މިނިސްޓަރު އިމްރާނު ކޮޅުފުށީގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
15 Jul 2023 | 11:48
ކޮޅުފުށިން މަދުވެގެން 65 ޕަސެންޓު ވޯޓު ރައީސަށް ހޯދައިދޭންވާނެ: އިމްރާނު

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި މ ކޮޅުފުށިން 65 ޕަސެންޓު ވޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ހޯދައިދޭންވާނެ ކަމަށް ހޯމް މިނިސްޓަރު އަދި ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

އިމްރާނު މިފަދައިން ވިދާޅުވެފައި ވަނީ މ ކޮޅުފުށީގައި އޮތް ރައީސް ޞާލިހުގެ ރިޔާސީ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އިމްރާނު ވިދާޅުވީ ސުނާމީ ކާރިސާއަށްފަހު މިހާތަނަށް ފާއިތުވި 20 އަހަރުގައި ރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވިފައިވަނީ ރައީސް ޞާލިހުގެ ސަރުކާރުގައި ކަމަށެވެ. 

އެގޮތުން މި ސަރުކާރުން ހިންގާ 13 މަޝްރޫއެއް މިޙާރު ވެސް ކޮޅުފުށީގައި ކުރިއަށްދާ ކަމަށާއި، މިހާ ގިނަ އަދަދެއްގެ މަޝްރޫއު އެއްފަހަރާ ކޮޅުފުށީގައި ހިންގި ހަނދާނެއް ރަށުގެ ރައްޔިތުންގެ ނުހުންނާނެކަަމަަށް އިމްރާނު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ އިމްރާނު ވިދާޅުވީ ރައީސް ޞާލިހުގެ ވެރިކަމުގައި ކޮޅުފުއްޓަށް ލިބުނު ކުރިއެރުންތައް ދަމަހައްޓާ، ތަރައްގީގެ މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް އެދޭނަމަ ރައީސް ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމުގެ މަސައްކަތް ރައްޔިތުން ކުރައްވަން ޖެހޭކަމަށެވެ.

އަދި އަމާޒަކަށް ވާނީ ކޮޅުފުޅިން 65 އިންސައްތަ ވޯޓު ރައީސް ޞާލިހަށް ހޯއްދަވާދެއްވަުން ކަމަށް އިމްރާނު ވިދާޅުވި އެވެ. 

"ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކުރެއްވި ވައުދުތަކަކީ ފިދޭނެ ދައުދުތައްކަން ތިޔަ ހުރިހާ ރައްޔިތުން (ކޮޅުފުށީ ރައްޔިތުން) ހެކިވެ ވަޑައިގަންނަވާނެ. އެހެންވީމަ މިރަށުން ރައީސަށް މަދުވެގެން 65 ޕަސެންޓު ވޯޓު ހޯދައިދޭން ވާނެ"

އިމްރާނު އަބްދުﷲ

އިމްރާނު ވިދާޅުވީ ރައީސް ޞާލިހު ގެންދަވަނީ ކުޑަ ރަށެއް ބޮޑު ރަށެއް ބެއްލެވުމެއް ނެތި މުޅި ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްޕުޅު ކުރައްވަމުން ކަމަށެވެ. 

އަދި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ދިވެހިރާއްޖެއަކީ އަމާން ރާއްޖެއެއްގެ ގޮތުގައި ބޭއްވުމަށް ކަމަށާއި، އެ ފުރުސަތު ރައްޔިތުން އެމަނިކުފާނަށް ދެއްވަން ޖެހޭކަމަށް އިމްރާނު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.