Advertisement

ޖުމްލަ އާމްދަނީ ދެގުނަވިޔަސް ތަކެތީގެ އަގުބޮޑުވާނަމަ އޭގެ ބޭނުމެއްނެތް: ޢަލީ ހުސެއިން

16 Jul 2023 | 17:57
ކެންދޫ ދާއިރަގެ މެމްބަރު ޢަލީ ހުސެއިން

ޖުމްލަ އާމްދަނީ ދެގުނަވިޔަސް ތަކެތީގެ އަގުބޮޑުވާނަމަ އޭގެ ބޭނުމެއް ނެތްކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ޢަލީ ހުސެއިން މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

ޢަލީ ވިދާޅުވެފައިވަނީ ޖުމްލަ  ޢާމްދަނީ ދެގުނަ ވިޔަސް ތަކެތީގެ އަގު ބޮޑުވެ، ދިރިއުޅުމަށް ކުރަންޖެހޭ ޚަރަދުތައް ދެގުނަވެ، ޢާންމު ރައްޔިތު މީހާ އިތުރަށް ފަޤީރުވާ ވާނަމަ އޭގެ ބޭނުމެއް ނެތް ކަމަށެވެ.

Advertisement

ޢަލީ ހުސެއިން މިހެން ވިދާޅުވެފައިމިވަނީ މ އަތޮޅަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މ މުލީގައި ރައްޔިތުންނާއި އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ މުޅި ރާއްޖެއަށް މި ގެންނަނީ ބޮޑު ބަދަލެއްކަމަށެވެ. އަދި އޭގެ ނަތީޖާއަކަށް ވާނީ އިގުތިސާދު ކުރިއަރައި އާމްދަނީ ދެ ގުނަވުންކަމަށެވެ.

މީގެ އިތުރުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ފުދުންތެރި އަދި މިއަށްވުރެ ރަނގަޅު ހިދުމަތްތަކެއް ކައިރިން ލިބޭކަން ކަށަވަރުކޮށްދެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

Advertisement

ކޮމެންޓް