ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: ވޮއިސް
ހަބަރު
17 Jul 2023 | 14:47
މިއަދު އޮތީ ނުރުހޭ މީހާ ކުށްވިއަކަށް ހަދާ، ރުހޭ މީހާ ސަލާމަތްކުރާ އިންސާފު: އިދިކޮޅު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ޤާއިމްކޮށްދިނީ ނުރުހޭ މީހާ ކުށްވެރިވެފައި، ރުހޭ މީހާ ކިތަންމެ ބޮޑު ކުށެއް ކުރި ނަމަވެސް ސަލާމަތްކުރާ އިންސާފުކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ. 

އިދިކޮޅު ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހުގެ 25 ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލައިގެ އަޑުއެހުންތައް ގާތްގަނޑަކަށް ނިމުމަކާއި ހަމަޔަށް ގޮސްފައި ވަނިކޮށް މަޑިޖެހިގެން ދިއުމާއި ގުޅިގެން، އިދިކޮޅުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. 

ރައީސް ޔާމިނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވެފައި މި މަހުގެ 23 ގައި ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަނުން ހުޅުވާލާއިރު، އެމަނިކުފާނުގެ އިސްތިއުނާފު މައްސަލަ ލަސްވެގެން ދިއުމަކީ ރައީސް ޔާމިނުގެ އިންތިޚާބީ ހައްގަށް ވަރަށް ބޮޑަށް ހުރަސްއެޅޭނެ ކަމެއްކަން ފާހަގަކޮށް ހުރި ކަންބޮޑުވުންތަކާއި އެކު އިދިކޮޅު ލީޑަރުން ވަނީ ހޯމަ ދުވަހު ވެސް ހައިކޯޓަށް ވަޑައިގެން ރައީސް ޔާމިނުގެ އިސްތިއުނާފު މައްސަލަ އޮތް ހިސާބެއް ހޯއްދެވުމަށް މަސައްކަތްޕުޅު ކުރައްވާފަ އެވެ. 

ހައިކޯޓަށް ވަޑައިގަތުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ރައީސް ޔާމިނުގެ އާރަށު އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ތާވަލުކުރެވިފައި ނުވާކަމަށް ހައިކޯޓުގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވާ ކަމަށެވެ. 

އެ މައްސަލަ ތާވަލުނުކުރަނީ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުން ޗުއްޓީގައި އުޅުއްވާތީ އިދިކޮޅުން ސުވާލުކޮށްފައިވާނެ ކަމަށާއި، އެހެން ނަމަވެސް އެއީ ފަނޑިޔާރުންގެ ޒާތީ މައުލޫމާތަށް ވާތީ އެ މައުލޫމާތުތައް ހާމކޮށްފައި ނުވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމިނުގެ މައްސަލައަށް ނުފޫޒު ފޯރުވަނީ ރައީސް ޞާލިހު އަޑީގައި ހުންނަވައިގެން ކަމަށެވެ. މި ސަރުކާރަކީ ޝަރުއީ ދާއިރާ އިސްލާހުކޮށް، ފިނިވަން ފަނޑިޔާރު ގެތަކެއް ހޯދައިދޭނެކަމުގެ ވައުދާއެކު އައި ސަރުކާރެއް ނަމަވެސް މިހާރު ފެނިގެންދާ މަންޒަރަކީ ސަރުކާރުން ރުހޭ މީހުން ދޫކޮށްލާ، ނުރުހޭ މީހުން ހައްޔަރުކުރާ އިންސާފު ގާއިމްކުރާ މަންޒަރުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު

"ކޮބައިތޯ މި ޖުޑިޝަރީގެ މިނިވަންކަން. މީ އިންސާފުވެރި މިނިވަން ފަނޑިޔާރުގެއެއް ހޯދައިދޭން އައި ބައެއް. އައިސް ބަހައްޓާފައި މި ހެދި ގޮތަކީ ދުވަހަކު ދުނިޔޭގައި ނެތް ވައްތަރެއްގެ ޖުޑިޝަރީއެއް މި ޤާއިމް ކުރީ. އެއީ ތިމާ ބޭނުންވާ މީހާއަށް އަނިޔާކޮށްފައި، ތިމާ ބޭނުންވާ މީހަކީ ކިތަންމެ ބޮޑު ކުށްވެރިއަކަށް ވީ ނަމަވެސް އޭނާ ސަލާމްތ ކުރުން" 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައީސް ޞާލިހުގެ ކިބައިގައި ރައީސް ޔާމިނާއި ވާދަކުރުމުގެ ހިތްވަރުފުޅު ނެތްކަމަށެވެ.

ވާދަވެރި ސިޔާސީ ކެންޑިޑޭޓު ހުރަގެއަށްލާ ބަންދުކޮށްފައި މައިދާނަށް ނިކުމެވަޑައިގެން ހުންނަވާ އިންތިޚާބުގައި ވާދަކުރައްވާށޭ ވިދާޅުވުމަކީ ފިނޑި އަމަލެއްކަަމަށާއި، އެވަރު ބޭފުޅުން އިންތިޚާބުތަކުގައި ވާދަނުކުރެއްވުން ރަނގަޅުވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި