާލިހު

ރައީސް ޞާލިހު ކޮޅުފުއްޓަށް ވަޑައިގެން ވަނީ ކޮޅުފުށީ ސުކޫލުގައި އިމާރާތްކުރާ 8 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ އިމާރާތް ރަސްމީކޮށް ހުޅުވާދެއްވާފަ އެވެ. އަދި މި ސަރުކާރުން ވަނީ ކޮޅުފުށީގައި ފެނުގެ ނިޒާމު ގާއިމްކޮށްދީފަ އެވެ. ރައީސްގެ މި ދަތުރުފުޅުގައި ވަނީ އެކަން ވެސް ރަސްމީކޮށް ފައްޓަވާދެއްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.