ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ އެމްޑީޕީ
ހަބަރު
17 Jul 2023 | 20:48
އިންތިޚާބުގައި ރައީސް ނަޝީދަކީ ޗެލެންޖެއް ނޫން، ޗެލެންޖަކަށް ވާނީ ޕީޕީއެމް: ރައީސް ޞާލިހު

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ޗެލެންޖެއް ނޫންކަމަށާއި އަދިވެސް ޗެލެންކަޖަށްވާނީ ޕީޕީއެމް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ވ އަދި މ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ އާއި އެކު ނުހުންނާނެ ކަން ފާހަގަކޮށް، އެ މަނިކުފާނު އެމްޑީޕީން ވަކިވެ، އިދިކޮޅުގައި ހުންނެވުމުން ކިހާވަރެއްގެ ގޮންޖެހުމަކަށް ވާނެތޯ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ، ލ އެއްވެސް މީހަކު ޕާޓީއާ ދުރުވުމަކީ އޭގެން ނަތީޖާއަށް އަސަރުކުރާނެކަމެއްކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ އެންމެންވެސް ކުރީގައި ތިބި ވިސްނުމާއި އެކު އެކުގައި ކުރިއަށް ދާން ކަމަށާ، އެއްވެސް މީހަކު ޕާޓީ އާއި ދުރުވުމަކީ ޕާޓީއަށް ގެއްލޭ ވޯޓެއް ކަމަށެވެ. އެހެންކަމުން އެމްޑީޕީީން މަސައްކަތް މަސައްކަތްކުރަމުންދަނީ ގެއްލޭ ވޯޓުތައް އެހެން ގޮތްގޮތުން ހޯދުމަށްކަމަށާއި އެވޯޓުތައް ލިބޭތަންވެސް ފެނިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ، 2018 ވަނަ އަހަރު އޮތް ކޯލިޝަނާއި މިހާރު އޮތް ކޯލިޝަން ތަފާތުކަމަށާއި، ކުރީގެ ސިޔާސަތުތަކާއި އަމާޒުތަކާއި ކަންކަން ކުރާ ގޮތާއި ވައްޓަފާޅިއަށްވެސް ބަދަލުތަކެއް އައިސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ކުރިން އެމްޑީޕީއަށް ތާއީދު ނުކުރާ އެތައް ބައެއްގެ ތާއީދުވެސް ލިބެމުންދާ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އަދި އަޅުގަނޑުމެންގެ ސިޔާސަތުތަކާއި އަމާޒުތަކާއި ކަންތައް މިކުރާ ވައްޓަފާޅިއަށް މިގެނެވުނު ބަދަލާއެކު ކުރީގައި އަޅުގަނޑުމެންނަށް ތާއީދުނުކުރާ އެތައް ބައެއްގެ ތާއީދުވެސް އެބަލިބޭ. އެހެންވީމާ ގެއްލިގެންދިޔަ އަދަދާއި އެއްވަރަށް ނޫނީ އެއަށްވުރެ އިތުރަށް ވޯޓު ލިބޭތަން ފެނިގެންދަނީ. އެވެސް އަޅުގަނޑުމެންނާ ދުރަށް މިޖެހިލި ބޭފުޅުން ވެސް މިއަށް އަތުވިއްޖިއްޔާ މިއީ ވަރަށް ފަސޭހަ އިންތިހާބެއް.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

މީގެ އިތުރުން ރައީސް ނަޝީދު ވާދަކުރައްވައިފި ނަމަ ގޮންޖެހުމަކަށް ވެދާނެތޯ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ، އެމްޑީޕީ އެތެރޭގެ ޕްރައިމަރީގައި ނަތީޖާ އައި ގޮތް އެންމެނަށްވެސް ފެނިފައި ވާ ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި، ކުރިއަށް އޮތް އިންތިހާބުގައި ވާދަވެރި ދެ ޕާޓީ އަކަށް އަދިވެސް ވާނީ ޕީޕީއެމާއި އެމްޑީޕީ ކަމަށްވެސް ވިދާޅުވި އެވެ. 

