ރައީސް ޞާލިހު ކޮޅުފުށީގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
15 Jul 2023 | 11:42
ދެވަނަ ދައުރެއް ދީފިނަމަ ކޮޅުފުށީ ކައިރީ ރިސޯޓެއް އަޅާނަން: ރައީސް ޞާލިހު

ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިކަމަށް ވާނަމަ މ. ކޮޅުފުށީ ކައިރީގައި ޓުއަރިސްޓު ރިސޯޓެއް އަޅުއްވާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވައުފުވެވަޑައިގެންފައި ވަނީ އެމަނިކުފާނު މ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅު ކޮޅުފުއްޓަށް ވަޑައިގެން ދެވަނަ ދައުރެއްގައި އެ ރަށަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވަމުން ނެވެ. 

ރައީސް ޞާލިހު ވިދާޅުވީ ކޮޅުފުށީ ކައިރީގައި ރިސޯޓެއް ހެދުމަށް ކުރީ ސަރުކާރުން 1 ރަށުގެ ގޮތުގައި 3 ރަށް ބަޔަކަށް ދޫކޮށްފައިވާއިރު، މިހާތަނަށް އެއިން އެއްވެސް ރަށެއްގައި ރިސޯޓު ހެދުމުގެ މަސައްކަތް ކުރިއަށް ނުދާކަމަށެވެ. 

"މި ރަށު ކައިރިން ރިސޯޓު ހެދުމަށްޓަކައި ކުރީ ދައުރުގައި ވަކި ފަރާތަކަށް އެއް ރަށުގެ ގޮތުގައި 3ރަށް ދީފައި އެބޮތް. އަދިއަދަށް ދާންދެން ވެސް އެ ރަށުގައި އެއްވެސް މަސައްކަތެއް ނުކުރޭ"

ރައީސް ޞާލިހު

ކޮޅުފުއްޓަކީ މީގެ ކުރިން މަސްވެރިކަން ކުރަމުން އައި ރަށެއް ނަމަވެސް، އެ މަސައްކަތް ރަށުގައި ހީނާރުވެފައިވާއިރު ޒުވާނުން އަދާކުރާނެ ވަޒީފާތަކެއް ހޯދައިދޭން ޖެހޭކަމަށާއި، އެގޮތުން ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ ކޮޅުފުށީ ކައިރީގައި ރިސޯޓެއް ތަރައްގީ ކުރައްވާނެކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

"އިރާދަކުރެއްވިއްޔާ މިރަށުގެ ރައްޔިތުން އެދޭގޮތަށް މިރަށު ކައިރިން ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއެއް އަޅުގަނޑުމެން ހިންގަދޭނަން"

ރައީސް ޞާލިހު

ރިސޯޓު ތަރައްގީ ކުރުމުގެ އިތުރުން ވެސް ރައީސް ޞާލިހު ވަނީ ދެވަނަ ދައުރެއް ލިބިއްޖެނަމަ ކޮޅުފުށީގައި މިހާރު ކުރިއަށްދާ 100 ހައުސިން ޔުނިޓުގެ މަޝްރޫއަށް އިތުރު 50 ޔުނިޓު އިތުރުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އެރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް ވެސް ރައީސް ވަނީ ވައުދުވެލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.