ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ވޮއިސް
ހަބަރު
16 Jul 2023 | 13:24
މުއައްސަސާތަކުގެ ވެރިން ވީ ކެމްޕޭނަށް ގޮސް، ޖަވާބުދޭނެ މީހަކު ނެތް: އަބްދުއްރަހީމް

ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިން އޮފީސް ހުސްކުރައްވާ ވަޑައިގެން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕޭނުގައި ކަމަށް އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. 

ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އިސްތިއުނާފު މައްސަލަ ލަސްކުރަމުންދާ ދިއުމާއި ގުޅިގެން އިދިކޮޅުގެ އޮތް ކަންބޮޑުވުންތަކާއެކު، އެ ކޯލިޝަނުން މިއަދު ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނާއި ޕީޖީ އޮފީހަށް ވަޑައިގެން އެތަނުގެ އިސް ފަރާތްތަކާއި ބައްދަލުކުރުމަށް މަސައްކަތްކޮށްފަ އެވެ. 

އެހެން ނަމަވެސް މިއަދުގެ 11:00 ފެށިގެން އެބޭފުޅުން އެ އޮފީސްތަކުގައި ގިނަ އިރުތަކެއް ވަންދެން ތިއްބެވި ނަމަވެސް އެއިން މުއައްސަސާއެއްގެ އިސް ބޭފުޅަކާއި ބައްދަލުވާގޮތް ވަނީ ނުވެފައެވެ. 

އެކަން ހާމަކުރައްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މީޑިއާއަށް ވިދާޅުވީ ރައީސް ޞާލިހު އުޅުއްވަނީ މުއައްސަސާތަކުގެ އިސްވެރިން ގޮވައިގެން ކެމްޕޭނު ދަތުރުފުޅުގައި ކަމަށެވެ. އެހެންކަމުން މިހާރު މިނިވަން މުއައްސަސާއެއްގައި ޖަވާބުދާރީވާނެ އެއްވެސް ފަރާތެއް ނެތްކަމަށާއި، އެއީ އިންތިހާއަށް ހިތާމަކުރާ ކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން ރައީސް ޞާލިހުގެ ކެމްޕޭނުގައި

"ޤަބޫލުފުޅު ކުރައްވާ ރިޔާސީ އިންތިޚާބަށް 58 ދުވަސް އޮތް އިރު އަޅުގަނޑުމެން މި އަންނަނީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓު މި މީހުން ވަގަށް ނަގައިގެން ގެންގޮސް ހައްޔަރުކޮށްގެން އަނިޔާކުރަމުން ގެންދާތީ އެކަމާއި ކަންބޮޑުވެގެން. އެމަނިކުފާނު މިނިވަން ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކަށް މިބޭފުޅުން ހުރަސްއަޅާތީ.. ރައީސް ޞާލިހު މި ހައްދަވާގޮތަކީ މި ހުރިހާ މުއައްސަސާތަކުގައި ތިބި މިވަގުތު މާލޭގައި ތިބި ވެރިން ގޮވައިގެން ކެމްޕޭނު ކުރައްވަނީ. ކައިރީގައި ޖޭއެސްސީގެ ރައީސް، އަނެއް ފަރާތުގައި އަނެއް ބޭފުޅަކު ބައިންދައިގެން މި ވިދާޅުވަނީ އިތުރު މީހަކަށް ފުރުސަތެއް ނުދެއްވާނަމޭ" 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަަބްދުއްރަހީމްގެ ވާހަކައިގައި ވަނީ ރިޔާސީ ކެމްޕޭނުގެ ދަތުރުފުޅުގައި ރައީސް ޞާލިހު ރައީސް ޔާމިނަށް ނިސްބަތްކުރައްވާ ދައްކަވާ ވާހަކަތަކަށް ވެސް ރައްދުދެއްވާފަ އެވެ. 

އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ގޮތުން ތައީދު އިތުރުކުރުމަށް ރައީސް ޔާމީނުގެ އިސްތަށިފުޅުގައި ސާބިތުނުހިފޭ ތުހުމަތުތައް އެޅުވުމަކީ ރައީސް ޞާލިހު ކުރައްވާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ. 

ރައީސް ޔާމިނު ނުހައްގުން ޖަލުގައި ބަންދުކޮށް، މިނިވަން މުއައްސަސާތަކުގެ ބޭނުން ކަނޑުވާލައިގެން ރައީސް ޞާލިހު މަސައްކަތްޕުޅު ކުރައްވަނީ ގިނިކަންޏާ ރިޔާސީ އިންތިޚާބަށް ނިކުންނަންތޯ އައްބުއްރަހީމް އެއްސެވި އެވެ. 

މިފަދައިން އަބދުއްރަހީމް ވިދާޅުވެފައިވާއިރު، އިދިކޮޅުން ބުނަމުންދަނީ ރައީސް ޞާލިހަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމިނާއި ވާދަކޮށްލަން ކެރިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްސަލަތަކަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވަމުން ދަނީވެސް ރައީސް ޔާމިނާއި ވާދަކުރުމުގެ ހިތްވަރު ނެތުމުން ކަމަށެވެ. 

އިދިކޮޅުން ދަނީ ރައީސް ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އަދި އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށްޓަކައި، އެކި ފަހަރުމަތިން އިދިކޮޅުގެ ލީޑަރުން ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކަށް ގޮސް، ރައީސް ޔާމިނުގެ އިސްތިއުނާފު އަވަސްކުރުމަށް އެ މުއައްސަސާތަކުގައި ދަންނަވާފަ އެވެ. 

އޭގެ އިތުރުން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ދަނީ ސިލްސިލާގޮތެއްގައި ފުރަމާލޭގައި އިހުތިޖާޖު ވެސް ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި