ރައީސް ޞާލިޙް ރަކީދޫއަށް ވަޑައިގަތުން. ފޮޓޯ: އެމްޑީޕީ
ހަބަރު
17 Jul 2023 | 09:42
ރައީސް ޞާލިޙް ރަކީދޫ އަށް ވަޑައިގެންފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވ ރަކީދޫ އަށް  ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ރައީސް ޞާލިޙް ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރެއްވުމަށް ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅު ތަކުގެ ތެރެއިން ކުރައްވަމުންދާ ދަތުރުފުޅެކެވެ.

ވ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މ. އަތޮޅަށާއި ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ 3 ދުވަހުގެ ދަތުރު ފުޅުގައި އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގަތީ މ ކޮޅުފުއްޓަށެވެ.

ކޮޅުފުއްޓަށް ވަޑައިގެން އެރަށުގައި ނިމިފައިހުރި ތަރައްޤީޤެ މަޝްރޫޢުތައް ވަނީ އިފްތިތާޙު ކޮށްދެއްވާފައެވެ. އެގޮތުން ކޮޅުފުށީ ފެނުގެ ނިޒާމް އިފްތިތާޙް ކޮށްދެއްވައިފައެވެ. އަދި  އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުންވެސް ވަނީ ފާހަގަ ކުރައްވައިފައެވެ.

މީގެ އިތުރުން މ. އަތޮޅު މަދަރުސާގެ މަލްޓި ޕާޕޯސް ހޯލާއި އާ އަށް ކްލާސް ރޫމްގެ އިމާރާތް ހުޅުއްވައިދެއްވައިފައިވެއެވެ. ކޮޅުފުއްޓަށްފަހު އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމު ދެން ވަޑައިގަތީ މ ނާލާފުއްޓަށެވެ. އެއަށް ފަހު މުލި އަދި މުލަކަށް ވެސް ވަޑައިގެންފައިވެއެވެ.

އަދި އިއްޔެ ވަނީ ވޭވަށް، ރަތްމަންދޫ، މަޑުއްވަރި އަދި ދިއްގަރަށް ވެސް ވަޑައިގެންފައެވެ.

ރައީސް އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޞާލިޙް މިދިޔަ ހަފްތާގައި ވަނީ ށ. އަދި ކ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.