ލިއޮނަލް މެސީ އަދި ސާޖިއޯ ބުސްކެޓްސް
ކުޅިވަރު
17 Jul 2023 | 05:37
މެސީ އަދި ސާޖިއޯ ބުސްކެޓްސް ވެސް އިންޓަ މިއާމީއާއެކު ސޮއި ކުރީ 2025 ވަނަ އަހަރާއި ހަމައަށް!

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ސްޕެއިންގެ ތަޖުރިބާކާރު މިޑްފިލްޑަރު ސާޖިއޯ ބުސްކެޓްސް އެމެރިކާގެ މޭޖަ ލީގު ސޮކާގެ އިންޓަ މިއާމީއާއެކު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލެންޑޯ އެވޯޑް ހަތްފަހަރު ހޯދާފައިވާ އުމުރުން 36 އަހަރުގެ މެސީ ފާއިތުވި ދެ ސީޒަނުގައި ފްރާންސްގެ ޕީއެސްޖީއަށް ކުޅެފައިވާއިރު، މިދިޔަ ސީޒަނުގެ ނިޔަލަށް ބުސްކެޓްސް ކުޅެފައިވަނީ ބާސެލޯނާ އަށެވެ. އަދި މި ދެ ކުޅުންތެރިންނަކީ ވެސް ބާސެލޯނާގެ ޔޫތު ޓީމުން ވިދާލި ދެކުޅުންތެރިންނެވެ.

އުމުރުން 35 އަހަރުގެ ބުސްކެޓްސް ބާސެލޯނާ ދޫކޮށްލަން ނިންމީ އެކުލަބުގައި ކާމިޔާބު 15 އަހަރު ހޭދަކުރުމަށްފަހުއެވެ. އަދި ނިމިދިޔަ ސީޒަން ނިމުމާއެކު ބާސެލޯނާ ދޫކޮށްލާނެކަން އިއުލާންކޮށްފައިވާ އެޓީމުގެ ކެޕްޓަން އިންޓަ މިއާމީއަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

ބުސްކެޓްސްއަށް ބާސެލޯނާގެ ކެޕްޓަން ކަމާއި ހަވާލުވީ 2021 ވަނަ އަހަރު އޭރުގެ ކެޕްޓަން ލަޔޮނަލް މެސީ ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވުމާއި އެކު އެވެ. ބުސްކެޓްސް ވަނީ އޭނާ ބާސެލޯނާގައި ހޭދަކުރި 15 އަހަރުތެރޭގައި އެކުލަބަށް ކުޅެދިން 722 މެޗުގައި 18 ލަނޑު ކާމިޔާބުކޮށްދިނީ، ބާސެލޯނާގެ ޖާޒީގައި 32 ތަށި ކާމިޔާބުކޮށްފައެވެ.

މޭސީ ވެސް އޭނާގެ ފުޓްބޯޅަ ކެރިއަރުގެ ބޮޑުބައި ހޭދަކުރީ ބާސެލޯނާ ގައެވެ. ބާސާގައި އޭނާ ހޭދަކުރި 21 އަހަރު ދުވަހުގެ ތެރޭ ކުލަބް ފުޓްބޯޅައިގެ ހުރިހާ ކާމިޔާބެއް އޭނާ ވަނީ ހޯދާފައެވެ. އެގޮތުން އެޓީމަށް ކުޅެދިން 778 މެޗުގައި 672 ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން މެސީ ވަނީ އެޓީމާއެކު 34 ތަށި ކާމިޔާބުކޮށްފަ އެވެ.

ނަމަވެސް 2021 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވިފަހުން ފާއިތުވި ދެ ސީޒަންގައި، އެކި ސަބަބުތަކާއި ހުރެ މެސީގެ އެންމެ މޮޅު ކުޅުން ފީއެސްޖީގައި ވަނީ ދެއްކޭގޮތް ނުވެފައެވެ.

އިންޓަ މިއާމީގެ ކޯ އޯނަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި ޑޭވިޑް ބެކަމް އެ ޓީމާއި މެސީ ގުޅުމުން ބުނެފައިވަނީ އިންޓަ މިއާމީ ފުޓްބޯޅަ ކްލަބުގެ މަސައްކަތް ފެށިއިރު، ކޮންމެވެސް ދުވަހަކުން ދުނިޔޭގެ އެންމެ މަގުބޫލު ކުޅުންތެރިން ގެނެވޭނެކަމަށް އުއްމީދުކުރި ކަމަށާއި، މެސީ އެޓީމާއި ގުޅުމާއިއެކު އެ ހުވަފެން ހަގީގަތަކަށް ވެގެން ގޮއްސިކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.