ތިބޭފުޅުނަށް ފެނިވަޑައިގަންނަވާނެ ޕާޓީގެ އެތެރޭގެ ނަތީޖާ. އަޅުގަނޑަށް ފެންނަ ގޮތުގައި ކުރިޔަށް މިއޮތް ރިޔާސީ އިންތިޚާބުގައި ވާދަވެރި ދެޕާޓީއަކަށް ވާނީ އެމްޑީޕީ އާއި ޕީޕީއެމް. އެއަކަށް ތަފާތެއް އައިސް އޮތްތަނެއް ނުފެނޭ. އެހެންވީމާ އަޅުގަނޑުމެންގެ ޗެލެންޖަކީ ޑިމޮކްރެޓްސް އެއް ނޫން. އަޅުގަނޑުމެން ގެ ޗެލެންޖަކީ ޕީޕީއެމް 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ނަޝީދަކީ ޗެލެންޖެއް ނޫން ކަމަށް ރައީސް ޞާލިހު ވިދާޅުވާ އިރު، ނަޝީދުގެ ޑިމޮކްރެޓްސް އިން ބުނަމުން އަންނަނީ، އެޕާޓީ ނުކުމެ، ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހު، ބޮޑުތަނުން ބަލި ކުރައްވާނެ ކަމަށެވެ. އެއީ އެހެން ޕާޓީ އަކާއި ގުޅިގެން ނަމަވެސް އެކަން ކުރާނެ ކަމަށް ޑިމޮކްރެޓްސް އިން އަންނަނީ ބުނަމުންނެވެ. އަދި އެ ޕާޓީން މިހާރު އަންނަނީ އެކަމަށްޓަކައި ޕީޕީއެމާއި އެކު މަޝްވަރާތައް ވެސް ކުރިއަށް ގެންދަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ނުރައްކާތެރިކޮށް ދުއްވި މީހާ ދެނެގަނެވިއްޖެ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް: ފުލުހުން
މި މައްސަލަ އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައި ނުވިނަމަވެސް، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ
26 Sep 2026
ބިދޭސީންތަކެއް މަޑި ބާނާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން މެމްބަރު ކުޑޫގެ ޕޯސްޓެއް
އެ ޕޯސްޓުގައި މެންބަރު ކުޑޫ ފާހަގަކޮށްފައިވާ ގޮތުގައި ބިދޭސީން މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގުމަށް ޖެހިލުންނުވާ ސަބަބަކީ އެފަދަ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅި ޤާނޫނީ ޒިންމާއިން ރެކެވޭނެ ފުރުޞަތު އޮތުމެވެ.
26 Sep 2026
ޕާކިސްތާނުގެ ފުލުހުންގެ ޗެކްޕޮއިންޓަކަށް ދިން ޖާނުންފިދާގެ ހަމަލާގައި 11 މީހަކު މަރުވެއްޖެ
ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސެކިއުރިޓީ ފޯސަސްގެ ހަތް މީހަކު ހިމެނޭ ކަމަށާއި ޒަޚަމްވި މީހުންގެ ތެރޭގައި ސެކިއުރިޓީ ބާރުތަކުގެ 20 މީހަކު ހިމެނޭ
26 Sep 2026
ހައުސިން ވުޒާރާގެ ލޮކަރުތަކެއް ހުއްދަ ނެތި ހުޅުވި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި
ފުލުހުން ނެރުނު ބަޔާނުގައިވާ ގޮތުން އެ ވުޒާރާއިން އެ މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އިއްޔެ ރޭގަނޑު 19:18 ހާއިރު ފުލުހުން ވަނީ އެ ވުޒާރާއަށް ގޮސްފައެވެ. އެގޮތުން، ފުލުހުންގެ ކުރިމަތީގައި އެ ވުޒާރާގެ މުވައްޒަފުން ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބެލިއިރު އެއްވެސް ލިޔުމެއް ގެއްލިފައި ނުވާ ކަން ޔަގީންވެފައިވެއެވެ.
26 Sep 2026
ބެންކޮކް ފެންބޮޑުވުމުގައި ދިވެއްސަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ނެތް
ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ދިވެހިރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ފުއާދު ތައުފީޤު ވިދާޅުވީ ބެންކޮކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ
26 Sep 2026
ގެވެށި އަނިޔާ ލިބޭ މީހުންނަށް ތިން މަރުކަޒެއް ތަރައްޤީކުރަނީ
މި މަރުކަޒުތަކުގެ ބޭނުމަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދީ އެ މީހުން ޢާންމު ދިރިއުޅުމަށް ރުޖޫޢަވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ގޮތް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ
26 Sep 2026
މިހާތަނަށް 8 ރަށުގައި އެފްއެސްއެމްގެ ޝެޑްތައް ގާއިމްކުރެވިއްޖެ: ސައީދު
އެފްއެސްއެމުން މިހާތަނަށް ޝެޑްތައް ގާއިމްކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ހަނިމާދޫ، އިހަވަންދޫ، އޭދަފުށި، ށ.މިލަންދޫ، ނިލަންދޫ، ދ.މީދޫ، ދުވާފަރުގެ އިތުރުން ކުޑަހުވަދޫއެވެ.
26 Sep 2026
ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ސީނިއާ ސްކޮޑު ނުފޮނުވުމަށް ނިންމައިފި
ސަރަޙައްދީ މުބާރާތެއްގައި ވާދަކުރުމަށްވުރެ މި ސަރަޙައްދުގެ ޤައުމުތަކަށްވުރެ ފެންވަރު ރަނގަޅު ޓީމަކާ ދެކޮޅަށް ކުޅުމުން އިންޑިއާގެ ފުޓުބޯޅައަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އެޤައުމުން ވަނީ ބުނެފައި