ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު/ ފޮޓޯ: ވޮއިސް
ހަބަރު
15 Jul 2023 | 11:25
ފުލުހުންގެ މުއައްސަސާތެރޭ އޮތް ސިޔާސީ ނުފޫޒު ނައްތާލެވިއްޖެ: ރައީސް ޞާލިހު

ވެރިކަމަށް ވަޑައިގެންނެވިއިރު ފުލުހުންގެ މުއައްސަސާ އޮތީ ސިޔާސީ ބާރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، މިއަދު އެ މުއައްސަސާއަށް އޮތް ހުރިހާ ސިޔާސީ ނުފޫޒެއް ނައްތާލެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވަނީ މ އަތޮޅަށް އެމަނިކުފާނު ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅު ކޮޅުފުއްޓަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނެވެ.

ރައީސް ޞާލިހު ވިދާޅުވީ ކުރީ ސަރުކާރުގައި ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ސިޔާސީކޮށްފައިވާ ކަމަށެވެ. އަދި ސިޔާސީ ވެރިންނަށް ފިޔަވަޅު އެޅުމަށް އެ މުއައްސަސާގެ ބޭނުން ނަހަމަގޮތުގައި ހިފަމުން ގޮސްފައިވާކަމަށެވެ.

އެގޮތުން ސަރުކާރުން ބުނާ ގޮތަށް ވަކި މީހަކަށް ފިޔަވަޅު ނާޅާނަމަ ޕޮލިސް ކޮމިޝަނަށް މަޤާމުގައި ވެސް ނުހުރެވޭކަމަށާއި، އެ ދައުރުގައި ފަސް ފަހަރަށް ޕޮލިސް ކޮމިޝަނަރު ބަދަލުކުރެއްވި ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން އެ މުއައްސަސާ ހިންގުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނުކަމަށް ރައީސް ވިދާޅުވި އެވެ.

"ޕޮލިސް ކޮމިޝަނަރު 5 ޕޮލިސް ކޮމިޝަނަރުން ބަދަލުވެގެން ދިޔަ. އަހަރަކަށް މީހަކު. އަހަރަކަށް މީހަކު. އަހަރަކަށް މީހަކު. ތަނެއް ހިނގާނީ ކިހެނެއްތޯ؟ ސިޔާސީ ބޭނުމެއްގައި ވަކި މީހަކާއި ދޭތެރޭގައި ވަކިކަމެއް ކުރަން ބުނީމާ ނުކުރުން.. ގެއަށް! ދެން ހުންނަ މީހާ ލަނީ. މިގޮތުން އެބަހުރި ގާތްގަނޑަކަށް ހަތް ދުވަހު ތެރޭ ޕޮލިސް ކޮމިޝަނަރުން ބަދަލުވެފައި"

ރައީސް ޞާލިހު

އެކަން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކުރިން ފުލުހުންގެ މުއައްސަސާއަށް އޮތް އެ ނުފޫޒު މިހާރު ނައްތާލެވިއްޖެ ކަމަށެވެ. އަދި އެ މުއައްސަސާއަކީ މިނިވަންކަމާއެކު ހިންގާ މުއައްސަސާއަކަށް މިހާރު ހެދިފައިވާ ކަމަށެވެ.

އެކަން ކުރުމުގައި ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲގެ ބޮޑު ދައުރެއް ވެސް އޮތްކަމަށާއި، އެކަމަށްޓަކައި މިނިސްޓަރު އިމްރާނަށް ތައުރީފު ހައްގުކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރު ޕޮލިސް ކޮމިޝަނަރުގެ މަޤާމުގައި ހުންނެވީ ރައީސް ޞާލިހާއި އާއިލީގޮތުން ގުުޅުން އޮންނަ ބޭފުޅެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.