ކުރީގެ ނައިބު ރައީސް ޑރ ޖަމީލު/ ފޮޓޯ: ވޮއިސް
ހަބަރު
16 Jul 2023 | 11:47
މި ސަރުކާރުން ވަނީ ފުލުހުން ސިޔާސީ އެކްޓިވިސްޓުންނަށް ހަދާފަ: ޑރ ޖަމީލު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަނީ ފުލުހުން ސިޔާސީ އެކްޓިވިސްޓުންނަށް ހަދާފައިކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ފުލުހުންގެ މުއައްސަސާއަށް މީގެ ކުރިން އޮތް ސިޔާސީ ނުފޫޒުތައް މި ސަރުކާރުން ނައްތާލާފައިވާކަން ފާހަގަކޮށް ރައީސް ޞާލިހު ދެއްކެވި ވާހަކަތަކަށް ޓްވިޓާގައި ރައްދުދެއްވަމުން ނެވެ. 

މ އަތޮޅަށް ރައީސް ޞާލިހު ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅު ކޮޅުފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އޮތް ސިޔާސީ ނުފޫޒު މިހާރު ނައްތާލެވިފައިވާ ކަމަށެވެ. އަދި އެ މުއައްސަސާއަކީ މިހާރު މިނިވަންކަމާއެކު ހިންގާ ތަނަކަށް ހަދާދެވިފައި ވާ ކަމަށެވެ. 

އެ ވާހަކަތަކަށް ރައްދުދެއްވާ ޑރ ޖަމީލު ވިދާޅުވީ 2008 ގެ ފަހުން އެންމެ ލާއިންސާނީ ވެރިކަމަށް ކުރައްވަމުން ދަނީ ރައީސް ޞާލިހު ކަމަށެވެ. އަދި އެމަނިކުފާނު ގެންދަވަނީ ފުލުހުންގެ މުއައްސަސާ ހިންގަވަމުން ކަމަށެވެ. 

ރައީސް ޞާލިހު ފުލުހުންގެ މުއައްސަސާއަށް ނުފޫޒު ފޯރުވާ އަރިސް ބޭދުޅުންގެ މައްސަލަތައް ހިންދާލާ ރައްޔިތުންނަށް ބޮޑެތި އަނިޔާތަކެއް ދެމުންދާކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފަ އެވެ. 

ރައީސް ޞާލިހުގެ އަރިހުގައި ސީޕީ ހަމީދާއި މިނިސްޓަރު އިމްރާނު

"ފުލުހުންގެ އިދާރާ ހިންގީ ރ. އިބޫ. ކޮބާ މާކުން ފަލާޙުގެ ދަރި؟ ޖީހާނުގެ ފިރިމީހާގެ މައްސަލަ ބެލުނު؟ ރ. ޔާމީނު ވަނީ ފްރޭމްކޮށްފައި. މިއީ 2018 ނޫން. މަނިކުފާނު ވަށައިގެން ތިބި ފެނަކަ ސައީދު، އާރުޑީސީ ފަދަ ބައެއްގެ ގެކަމެއް ބެލޭތަ؟ ފުލުހުން ވަނީ އިބޫގެ އެކްޓިވިސްޓުންނަށް ހަދާ ރައްޔިތުންގެ ޢިޙްތިރާމާ އިތުބާރު ގެއްލިފައިވާ ބަޔަކަށް ވެފައި. މިޙަގީގަތް ދޮގު ކުރެވޭނެ"

ކުރީގެ ނައިބު ރައީސް ޑރ ޖަމީލު

ޑރ ޖަމީލު އިތުރަށް ވިދާޅުވީ މިއަދު ފުލުހުންނަކީ ރައީސް ޞާލިހުގެ ސިޔާސީ އެކްޓިވިސްޓުންތަކަކަށް ހަދާފައިވާ ކަމަށެވެ. އަދި އެއީ ދޮގު ނުކުރެވޭވެ ހަގީގަތްތަކެއް ކަމަށެވެ. 

ފުލުހުންގެ އިސް ވެރިއެއްގެ ގޮތުގައި ކަމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި މިއަދު ހުންނެވީ ރައީސް ޞާލިހާއި އާއިލީގޮތުން ގާތް ބޭފުޅެކެވެ.

އެމަނިކުފާނު ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް، މުޅި މުއައްސަސާގެ އަގުވައްޓާލާ ފުލުހުންނަށް ރައްޔިތުން ކުރާ އިޚްތިރާމު ކަނޑުވާލާފައިވާކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި