ލ ފޮނަދޫ ފެނަކަ ބްރާންޗް. ފޮޓޯ: ފޭސްބުކް
ހަބަރު
15 Jul 2023 | 11:03
ފޮނަދޫ އެމްޑީޕީ ޖަގަހައަށް ވިޔަފާރި އުސޫލުން ބިލްކުރާނެ ކަމަށް ބުނި މުވައްޒަފު ސަސްޕެންޑްކޮށްފި

ލ ފޮނަދޫގައި ހުންނަ އެމްޑީޕީ ޖަގަހައަށް ވިޔަފާރި އުސޫލުން ބިލްކުރާނެ ކަމަށްބުނި ފެނަކަ މުވައްޒަފަކު ސަސްޕެންޑްކޮށް ނޯޓިސް ފޮނުވައިފިއެވެ.

މިމައްސަލައިގައި ސަސްޕެންޑްކުރި މުވައްޒަފު ފޮނަދޫ ޒަމާނީ ވިލާ އަބުދުލް މުހުސިން އަލީއަށް ފޮނުވައިފައިވާ ނޯޓިސްގައި ބުނެފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން މުސާރަ ނުލިބޭގޮތަށް 15 ދުވަހަށް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.  

ފެނަކައިގެ ޑިރެކްޓަރ އުސައިދު ހުސެއިން ސޮއިކޮށް މުހުސިނަށް ފޮނުވައިފައިވާ ސިޓީގައި ބުނެފައިވަނީ އެ ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓުމަންޓުން މުހުސިނު އާއި ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަދި އެ މައްސަލައިގެ ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ފެނަކައިގެ ޤަވާއިދުގެ 40 ވަނަ މާއްދާހެ (ހ) އަށް ރިއާޔަތްކޮށް 13 ޖުލައި 2023 އިން ފެށިގެން 15 ދުވަގެ މުއްދަތަށް މުސާރަ ނުލިބޭ ގޮތަށް ވަގުތީގޮތުން އޮފީހުގެ މަސައްކަތަށް ނިކުތުން މަނާ ކުރެވިފައިވާ ކަމަށެވެ.

މުހުސިން އެމްޑީޕީގެ ފޮނަދޫ ޖަގަހައަށް ވިޔަފާރި އުސޫލުން ކަރަންޓް ބިލު ކުރާނެކަން ފޮނުވި ސިޓީގައި ސޮއިކޮށްފައިވަނީ ވަގުތީ ގޮތުން ޑިޕާޓްމަންޓާއި ހަވާލުވެ ހުރުމުގެ ސަބަބުންނެވެ.

މިކަމާއި ގުޅިގެން ގިނަބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. ވަޒީފާގެ ބިރު ދެއްކުން ނިމުމަކަށް ގެނައުމަށް ވަކާލާތު ކުރަމުންދިޔަ މިސަރުކާރުންވެސް މިފަދަ ކަންކަން އިތުރުވަމުން ދިޔުމާއެކު ގިނަ ބަޔަކު ދަނީ މި މައްސަލާގައި ސަރުކަރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް
ކާސިންޖީ
މިސަރުކާރުގެ ދޯހަޅިކަން ތާކުންތާކު ނުޖެހޭ ބައރެއް
15 Jul 2023
Mohamed IruShaN
ޖަގަހަ ތަކަށް ވިޔަފާރި އުސޫލުން ބިލް ނުކުރެވޭނެ. ޑޮމެސްޓިކް ކެޓަގަރީގަ އެތަންތަނަށް ބިލް ކުރެވޭނީ. އުސޫލާ ޚިލާފަށް އެއްވެސް ކަމެއް ކުރަން ދިމާކޮއްފިއްޔާ ފެނަކައިން ފިޔަވަޅު އަޅާނެ
15 Jul 2023
ާައ
އެއީ ފެނަކަ އިމާރާތަކައް ނުވާނަމަ ބިލު ފޮނުވަންޖެހޭ. ޢެހެން ވީމަ އެމްޑީޕީ މީހުން ހިންގާ ޖަގަހަތަކައް ބިލް ނުފޮނުވަނީތަ.
16 Jul 2023
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.