މުލަކުގައި ބޭއްވި ޖަލްސާގައި ޙިސާން ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
16 Jul 2023 | 15:33
އަމާންކަން ގެނެސްދެއްވާނެ ކަމަށް ކުރެއްވެވި ވަޢުދު ރައީސް ފުއްދަވައިފި: ހިސާން

އަމާންކަން ގެނެސްދެއްވާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ވަޢުދު ފުއްދަވައި ދެއްވައިފިކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ޙިސާން މިހެން ވިދާޅުވީ މ މުލަކުގައި ބޭއްވި އެމްޑީޕީ ކޯލިޝަންގެ ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޙިސާން ވިދާޅުވީ މީގެ ފަސްއަހަރުކުރިން މިދުވަހު އޭނާ ހުންނެވީ ފުލުހުން ހައްޔަރުކޮށްފައިތިބި ބައެއްގެ މައުލޫމާތު ނުލިބިގެން އިހްތިޖާޖުގައި ކަމަށެވެ. ރައްޔިތުން ތިއްބެވީ ޕެޕަރ ސްޕްރޭގެ ދިލަތަކާއި ކުރިމަތިލައްވަން މަގުމަތީގައި ކަމަށާއި، ސިޔާސީ ޕާޓީތަކުގެ ވެރިން ތިއްބެވީ ޖަލުތަކުގައި ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ އިންނެވީ ކުޑަ ގޮޅީގައި ކަމަށެވެ.

މީގެ އިތުރުން ސިޔާސީ ހައްޔަރީގެ އާއިލާތައް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، ވިޔަފާރިތައް އޮތީ ހުއްޓިފައިކަމަށާއި މުޅި ޤައުމުއޮތީ ހަލަބޮލިކަންމަތީގައި ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަމަޖެހިގެން އެންމެ ދުވަހަކުވެސް ދިރިނޫޅެން އެފަސްއަހަރަކު، ހަޤީޤަތައް ދަންނަވާނަމަ ދަންނަވަންޖެހޭނީ އެދުވަހު އަޅުގަނޑުން ދިރިއުޅުނީކީ ނޫނޭ، ދިރިތެޅުނިއްޔޭ"

ޙިސާން ހުސެއިން

އޭނަގެ ވާހަކައިގައި އިތުރަށް ވިދާޅުވީ މިހާރު ސިޔާސީ ގޮތުން އެމީހަކު ބޭނުން ސިޔާސީ ޕާޓީއެއްގައި އެމީހެއްގެ ވިސްނުމައިގެން މިނިވަންކަމާއި އެކު ހަރަކާތްތެރިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އެމީހެއްގެ ސިޔާސީ ވިސްނުމުގެ ސަބަބުން ޖިސްމަށާއި މުދަލަށް ގެއްލުން ނުވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި ސަރުކާރުން ދަތިނުކުރުވާނެ ކަމުގެ ޔަޤީން ކަން އެބައޮތް ކަމަށެވެ.

ހިސާން ވިދާޅުވީ އެދުވަހު އެމްޑީޕީއާއި ގުޅިފައިއޮތް ސިޔާސީ ޕާޓީތަކުން ވީ ވައުދަކީ ސިޔާސީ ވިސްނުމުގެ ސަބަބުން ޖިސްމަށާއި މުދަލަށް ގެއްލުން ނުވާނެ ކަމުގެ ވައުދުކަމަށާއި ރައީސް ޞާލިޙް އެވައުދު ފުއްދަވައިދެއްވައިފިކަމަށެވެ.

ރައީސް ޔާމީންގެ ކޮންޓްރޯލް އޮންނަ ސަރުކާރަކަށް މިރާއްޖެ އަށް ސިޔާސީ ހަމަޖެހުން ގެނެސްދެވޭނެ ކަމަށް މިއަދު ގަބޫލު ކުރަންވީ ކީއްވެގެންތޯ ހިސާންގެ ވާހަކައިގައި ސުވާލު ކުރެއްވެވިއެވެ. އަދި އެދަތި އުނދަގޫ އަލުން ތަހައްމަލު ކުރަންވީ ކަމަށް ބަޔަކު އެ ބުނާ ވާހަކައަކީ ދެކޮޅު ޖެހޭނެ އެއްވެސް ހުއްޖަތެއް އޮތް ވާހަކައެއް ނޫން ކަމަށްވެސް ހިސާން ވިދާޅުވިއެވެ.

ރިޔާސީ ކެމްޕޭނުގައި މ އަށާއި ވ އަށް ކުރައްވަމުންދާ ދަތުރުފުޅުގައި މުލަކުގައި ބޭއްވި މިޖަލްސާގައި އެމްޑީޕީ ކޯލިޝަން  ޕާޓީ ތަކުގެ އިސް ބޭފުޅުންނާއި ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް
އަނދިރި
ކަތިލިޔަސް އަމާން. ފޭރުނަސް އަމާން. މެރިޔަސް އަމާން. މަރާލިޔަސް އަމާން. މީ ކޮން ވައްތަރެއްގެ އަމާނެއް
16 Jul 2023
ގުޅޭ ލިޔުންތައް
06 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ރޭގެ ވަގުތެއްގައެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.