ރިޒުވާން ސްޕަރ ޔުނައިޓެޑް ސްޕޯޓްސް އާއި ދެކޮޅަށް ކުޅެނީ
ކުޅިވަރު
15 Jul 2023 | 19:21
ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ބަލިކޮށް ކުލަބު އީގަލްސް ދެވަނައަށް

ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ސްޕަރ ޔުނައިޓެޑް ސްޕޯޓްސް އާއި ކުލަބު އީގަލްސް ވާދަކުރި މެޗު 7-3 ގެ ނަތީޖާއަކުން ކުލަބު އީގަލްސް އިން ކާމިޔާބުކޮށްފި އެވެ.

ކުލަބް އީގަލްސްގެ ފަރާތުން މޯޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ކުލަބު އީގަލްސް އިންނެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން ހަ ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިޝާމް މުހައްމަދު އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް އިވާން އެވެ. އަދި އޭގެ ތިން މިނެޓު ފަހުން އެޓީމުގެ އަހުމަދު ރިޒުވާން ވާނީ އިތުރު ލަނޑެއް މެޗުގެ 3-0 އަށް ބަދަލުކޮށްދިފައެވެ.

މިހާފުގައި އީގަލްސް އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު 30 ވަނަ މިނެޓުގައި އިބްރާހިމް މަހުދީ ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ފަސްވަނަ ލަނޑު 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒައިން ޒަފަރު އެވެ.

މި މެޗުގައި ސްޕަރ ޔުނައިޓެޑް ސްޕޯޓްސް އިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި އަހުމަދު ހުސާމް ކާމިޔާބުކޮށްދިންއިރު އޭގެ ދެ މިނެޓު ފަހުން އެޓީމުގެ އަލީ ނަސޫހް ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ފަރަގު ކުޑަކޮށްދީފައެވެ. މި ލަނޑާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-2 ގެ ނަތީޖާއަކުން ކުލަބު އީގަލްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ކުލަބް އީގަލްސް އިން އިތުރު ދެ ލަނޑު ކަމިޔާބުކުރި އިރު، އެޓީމުގެ ހަވަނަ ލަނޑު ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އިވާން އެވެ. އަދި އެޓީމުގެ ފަހު ލަނޑު ދެވަނަ ހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ރިޒުވާން އެވެ.

މި މެޗުގައި ސްޕަރ ޔުނައިޓެޑް ސްޕޯޓްސް އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ އެންމެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އިބްރާހިމް އަތީގް އެވެ. މި ލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 7-3 ގެ ނަތީޖާއަކުން ކުލަބު އީގަލްސް ކުރީގައި އޮވެގެންނެވެ.

މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކުލަބް އީގަލްސްގެ އަހުމަދު ރިޒުވާން އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުލަބު އީގަލްސް އަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ސުޕަރ ޔުނައިޓެޑް ސްޕޯޓްސް އޮތީ ހަ ޕޮއިންޓާއެކު ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.