އީސީގެ ނައިބު ރައީސް އިސްމާއިލް ޙަބީބް. ފޮޓޯ:ދެން
ހަބަރު
17 Jul 2023 | 13:47
ދެފުށްފެންނަ އިންތިޚާބެއް ބޭއްވުމަށް ނޫން ގޮތަކަށް އެއްވެސް މަޝްވަރާއެއް ނުލިބޭ: އީސީ

ދެފުށްފެންނަ ގޮތަށް އިންތިހާބު ގެ މަސައްކަތްތައް ކުރިޔަށް ގެންދިއުން ނޫން ގޮތަކަށް އެއްވެސް ފަރާތަކާއި މަޝްވަރާ ކުރެވިފައިނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ޙަބީބް ވިދާޅުވެއްޖެއެވެ.

ޙަބީބް ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު 2023 އޮބްޒާވް ކުރުމަށް އާންމުކޮށް ހުޅުވާލި ފުރުސަތާ ގުޅިގެން، ދުނިޔޭގެ އެކި ޖަމިއްޔާ، ޖަމާޢަތްތަކާއި، އެކިއެކި ގައުމުތަކުން ވޭތުވެދިޔަ ގާތްގަނޑަކަށް ދެމަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

މިގޮތުން، ޔޫ.އެން، ޔޫރަޕިއަން ޔޫނިއަން، ކޮމަންވެލްތު، ޔޫ.އެސް އެއިޑް، އައިއެފްއީއެސް އާއި، އޮސްޓްރޭލިޔާ، ކެނެޑާ، ޖަޕާން، އިނގިރޭސި ވިލާތް އަދި އިންޑިޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން ކޮމިޝަނާ ބައްދަލު ކުރައްވައި ފައި ވާކަމަށްވެސް އޭނަ ވިދާޅުވިއެވެ.

މި ބައްދަލު ކުރެއްވުންތަކުގައި އިންތިޚާބު އޮބްޒާވް ކުރުމާއި ބެހޭގޮތުންނާއި، އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދަވައި، ދެފުށް ފެންނަ، އިންސާފުވެރި އިންތިޚާބެއް ބޭއްވުމުގެ މައްޗަށް މަޝްވަރާ ކުރެވިފައިވާ ކަމަށް ޙަބީބް ވިދާޅުވިއެވެ.

މީގެއިތުރުން ޙަބީބް ވިދާޅުވެފައިވަނީ ބައެއް ޖަމާއަތްތަކުންނާއި ޤައުމުތަކުން އިންތިޚާބުގެ މަސައްކަތްތަކުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް ވާހަކަ ދައްކާފައިވާކަމަށެވެ.

"މިދިޔަ ހަފްތާގައި ކޮލަމްބިޔާ ގައި ބޭއްވި ދުނިޔޭގެ އިލެކްޝަންސް ޖަމްޢިއްޔާ އޭވެބް ގެ އެގްޒެކްޓިވް ބޯޑު މީޓިންގ ގައި ބައިވެރިވެ ވަޑައިގެންނެވި އެކި ޤައުމުތަކުގެ ކޮމިޝަނަރުން، އެ ބައްދަލުވުމުގެ ހަވާސާގައި، ކޮމިޝަންގެ މެންބަރު ޑރ. މުހައްމަދު ޒާހިރު އާ ވެސް ބައްދަލު ކުރައްވައި، ރިޔާސީ އިންތިހާބު އޮބްޒާވް ކުރެއްވުމާއި، ގުޅުން ބަދަހި ކުރުމުގެ މަޝްވަރާ ކުރައްވާފައިވޭ" ޙަބީބް ވިދާޅުވެފައިވެއެވެ.

ޙަބީބް ވިދާޅުވީ ޔޫ.އެން.ޑީ.ޕީ އިންނާއި، އީޔޫގެ ޑެލިގޭޝަނުންނާއި، ކޮމަންވެލްތުގެ ޕްރީ އެސެސްމެންޓް މިޝަން ގެ ބޭފުޅުންގެ ފަރާތްޕުޅުން ވެސް އިންތިޚާބު އިންތިޒާމުތައް ރޭވެމުންދާ ގޮތާއި، މަސައްކަތްތައް ކުރިއަށްދާގޮތް ވަރަށްގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ. މިގޮތުން، ކޮމަންވެލްތުގެ ޓީމުން 'އުންމީދުއޮތް' ބައެއް ކެންޑިޑޭޓުންނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތާ ބެހޭ ގޮތުން ވެސް މައުލޫމާތު ހޯއްދަވާފައިވާ ކަމަށްވެސް ޙަބީބް ވިދާޅުވިއެވެ.

"ބޭރުގެ ވީހާވެސް ގިނަ ފަރާތްތަކުން އިންތިހާބު އޮބްޒާވް ކުރެއްވުމަކީ، އިންސާފުވެރި ކަމާއެކީގައި އިންތިޚާބުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ލިބޭ ހިތްވަރެއް"    

އިސްމާއިލް ޙަބީބް

ޙަބީބްގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ދެފުށް ފެންނަގޮތަށް، ރިޔާސީ އިންތިޚާބު ގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމުގެ މައްޗަށް ނޫން ގޮތަކަށް، ބޭރުގެ އަދި އެތެރޭގެ އެއްވެސް ފަރާތަކުން ވެސް، އެއްވެސް މަޝްވަރާއެއް ކޮމިޝަނަށް ދެއްވާފައި ނުވާ ކަމަށެވެ.

ޙަބީބް މިފަދައިން ވިދާޅުވެފައިމިވަނީ އީސީގެ ރައީސް ފުއާދް ތައުފީޤް އިއްޔެ އިންޑިޔާގެ ހައިކޮމިޝަނަރ މުނޫ މަހާވަރާއި ބައްދަލު ކުރެއްވި ކުރެއްވުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަމުން ދަނިކޮށެވެ.

އިދިކޮޅު ފަރާތްތަކުން އަބަދުވެސް އިންޑިޔާގެ ސަރުކާރުގެ އިސް ފަރާތްތަކާއި ދިވެހި ސަރުކާރުގެ އިސްފަރާތްތަކާއި އޮންނަ ގުޅުމާއި މެދު ފާޑުކިޔައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.