އެމްޕީއެލްގެ ޖަލްސާގެ ތެރެއިން. ފޮޓޯ: އެމްޕީއެލް
ހަބަރު
15 Jul 2023 | 17:13
އެމްޕީއެލް ރީބްރޭންޑްކޮށް ރީ ލޯންޗްކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ރީބްރޭންޑްކޮށް ކުންފުނީގެ އާ ލޯގޯ އާއި ކުލަ އަދި ބްރޭންޑިން ރަސްމީކޮށް ލޯންޗުކޮށްފިއެވެ.

އެމްޕީއެލް އަށް 36 އަހަރުވެފައިވާއިރު މިއީ އެ ކުންފުނި ރީ ބްރޭންޑްކުރި ފުރަތަމަ ފަހަރެވެ. އެމްޕީއެލްގެ އާ ލޯގޯ އާއި ކުލަ ރަސްމީކޮށް އިފްތިތާހުކުރީ ރޭ އެފްއޭއެމްގެ ދަނޑުގައި ބޭއްވި އެ ކުންފުނީގެ އަހަރީ ސްޓާފް ނައިޓްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، 27 އަހަރު ވީ ލޯގޯ ބަދަލުކޮށް، ކުންފުނި ރީބްރޭންޑްކުރީ ޕޯޓުގެ ޚިދުމަތް ޒަމާނީ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެއްގެ ގޮތުގައިކަމަށެވެ.

ޝާހިދު ވިދާޅުވީ، ޕޯޓުގެ ޚިދުމަތައް ކުރިއެރުންތަކެއް ލިބިއްޖެކަމަށާއި ވަރަށް ގިނަ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރެވިފައިވާކަމަށެވެ. ނަމަވެސް މިހާތަނަށް ކުންފުނީގެ ބްރޭންޑް އިމޭޖް އަދި ބްރޭންޑިންގ އެއް ހެދުމަށް އެއްވެސް މަސައްކަތެއް އޮތީ ނުކުރެވިކަން ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ފާއިތުވި 4 އަހަރުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް ކޯޕަރޭޓް ގަވަނަންސް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އޭނާ ވިއެމްޕީއެލްއިން ބުނީ ރީބްރޭންޑިންގއަށް ގެނައި އެންމެ މުހިންމު އެއް ބަދަލަކީ ޕޯޓު އޮޕަރޭޝަންގެ އެކި ދާއިރާތަކާއި ގުޅޭގޮތުން ޔުނީފޯމު ތައްޔާރުރުންކަމަށެވެ.

އެގޮތުން ޒަމާނީ ޕޯޓުތަކުގައި މިހާރު ބޭނުންކުރާގޮތަށް ޕޯޓުގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާރު ވަކިން ވެސްޓް ލާންނުޖެހޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ.

އަދި މިހާރު ތައްޔާރުކޮށްފައިވާ ޔުނިފޯމްތަކުގައި "ހައި ވިޒިބިލިޓީ" ފަށްތައް ހިމެނިފައިވާނެކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ.

ކުރިން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ)ގެ ނަމުގައި ހިންގުމަށްފަހު 2008 ވަނަ އަހަރު އެމްޕީއޭ ކޯޕަރަޓައިޒްކޮށް ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުވިއެވެ. އެކަމަކު މިހާތަނަށް އެމްޕީއެލް އިން ވެސް ބޭނުންކުރަމުން އައީ މީގެ 27 ވަރަކަށް އަހަރުކުރިން އެމްޕީއޭ އިން ބޭނުންކުރި ލޯގޯއެވެ.

ކޮމެންޓް
ބަލަކް
ކޮންމެ ކުލައެއްޖެއްސިޔަސް ޙިދްމަތަށް ސަލާންޖަހަންޖެހެނީ. ކަޓުނެގުމެއް ނުހުއްޓޭ. ސްޓާފުން އަބަދު ބޭރުގަ، ކޮފީގަ....... ވަރަށް ސަލާން.
15 Jul 2023
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.